ސޮފްޓް ޓޯއިސް ނުވަތަ ކަފަ ފަދަ މަޑު އެއްޗެހިން ހަދާފައި ހުންނަ ކުޅޭ އެއްޗިއްސަކީ ކުޑަކުދިންގެ އިތުރުން ބައެއް ބޮޑެތި މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. އުފަން ދުވަސް ފަދަ ޚާއްސަ ދުވަސް ދުވަހު ދިނުމަށް ވެސް ބައެއް މީހުންނަށް އެންމެ ކަމުދާ ހަދިޔާ އަކީ ސޮފްޓް ޓޯއިސްއެވެ. އޭގެ ތެރެއިންވެސް އެންމެ މަގްބޫލީ ޓެޑީ ބެއާއެވެ.

ޓެޑީބެއާ އެއް ކުރުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. މިގޮތަށް 20،000 އަށް ވުރެ ގިނަ ޓެޑީ ބެއާ އެއްކުރި މީހަކަށް ވަނީ ޓެޑީ ބެއާ މަންމަގެ ނަމުން ނަންދީފައެވެ. އޭނާ ދަނީ އެ ޓެޑީ ބެއާތައް މިހާރު ހަންގޭރީގައި ތިބި ކުޑަ ކުދިންނަށް ބަހަމުންނެވެ.

އެއީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އެ ކުދިންނަށް އެހީވުމުގެ ގޮތުންނެވެ. ވަލެރިއާ ސްކްމިޑްޓް ނަމަކަށް މި އަންހެން މީހާ އަކީ ފާއިތުވި 40 ވަރަކަށް އަހަރު ޓެޑީ އެއް ކުރުމުގައި ޝައުގުވެރިކަމާއެކު މަސައްކަތް ކުރި މީހެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ޓެޑީ ބެއާގެ އެންމެ ބޮޑު ކަލެކްޝަން އާއެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފައެވެ.

އަދި 13000 ޓެޑީ ބެއާ އާއެކު އޭގެ ކުރިން އޭނާ ވަނީ ހަންގޭރިއާގެ އެވޯޑެއްވެސް ހޯދައިފައެވެ. ޓެޑީ ބެއާ މިހާރު ވެސް އެއްކުރަމުންދާ އެ އަންހެން މީހާ ބުނީ ވަރަށް ގިނަ މީހުން އޭނާ އަށް ޓެޑީ ބެއާ ފޮނުވާކަމަށެވެ. އަދި އޭނާ ގިނަ ފަހަރު އޭނާ އެއްކުރާ ޓެޑީ ބެއާތައް ގަންނަނީ ކަން ވެސް އޭނާ ފާހަގަކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޯގޯސް

    2
    1