އިންޑިއާގައި އުމުރުން 18 އަހަރުގެ އަންހެން ކޮލެޖް ދަރިވަރަކު ރޭޕްކޮށްލުމަށްފަހު ޓެރެސް މަތިން އެއްލާލައިފިއެވެ.

އެ ޒުވާނާ އެއްލާލާފައި ވަނީ ގުޖްރާތްގެ ސުރަތް ސިޓީގެ އިމާރާތެއްގެ ޓެރަސް މަތިންނެވެ.

ފުލުހުން އިއްޔެ ބުނީ، އެ ޒުވާނާ ފެނިފައި ވަނީ ބުދަ ދުވަހުގެ ރޭ މަގުމަތީގައި ލެއިން ތަތްތެެޅިފައި އޮއްވާ ކަމަށެވެ. އަދި އޭނާ އޮތީ ހޭނެތިފައި ކަމަށް ފުލުހުން ބުންޏެވެ.

"ކާކުކަން ނޭނގޭ މީހަކު ފުލުހުންގެ ކޮންޓްރޯލް ރޫމް އަށް ގުޅި، ޕާލް ޕޮއިންޓް ސަރަހައްދުގެ މަގުމައްޗަށް ހޭނެތިފައި އޮތް އަންހެނަކު އޮތްކަމަށް ބުނެ. އޭނާ އަށް ވަނީ ބޮޑެތި އަނިޔާތައް ވެފައި، އޭނާއަށް ހޮސްޕިޓަލްައި ދަނީ ފަރުވާދެމުން" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

ފުލުހުން ހިންގި ތަހުގީގުން އެނގޭ ގޮތުގައި އެ ކުއްޖާ ވަނީ ރޭޕްކޮށްފައެވެ. އަދި އެ ކުއްޖާ ޓެރަސް މަތިން އެއްލާލާފައި ވަނީ ރޭޕް ކުރުމަށްފަހު އެވެ.

ފުލުހުން މިހާރު ދަނީ އެކަމުގައި ހިމެނޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޭޕް ކުރި އެ ޒުވާނާއަކީ ބުދަ ދުވަހުގެ ހެނދުނު ކޮލެޖަށް ދިޔަ މީހެކެވެ.

އިންޑިއާއަކީ ރޭޕްގެ މައްސަލަތަކާއި ޖިންސީ މައްސަލަތައް ބޮޑު ގައުމެކެވެ. އެ ގައުމަކީ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި ގައުމެއް ނޫންކަަމަށް ބުނާ އަޑުއުފުލާ މީހުން މަދެއް ނޫނެވެ.