އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ ނޮނަގެނާރިއަން ބަގުން ސުމްބްރާއީގެ ހާލު ވަަރަށް ބޮޑަށް ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ނޮނަގެނާރިއަން އަކީ 60 އަންހެނުންނާއި ކައިވެނި ކޮށްފައިވާ މީހެކެވެ. އޭނާ ވަނީ މެދުނުކެނޑި 40 އަހަރު ވަންދެން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނޮނަގެނާރިއަންގެ ސިކުނޑީގެ އެއްފަޅި މިހާރު ވަނީ މަރުވެފަައެވެ. އަދި އޭނާގެ ހިތް ވެސް މިހާރު ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ.

ގިނަ އަދަދެއްގެ މީހުންނާއި ކައިވެނިކޮށްގެން ބޮޑު ސަމާލުކެއް ހޯދި ނޮނަގެނާރިއަން ބުނެފައި ވަނީ ގިނަ ބަޔަަކާއި ކައިވެނި ކުރުމަކީ އޭނާ ދިރިއުޅުމުގައި ވަރަށް ކާމިޔާބުކަން ދޭކޮށްދޭ ދަލީލެއް ކަމަށެވެ.

"އަހަރެން މިސާލެއްގެ ގޮތުގައި ބަަލަނީ ކަރިޝްނާ (ހިންދޫ އިންގެ ކަލާންގެ އެއް) ކަަރިޝްނާ 1600 ކައިވެނި ކުރި. އަދި ދުނިޔޭގެ އެންމެން ކަރިޝްނާ އަށް އަޅުކަން ކުރި. ގިނަ ކައިވެނި ކުރުމަކީ ގޯހެއް ނޫން. އެއީ ވަަރަށް ރަނގަޅު ކަމެއް." ނޮނަގެނާރިއަން ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނޮނަގެނާރިއަން ބުނެފައިވާ ގޮތުގައި އޭނާ އަކީ އަންހެނުން ކައިރިން ކައިވެންޏަށް އަހާ މީހެއް ނޫނެވެ. އޭނާ އާއި ކައިވެނި ކުރަން އެދި ހުށަހަޅަނީ އަންހެނުން ކަމަށް ނޮނަގެނާރިއަން ބުނެފައި ވެއެވެ.

"އަހަރެން މިއީ އަންހެން ކުއްޖަކު ނުވަތަ އަންހެނަކު ފެންނަ އިރަށް އެމީހުންގެ ފަހަތުން ދާ މީހެއް ނޫން. އަންހެނުން އަހަރެންނާއި މެދު ޝައުގުވެރިވެގެން އަހަރެންގެ ކައިވެންޏަށް އެދުމުން އަހަރެން ކިހިނެއް ހަަދާނީ. އަހަރެން ޖެހޭނެ އެމީހުން ބޭނުންވާ ކަންތައްތައް ކޮށްދޭން." ނޮނަގެނާރިއަން ބުނެފައި ވެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން 40 އަހަރު ކޮށް ސިޔާސީ ގޮތުން ވަރުގަދަ ލީޑަރަކަށް ނޮނަގެނާރިއަން ވެފައިވީނަަމަވެސް އޭނާ އަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު މީހެކެވެ. އަބަަދުވެސް އޭނާ ހުންނަނީ މުންޑު އަންދެގެންނެވެ. ވަަރަށް މަދު ހާލަތެއްގައި ނޫނީ މަތިން އެއްވެސް އެއްޗެއް ނުލައެވެ.

ނޮނަގެނާރިއަން 60 ކައިވެނި ކުރިކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވީނަމަވެސް އޭނާ އަަށް ލިބިފައި ވަނީ ކިތައް ދަރިން ކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ނޮނަގެނާރިއަން ދެން ރަނގަޅު ވާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ވަނީ ކަނޑާލާފައެވެ. އޭނާގެ ސިއްހީ ހާލަތު ދަށްވީ ކުއްލިއަކަށެވެ. އޭނާގެ ސިއްހީ ހާލަތު ކުއްލިއަކަށް ދަށްވީ ކީއްވެ ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑު

    ހިންދޫ ދީން ޕްރޮމޯޓް ކުރަނީތަ

  2. ކަލާ123

    ހިންދޫއިންގެ ކަލާނގެއެއްގެ ނަން ފުޅެއް ކަމަށް ލިޔުއްވައިފައި އޮތީ "ކަރިޝްނާ"! މީ ކުށެއް. ރަނގަޅު ގޮތަކީ ކްރިޝްނާ!

  3. ދުމާ

    ކޮބާ ކާމިޔާބުވެއްޖެއެއްނު!!

  4. އަޝްރަފް

    ނޮޓް އިންޓެރެސްޓެޑް

  5. ޔފއ

    ދޮގު ވާހަކަ ޕްރޮމޯޓް ކުރަނީ. ދުނިޔޭގެ އެންމެން އަޅުކަމެއް ނުކުރޭ ކްރިޝްނާ އޭ ކިޔާ މީހަކަށް.
    އާލަމްތަކުގެ ވެރި ފަރާތަކީ ﷲ،
    އެއިލާހު އެކަނި އެއީ ޙައްޤު އިލާހީ.