އާ އަހަރު ފާހަގަކުރުމަށް ބޭއްވި ބޮޑު ޝޯއެއްގެ ތެރެއިން މަޝްހޫރު ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ، ކިޔަމުން ދިޔަ ލަވައިގެ ލިރިކްސް ހަނދާން ނެތިއްޖެެ އެވެ.

ޖަސްޓިން ބީބާ ހަނދާން ނެތިފައި ވަނީ އޭނާގެ ކާމިޔާބު ލަވަ "ސޮރީ"ގެ ތަންކޮޅެެކެވެ. އެ ލަވައަކީ 2015 ވަނަ އަހަރުގެ ތެރޭގައި އާންމުކޮށްފައިވާ، އެެ އަހަރުގެެ އޭނާގެ ކާމިޔާބު އެއް ލަވައެވެެ. ސްޓޭޖު މަތީގައި ލަވަ ކިޔަން ހުއްޓާ އެ ލަވައިގެ ތަންކޮޅެއް ހަނދާން ނެތުމުން އޭނާ ވަނީ ސަޕޯޓަރުންނަށް އެވަގުތު އެކަން އަންގާ މައާފަށް އެދިފައެވެެ.

ލަވައިން ބައެެއް ހަނދާން ނެތުނުކަން އިއުލާނު ކުރުމަށް ފަހު އޭނާ ވަނީ އެ ލަވަ އަނެއްކާވެސް ފޯރީގައި ކިޔަން ފަށާފައެވެ.

މިކަމާއި ގުޅިގެެން ބައެއް ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި ޖަސްޓިން ބީބާއަށް ޖޯކުވެެސް ޖަހަމުންނެވެެ. ޖަސްޓިން ބީބާ ބުނެެފައި ވަނީ އޭޭނާ އަކީ އެންމެ ފުރިހަމަ މީގެއްގެ ގޮތުގައި އެއްވެސް އިރެއްގައި ގަބޫލު ނުކުރާ ކަމަށެވެ. އެހެން ކަމުން އޭނާ އަށްވެސް ހަނދާން ނެތުން ކަހަލަ ކަމެއް ދިމާވުން އެެކަށީގެންވާ ކަމަށް ޖަސްޓިން ބީބާ ވަނީ ބުނެފައެވެ.

އޭނާގެ ބައެއް ސަޕޯޓަރުން އަންނަނީ މިއީ މައްސަލައެއް ނޫން ކަމަށް ބުނެ އޭނާ އަށް ތައުރީފްކޮށްފައެެވެ.

26 އަހަރުގެ ޖަސްޓިން ބީބާ އަކީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ލިިބިފައިވާ ކުޅަދާނަ ލަވަކިއުންތެރިިއެކެެވެެ. އޭނާއަށް މިހާތަނަށް ގިނަ އެެވޯޑުތަކެއްވެސް ލިބިފައި ވެއެވެ.