ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ވެފައި ވަނީ ގިނަބަޔަކު އެންމެ ގަޔާވާ އެކަކަށެވެ. އަހްލާގީ ފެންވަރު ރަނގަޅު ގިނަބަޔަކު އެންމެ ގަޔާާވާ އެކަކެވެ. ފިލްމީ ތަރިންގެ ތެރެއިން އައްޒަވެފައި ވަނީ ފޭނުންނާއި ވެސް ވަރަށް ގާތްކޮށް އުޅޭ ތަރިއެއްގެ ގޮތުގައެވެ.

އެގޮތުން އޭނާ އަކީ މީސް މީޑިއާވެސް ވަރަށް ރަހުމަތްތެރި ފަންނާނެކެވެ. ދިރިއުޅުމުގެ ގިނަ ކަންކަމާއި އުފާވެރި ވަގުތުތައް އާއްމުކޮށް މީސް މީޑިއާގައި ހިއްސާ ކުރާ އެއް ފަންނާނަކީ އައްޒަ އެެވެ. އެކަން ވަރަށް ރަނގަޅަށް އޭނާގެ އިންސްޓަގްރާމް އެކައުންޓާއި ސްނެޕްޗެޓް ސްޓޯރީ ބެލުމުން އެނގެއެވެ.

އެގޮތުން މިއަދު އައްޒަ މި ވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވާ އީތަންއަށް ޕީއެސްް5 އެއް ގަނެދީ އެކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ.

އޭނާ އެ ޕީއެސް5 ދަރިފުޅަށް ގަނެދިނުމަށް ފަހު ހިއްސާކުރި އެއް ފޮޓޯގައި ލިޔެފައި ވަނީ ދަރިފުޅުގެ އެ ހިނިތުންވުން ދެކިލުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

 

View this post on Instagram

އީތަންއަކީ އައްޒައާއި ފިލްމީ ތަރި އިސްމާއިލް ޖުމައިހްގެ ދަރިފުޅެވެ.

އައްޒަ އީތަންއަށް ގަތް ޕީއެސް5ގެ އަގު މިހާރު އުޅެނީ 11500ރ އާއި 12500ރ އާ ދެމެދުގެ އަގެއްގައެވެ.

އައްޒަ މިހާރު ކައިވެނިކޮށްގެން އުޅެނީ ފިލްމީ ތަރި މުއާާޒް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. Anonymous

  އަގުބޮޑު ކުޅޭ އެއްޗަކަށް ވުރެ ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް މާމުހިންމު

  195
  6
 2. ޙައްވަ

  އަގުބޮޑެތި ތަ ކެތި ގަނެގެން ކުދިންގެ ހިނިތުންވުން ދެމި ހުންނާނީ ހިނދު ކޮޅަ ކައް. ފޯނު ދޫ ކޮއްލާފަ ދަރިފުޅާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ެެަެެެެަެެެަެެެެަެެަެެެެަެެެަެެެެަެެަެެެެަެެެަެެެެަެެަެ
  ޢެ ކީގައި ވަގުތު ހޭދަ ކޮއްފި ނަމަ އުމުރު ދުވަހު އެހިނިތުން ވުން ދެމިހުންނާނެ ޢިންޝާﷲ

  152
  4
 3. ދޮގެއްތަ

  އަޅެ ތަންފު ކެއް ބޮޑުވަރުދޯމީ...އައްޒަ މުއާއަށް. ބޮ ކްސާއެއް ގަނެދީފި...ދަރިފުޅަށް ދަތްއުގުޅާ ބުރުހެއް ގަނެދީފި..މުއާ އައްޒަށް ތަތްނުލަވާ ތަވައެއް ގަނެދީފި..އެބައެއްގެ ފުދުންތެރި ކަން ހުރިވަރަ ކުން ހަދިޔާދިނުމާ ބެހެމާ އޮންނާނެ އެއްމެންގެވެސް..މިވަރަށް ދެއް ކެން ނޫޅުނަސް ވެދާނެ..އެހެންމީހުންގެ ހަސަދަވެރި ކަން ވަންނަވަރަށް ދެއް ކެންއުޅެންނުވާނެ..މާލީތަނަވަސް ކަންނެތް ކިތައް ދިވެހިން އެބަތިބި ދަރިންދެ ކެ ލޯބިވިޔަސް ކިރުތައްޓެ މޭވާ ކޮޅެ ނުދެވޭ ހާލުގަ...މާދަމާ ނޫހުގަޖަހާފާނެ އައްޒަ ދަރިފުޅަށް ކިރުތައްޓެދީފި..

  172
  1
 4. ފަކުރު

  ދެއްކުންތެރިކަންނޫން ކަމެއް ނެތް. ފާހާނާކޮއްފަ އެވާހަކަވެސް ޖަހާބަލަ ސްޓޯރީގަ

  138
  1
 5. ސޮނަ

  ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިންގެ އުފަލައްޓަކައި ވެވެން ހުރި ކަމެއްކުރާނެ. އިސްތިހާރުނުކުރިޔަސް.

  149
  2
 6. އަހްމަދު

  މި ސޮރު ހާދަ ލަދުގަންނާނެބާއޭ ހިތަށް އަރާ މަންމަ އުޅޭ ވައްތަރުން

  117
  8
 7. ކަރުބޮލަކު

  އައްޒާ ދަރިފު ޅަށް މުސައްލައެއް ގަނެދީފަ ފޭސްބުކުގައި ނަހާބަލަލަ. ނޫނީ ފިރިމީހާ ނަމާދައް ދަނިކޮއް ފޮޓޯއެއްޖަހާބަލަ.

  105
  4
 8. Anonymous

  ދަރިފު ޅަށްޓަކައި ދަރިފު ޅުގެ ބައްޕަ އާ ކައިވެނި ނުކުރީ ކީއްވެބާ....؟؟ ދަރިންނަށްޓަކައި ދެމަފިރިން ދިރިއު ޅުމަކީ ވެވޭ ޖިހާދެކޭ...
  ދެއްކުންތެރިކަން ނޫން އެއްވެސް ކަމެއް ނެތް.....

  101
  18
 9. ހަލާކު

  ޕިސް ޕިސް

  72
  1
 10. ނޯކަރް

  ނިކަމެއްޗަކަށް އެހީގެ އަތެއް ފޯރުކޮއްލަދީބަލަ ތިކަހަލަ ލިބޭ މީހުން، އާދޭސް!
  މިހާރުވެސް މިއުޅެނީ ސަހަލު ޢަގެއްގަ ވަންނާނެ ތަނެއް ނުލިބިގެން..
  ސަދަގާތެއް ކޮނމެވެސް ފަގީރަކަށް ދިއްކޮއްލާބަލަ

  81
  2
 11. ވާނުވާ

  މިދެން ބޮޑުވަރު ފޮޑިއެއް ޖެހިޔަސް އެވާހަކަ ވެސް ޖަހާލައްޗެ

  88
  1
 12. އިނާ

  ތިދެން އެހާވަރު ކަމެއްތަ އިސްތިހާރު ކުރަން. މަގޭ ދަރިފުޅަށް ވެސް ގަނެދީފިން ތިޔަ ބުނާ އެއްޗެއް. އިސްތިހާރެއް ނުކުރަން. ދެއްކުން ތެރިކަން ނޫން ދެން ކޮން ކަމެއް ތީ...

  80
  1
 13. ނަޙޫ

  މަގޭ ދަރިފުޅު އަތުގަ އިންނާނެ ޕީއެސް 4 އެއް އަަައްޒަ ދަރިފުޅު އަަތުގަ އެކަންޏެއް ނޫން ގޭމް ކުޅޭ އެއްޗެހި ހުންނަނީ. ވަރަށް ފޫހިވޭ އަބަދު ވެސް ފޮނިކަނޑަން އުޅޭ މީހެއް.😠😠

  94
  3
 14. Anonymous

  ލިޔާނެ ޚަބަރު ނެތިއްޔާ ނޫސް ހުއްޓާލާ!

  111
  2
 15. ވައިކިންގ

  ދެއްކުންތެރި.

  83
  2
 16. ޓޮރުޕިޓޯ

  ޢަހަރެން މިހާރުވެސް ހަދާން އެބަހުރި އަހަރެން ކިޔަވައިންދިން ކުލާހެއްގައި އިން 10ވަރަކަށް އަހަރުގެ ކުއްޖަކު އިންޓަވަލް ނުބޮއި އިން ދުވަސް ކީއްވެތޯ އަހާލުމުން ބުނީ (އަޅުގަޑު ބޮއިއުޅޭ އެއްޗިއްސޭއް ނޫނޭ )) އެކުއްޖާ 24 ގަޑިއިރު ތެރޭ އެއްފަހަރު ކާންލިބެނީ އެވެސް އޭނަގެ މާމަ ހެދުނު ދޭ ސައިކޮޅު މިހާރުވެސް ލޯމަރާލުމުންވެސް އެކުއްޖާ ގެ މައުސޫމް ލޮލުން އައި ކަރުނަ ފެންނަހެން ހީވޭ ބަޔަކު އުދުހެމުންދާއިރު ވޭނީ ކަރުނަ އަޅާ ނުކައި ނުބޮއި އުޅޭ ކުޑަ ކުދިން މިރާއްޖޭގަވެސް އެބަތިބި

  82
  3
  • ސުވާލެއް؟

   އެކުއްޖާއަށް ކަލޭ ބޯނެ އެއްޗެއް ދިނިން ހެއްޔެވެ؟ ގައިމުވެސް ތިފަދަ ކުއްޖަކު މަށާ ދިމާވާނަމަ ޚާއްޞަ އެހީތެރި ކަމެއް ދޭނަމެވެ. ބޯނެ އެއްޗެއްސާ ކާނެ އެއްޗެހިވެސް ދޭނަމެވެ. އަދި އިތުރު ގޮތެއް ފެނޭތޯ މަސައްކަތް ކުރާނަމެވެ.

   40
   2
 17. Anonymous

  ޢަހަރެންގެ ދަރިފުޅުގެ 2000 ރުފިޔާގެ އައިނެތް މުއްސަދި މަޝްހޫރު މީހަކު ގެ ދަރިފުޅަކު ތަޅާލުމުން ޓީޗަރު މައްސަލަ ނިއްމާލީ ސޮރީ އަކުން އެކަމަކު އަހަރެންގެ ދަރިފުޅުގެ އަތު ކުއްޖެއްެްެއެް

  31
  3
 18. މުއާ

  ދެން މާ ތުއިވެގެން މީޑިއާގެ ސަމާލުކަން ހޯދަން

  41
  1
 19. Anonymous

  މި ލޮކްޑައުންގަ އޮންލައިން ކޮން ނެޓްނެތިގެން ކުލާހުގަ ބައިވެރިނުވެވި އާއިލާތައް ހާލުގަޖެހި ދަރިން ސްކޫލުން ވަކިކޮށްގެން ރަަަަަށަް ގޮސްފި

  43
  1
 20. ޙހހހ

  މީ ނޫސްވެރިކަންތަ ، ނޫނީ ފަސާދަކުރުންތަ ، ނުކެރޭނެ މި ޖަހާލާކަށެއް ، ހަޖަމެއްނުވާނެ

  39
  2
 21. yoosuf

  not ps5 pray 5 times

  32
  1
 22. ކަޅޭ

  އައްޒަގެ ދަރިއަށް އަހަރުން ނުޖެހޭ ޕީއެސް5 ގެންދޭކަށް

  17
  2
 23. ޜިގިލި

  ސޯ ވަޓް

  21
 24. Anonymous

  އެންމެނޭ! ޢައްޒަ ފޮޑިއެއް ޖަހައިފި. އެނގޭ ދޯ އެކަން މާކުރިންވެސް.

  24
  1
 25. ސިނެކް

  މިދުނިޔެޔަކީ ތިކަހަލަ އެއްޗެއް ވަރަށް ހެއްލުންތެރި ވާނެ

  7
  1
 26. ދިވެހި ދަރިއެއް

  ނޮޓް ޕީއެސް(ޕްލޭ ސްޓޭށަން) 5 ބަޓް ޕީއެސް ( ޕްރޭ ސަލާ) 5 ޓައިމްސް.
  މާތް ﷲ ހެޔޮ ވިސްނުން ދެއްވާށި... އާމީން

  18
  3