ބޮލީވުޑުގެ ފިލުމީ ތަރިން އެންމެ ގިނަ އެއް އާއިލާ ކަމުގައިވާ ކަޕޫރު އާއިލާގެ ފާހަގަ ކޮށްލެވޭ އެއް ބަތަލާ ކަމަށްވާ ކަރީނާ ކަޕޫރު ޚާން ބޯޑިން ސުކޫލަށް ފޮނުވުމަށް އޭނާގެ މަންމަ ބަބީތާ ނިންމި ސަބަބު ކަރީނާ ކިޔައިދީފިއެވެ.

ކަރީނާގެ ފުރާވަރު ދުވަސްވަރު ހިނގި މި ހާދިސާ އޭނާ ހިއްސާ ކޮށްފައިވަނީ ވަރަށް މަޖާ ހަނދާނެއްގެ ގޮތުގައެވެ.

އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ބަރުޚާ ދަތު ކުރި އިންޓަވިއުއެއްގައި ކަރީނާ ވަނީ މި މަޖާ ހަނދާންތައް އާކޮށް އެކަން ހިނގަން މެދުވެރިވި ސަބަބު ބަޔާން ކޮށްދީފައެވެ.

''އެއިރު އަހަރެންގެ އުމުރުން ވާނީ ގާތްގަނޑަކަށް 14 ނުވަތަ 15 އަހަރު. އެއިރު އަހަރެން ވަރަށް ލޯބިވާ ފިރިހެން ކުއްޖެއް ހުންނާނެ. ނަމަވެސް އަހަރެންގެ މަންމަ ކަނޑައެޅިގެން މި ގުޅުމާއި ޚިލާފް. އެކަނިވެރިވެރި މަންމައެއްގެ ހައިސިއްޔަތުން އެފަދަ ކަމެއް އަހަރެން ކުރިއަކަ ނުދޭނަން ކަމަށް މަންމަ ބުނި. އެހެންވެ ގޭގައި ހުންނަ ފޯނު ވެސް އޮންނާނީ މަންމަ ކޮޓަރިއަށް ލައިފަ، އެ ކޮޓަރި ހުންނާނީ ތަޅުލާފަ'' ކަރީނާ އޭނާގެ މަޖާ ހަނދާންތައް އައު ކުރަމުން ބުންޏެވެ.

''އަހަރެން އަބަދުވެސް ބޭނުންވަނީ ރަހުމަތްތެރިންނާއެކު ބޭރަށް ގޮސް، އެ ފިރިހެން ކުއްޖާއާއި ބައްދަލު ކުރުމަށް. އެއްރޭ މަންމަ ބޭރަށް ކާންދިޔަ ވަގުތު ބަލައިފައި ވަރަށް ޕްރޮފެޝަނަލް މީހެއްހެން މަންމަ ކޮޓަރި ދޮރު ހަލާކު ކޮށްލާފައި، ވަދެ، ފޯނުން ރަހުމަތްތެރިންނަށް ގުޅައިގެން ޕްލޭންއެއް ހެދުމަށް ފަހު ގެއިން ފިލައިގެން ދާން އުޅުނިން.'' އިތުރަށް އެ ހަނދާންތައް ހިއްސާ ކުރަމުން ކަރީނާ ބުންޏެވެ.

އެހެންކަމުން މި ހާދިސާއަށް ފަހު ކަރީނާގެ މަންމަ އޭނާ ފޮނުވާލީ ބޯޑިން ސުކޫލަށް ކަމަށް ވެސް ކަރީނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    އަހަރެންގެ އުނދަގޫ ބޮޑުކަމުން.

    11
    4
    • 😏😂😝😆😴

      ކަލޭ ހާދަ މަޖަލޭ ދޯ😝

      5
      1
  2. 😏😂😝😆😴

    ކަލޭ ހާދަ މަޖަލޭ ދޯ😝

    4
    1
  3. ބަންނި

    😏

    4
    1