ހުއްދަނެތި ބައެއްގެ ލަވައެއް ބޭނުންކުރި މައްސަލައެއްގައި މަޝްހޫރު ލަވަކިއުންތެރިޔާ ރިހާނާ ކުއްވެރިވެއްޖެ އެވެ. ޖަރުމަންވިލާތުގެ ދެ ލަވަކިއުންތެރިއެއްގެ ލަވައެއް ރިހާނާގެ ފެންޓީ އެޑްވަޓައިސްމެންޓެއްގައި އެފަރާތުގެ ހުއްދަނެތި ބޭނުންކޮށްފައިވާތީ އެފަރާތުން މިހާރު ވަނީ މައްސަލަ ކޯޓަށް ވައްދާފަ އެވެ. ރައިހާނާ މި ލަވަ ގެނެސްދީފައި ވަނީ އޭނާ އިންތިޒާމުކޮށް ބާއްވާ ފެޝަން ޝޯއެއްގައި އެވެ.

32 އަހަރުގެ ރިހާނާގެ ފެޝަން ޝޯރ އިވެންޓެއްގައި ބޭނުންކޮށްފައި ވަނީ ޖަރުމަންވިލާތުގެ ދެ ލަވަކިއުންތެރިން ކަމަށްވާ ކިންގ ހާން އާއި ސަބާ ލޯއުގެ ލަވައެކެވެ. މިއީ ބައްޕަ އަކާއި އަންހެން ދަރިއަކު ކިޔާފައިވާ ލަވައެކެވެ. މި ލަވަ ކިޔާފައިވާ ދެފަރާތުގެ ހުއްދަ އާއި ނުލައި ރިހާނާ އޭނާގެ އަމިއްލަ ކަމެއްގައި ލަވަ ބޭނުންކޮށްފައިވާއިރު ކޯޓަށް މައްސަލަ ހުށައެޅި ހުއްދަނެތި ލަވަ ބޭނުންކުރި މައްސަލައިގައި އެވެ.

ކިންގ ހާން އާއި ސަބާ ލޯއު އަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެފަރާތުން އެދެނީ އެފަރާތުގެ ލަވަ ރިހާނާ ބޭނުން ނުކުރުމަށެވެ. ރިހާނާ އިންސްޓަގްރާމަށް ޝޯރ ލާފައިވާއިރު އެ ޝޯ 3.4 މިލިއަން މީހުން ވަނީ ބަލާފަ އެވެ. އަދި ޝޯ އިންސްޓަގްރާމަށް ލާފައި ވަނީ ކޮން ތާރީހެއްގައި ކަމެއް ޖަރުމަނުގެ ލަވަކިއުންތެރިން ކޯޓަށް ހުށައެޅި މައްސަލައިގައި ހާމަކޮށްފައި ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ރިހާނާ އަދި އޭނާގެ ފެންޓީ ބުރޭންޑުންވެސް މިކަމަށް ޖަވާބެއް ދީފައިނުވާއިރު މި މައްސަލަ ފެންމަތިވެފައި މިވަނީ ރިހާނާ އަކީ އަމިއްލައަށް ކުރާ މަސައްކަތުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އަންހެނާގެ ޝަރަފު ފޮބިސް އިން ދީފައި ވަނިކޮށެވެ. ފޮބިސް ލިސްޓުކުރާ އެންމެ ބޮޑު އާމްދަނީއެއް ހޯދާ އަންހެނާގެ ޝަރަފު ރިހާނާ އަށް ލިބިފައި ވަނީ އެ ލިސްޓުގެ 33 ވަނަ އަށް ގޮސްގެންނެވެ. ރިހާނާ ވަނީ ފެޝަންގެ ވިޔަފާރި ކޮށްގެން 600 މިލިއަން ޑޮލަރު ހޯދާފައި އެވެ.

ފޮބިސް އިން ކޮންމެ އަހަރަކު ހޮވާ 100 ފަންނާނުންގެ ލިސްޓުގައިވެސް ހިމެނިފައިވާ ރިހާނާ ވަނީ އެ ލިސްޓުން 60 ވަނަ ޖާގަ ހޯދާފަ އެވެ. އޭނާއަށް ފާއިތުވި އަހަރު އެކަނިވެސް 46 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ރިހާނާ އަކީ އެކި ކަންކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެދީގެންވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ ކޮވިޑާއި ގުޅިގެން އައި ބަލިމަޑުކަމުގައި 8 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ހަދިޔާ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު