ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓައިވާނުގައި އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި ހިލާފުވި އެގައުމުގެ "އީވާ އެއާ" ގެ ޕައިލެޓަކު ވަޒީފާއިން ވަކި ކޮށްފިއެވެ.

ޓައިވާނުގެ އެއާލައިނެއް ކަމަށްވާ އީވާ އެއާއިން ބުނެފައިވަނީ ވަޒީފާއިން ވަކި ކޮށްފައިވާ އެ ޕައިލެޓަކީ މުޖުތަމައު ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހާއި ކޮންމެވެސް ވަރަކަށް ގުޅުން ހުރި މީހެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ އުސޫލުތަކާއި ހިލާފު ވުމުން ވަޒީފާއިން ވަކި ކުރީ ކަމަށް ވަނީ ބުނެފައެވެ.

އެގައުމުގެ މީޑީއާއަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 60 އަހަރުވުމާއި ކައިރިވެފައިވާ އެ ޕައިލެޓް ވަނީ މާސްކު އެޅުން މަޖުބޫރު ހާލަތުގައި އެކަމަށް އިންކާރު ކޮށް މާސްކު ނާޅައި އުޅެފައެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ޕައިލެޓަކީ އެގައުމުން އޭޕްރިލް މަހުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައިވާ އަންހެން މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ. އަދި އޭނާވެސް މި ބައްޔަށް ފައްސިވެފައިވާކަން ވަނީ ފާހަގަވެފައެވެ.

ކޮންޓެކްޓް ޓްރޭސިން ހަދައި ބެލި ބެލުމުން އެ ޕައިލެޓް ވަނީ ގިނަ ތަންތަނަށް ދަތުރު ކޮށްފައެވެ. އެގޮތުން އެމެރިކާ ފަދަ ބަލި ބޮޑު ގައުމުތަކަށް އޭނާ ވަނީ ދަތުރު ކޮށްފައެވެ. މި ދަތުރު ތަކުގެ ތެރެއިން ބައެއް ދަތުރުތައް އޭނާ ކުރި ނަމަވެސް އުސޫލުތަކާއި އޭނާ ވަނީ ހިލާފުވެފައެވެ.

ޕައިލެޓް ވަޒީފާއިން ވަކި ކުރި ހަބަރާއި ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވެމުން އަންނައިރު، ބައެއް މީޑިއާތަކުން ބުނެފައިވަނީ އޭނާ 2،100 އެމެރިކާ ޑޮލަރުން ފެށިގެން 10،600 އެމެރިކާ ޑޮލަރުގެ އަދަދަކުން ޖޫރިމަނާ ކުރެވެނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު