އިންޑިއާގައި މަގްބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔަ ނަރެންދްރާ ޗަންޗަން މަަރުވެއްޖެ އެވެ. އޭނާ މަރުވެގައި ވަނީ މިއަދުގެ ވަގުތެއްގައި ދިއްލީގައެވެ. އޭނާ މަރުވިއިރު އުމުރަކީ 80 އަހަރެވެ.

މިދިޔަ 25 އަހަރު ރެރޭގައި ޗަންޗަލްގެ ކޮންސާޓްތައް ހިންގުމުގައި އުޅުނު ސަންޖޭ މާލިކް ބުނީ، އޭނާ މަރުވެފައި ވަނީ މިއަދު މެންދުރު 12:00 ހާއިރު މުސްކުޅި ބަލީގައި ކަމަށެވެ.

"އޭނާ ބަލިކޮށް އުޅޭތާ ދުވަސްކޮޅެއް ވެދާނެ، އޭނާ އެޕޯލޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ ދެ މަސް ވަރު ވެދާނެ، އޭނާ އުޅުނީ ވަރަށް ބަލިކޮށް، އޭނާ މަރުވެފައި ވަނީ މިއަދު". އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވެއެވެ.

ޗަންޗަލް ބޮޑަށް މަޝްހޫރު ވެފައި ވަނީ ދީނީ ލަވަތައް ކިޔުމުގައެވެ. އޭނާ ވަނީ ބޮޑެތި ލައިވް އިވެންޓްތަކުގައި ލަވަ ކިޔައި މަގްބޫލުކަން ހޯދާފައެވެ.

އޭނާގެ ބައެއް ލަވަތަކުގެ ތެރޭގައި ބޮލީވުޑްގެ ޑްރާމާގައި ހިމެނޭ ޗަލޯ ބުލަވާ އާޔާ ހޭ އާއި ބޮބީ ފިލްމްގެ ބޭޝަކް މަންދިރް މަސްޖިދް ޓޮޑޯ ހިމެނެއެވެ.

އޭނާ ވަނީ ބޮބީން ފިލްމް ފެއަ އެވޯޑްގައި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.

އޭނާ މަރުވުމާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު