އެޕަލްގެ ފޭނުން އަބަދުވެސް ތިބެނީ އެ ކުންފުނިން އައު ޕްރޮޑަކްޓެއް ނެރޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މި ފަރާތްތަކަށް މިވަނީ އުފާވެރި ހަބަރެއް ލިބިގެސް ގޮސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި އަހަރުގެ އޭޕްރިލް މަހު އެޕަލް ކުންފުނިން ދެވަނަ ޖެނެރޭޝަންގެ އެއާޕޮޑެއް ނެރޭނެއެވެ. މިގޮތުން އެޕަލް އިން މިހާރުވެސް އެއާޕޮޑް ޕްރޯ ލައިޓް އަކާއި އެއާޕޮޑްސް 3 ނެރުމަށް މަސައްކަތްތައްވެސް އަންނަނީ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެޕަލް އިން އޭޕްރިލް މަހު އެއާޕޮޑްގެ ތިންވަނަ ޖެނެރޭޝަންގެ އިތުރުން އައިފޯން އެސްްއީގެ ތިންވަނަ ޖެނެރޭޝަންގެ ފޯނެއްވެސް ނެރޭނެއެވެ. މިކަމާއި ބެހޭ ގޮތުން މާ ގިނަ މައުލޫމާތުތަކެއް ލިބިފައި ނުވި ނަމަވެސް، އެއާޕޮޑުގެ ޗާޖިން ކޭސް މިހާރަށް ވުރެން ސައިޒުން ކުޑަވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލްގެ ޕްރޮޑަކްޓުތައް އާންމުކޮށް އަތުރަނީ ޗައިނާގައި ކަމުގައިވާއިރު، އެ ގައުމުގައި އެޕަލް ޕްރޮޑަކްޓުތައް ފުޅާ ދާއިރާ އެއްގައި ވިއްކަމުން އަންނަ ފިހާރަ ޗޭނަކުން ބުނެފައި ވަނީ މި ދެ ޕްރޮޑަކްޓުގެ އިތުރުން އެޕަލް އައިޕެޑުގެ މިނީ ވާޝަނެއްވެސް މި އަހަރުގެ ތެރޭގައި ނެރޭނެ ކަމަށެވެ.

ހުސްވި އަހަރު ރިލީސްކުރި އައިފޯނު 12 އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި އަހަރުގެ ކުރީކޮޅު ރިލީސްކުރާ މި ޕްރޮޑަކްޓުތަކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު