ކޮންމެ މީހަކުވެސް އެމީހަކު ލޯބީގެ ގޮތުން ގުޅިގެން ވާ މީހާގެ ފަރާތުން ހަދިޔާ ބޭނުންވާނެކަން ޔަގީނެވެ. މިގޮތުން އެކި ފިހާރަތަކާައި އޮންލައިން ވިޔަފާރި ކުރާ ތަންތަން ގިނަ މީހުން ބަލަމުން ދެއެވެ. ގަނެފަ ނުގަންނާނެ އެއްޗެއް ނޭގިފަވެސް ތިބޭ ފަހަރު އާދެއެވެ. ބައެއް ފަހަރަށް އަމިއްލަ އަށް ފަރުމާކޮށް ހަދާފަ ވެސް ހަދިޔާކުރާތަންވެސް އާދެއެވެ.
މިއީ ފިރިނަކު އޭނާގެ ލޯބިވެރިޔާއާ ގުޅުުނުތާ އެއްއަހަރު ފުރުން ފާހަނގަ ކުރަން ދިން ކަރުގަ އަޅާ ފަށެއްގެ ވާހަކައެވެ. އެގޮތުން އޭނަ ހަދިޔާ ވިއްކާ ފިހާރައަކުން ބައެއް އެއްޗެހި ގަތެވެ. އަދި އަމިއްލައަށް ވެސް އެއްޗެހި އެއަށް ބޭނުން ކުރިއެވެ. ހަގީގަތަކީ މި ފަށުގެ ފަހަތުގައިވާ ސިއްރު އެފަށް ލިބުނު އަންހެން ކުއްޖާ އަކަށް މިހުރިހާ ދުވަހު އެނގިފައި ނުވާ ކަމެވެ. ދެއަހަރު ފާއިތުވެގެން ދިޔައިރު މީގެ ފަހަތުގައިވާ އެއްވެސް އެއްޗެއް އެހަންކުއްޖާ އަކަށް އެއްވެސް ގޮތަކަށް އެނގިފައެއް ނުވެއެވެ.
އޮސްޓްރޭލިއާގެ ދެލޯބިވެރިން ކަމުގައިވާ ޓެރީ އާއި އާންނަ އަކީ ލޯބީގެ ގޮތުން ގުޅިގެން އައި ދެމީހުންނެވެ. އެމީހުންގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރުން ފާހަނގަ ކުރުމަށް އެދެމީހުން ބޭނުންވިއެވެ.
މި ދެމީހުންނަކީ ހަތަރު އަހަރުވަންދެން ވަރަށް ގާތްރަހްމަތްތެރިންގެ ގޮތުގައި ތިބެފައި ކުރީގަ އެކީގައި އުޅެފަތިބި ދެމީހުންނެވެ. އޭގެ ފަހުން އެދެމީހުން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އެދެމީހުން ގަބޫލު ކުރާގޮތުގައި ރަހްމަތްތެރި ކަމުގެ ގުޅުން ވަރުގަދަ ވުމާ އެކީ އެގުޅުން އެއަށްވުރެވެސް މާތް ގުޅުމަކަށް ބަދަލުކުރުމުގެ ވަގުތު ޖެހުނީ ކަމުގައެވެ. އެދެމީހުން ގަބޫލު ކުރަނީ އެދެމީހުންނަކީ އެކަކު އަނެކަކަށް ވާ ނަސީބެއް ކަމުގައެވެ.
މި ދެމީހުންގެ ގުޅުމަށް އެއް އަހަރު ފުުރުން ފާހަނގަ ކުރުމުގެ ގޮތުން ހަދިޔާއެއް އޭނާގެ ބައިވެރިޔާއަށް ދޭން ފިރިހެން މީހާ ބޭނުން ވިއެވެ. އެގޮތުން ޓެރީގެ އަމިއްލަ މަސައްކަތުން ވަކަރު ބޭނުން ކޮށްގެން ކަރުގަ އަޅާ ފަށެއް ތައްޔާރު ކުރިއެވެ. ވަރަށް ގިނަ ވަގުތު ނެގި ވަރަށް ފުރިހަމަ މަސައްކަތެކެވެ. ޓެރީ ދުޢާ ކުރަމުން ދިޔައީ އެނިންމަމުން ދިޔަ ވަގުތުގައިވެސް އޭނާގެ ބައިވެރިޔާ އޭނަގެ ހަދިޔާ އުފަލާ އެކީ ގަބޫލު ކުރޭތޯއެވެ. އޭނާގެ ބައިވެރިޔާއަކަށް މިވަރުގެ ބޮޑު ސިއްރެއް އޭގެ ފަހަތުގައި ފޮރިވިފައިވާނެ ކަމެއް ހިތަކަށްވެސް ނާރައެވެ. ކޮންމެ އަކަސް އެދެމީހުން ކެއުމަކަށް ގޮސް ޓެރީ އޭނާގެ ބައިވެރިއާ އަށް ކަރުގަ އަޅާ ފަށް ހަދިޔާކޮށްފިއެވެ. އެފަށް ވެގެން ދިޔައީ އަންހެން ކުއްޖާ ވަރަށް ގަޔާވި އެއްޗަކަށެވެ. އެވަގުތުން ފެށިގެން އޭނަ އެފަށް ކަރުގައި އެޅިއެވެ. އޭގެ ފަހަތުގައިވާ ސިއްރު ނޭގުނުކަމުގައި ވިޔަސް އާންމު ކޮށް ބޭނުން ކުރާ ފަށެއްގެ ގޮތިގައި އެވެގެންދިޔައެވެ.
މިފަށް ވެގެން ދިޔައީ އޭނާގެ ބައިވެރިންގެ ލޮލުގަވެސް ވަރަށް ބޮޑަށް އަޅައިގެން ދިޔަ ފަށެއްގެ ގޮތުގައެވެ.
ކާކުތޯ ގަބޫލު ކުރާނީ ހަދިޔާ އަކަށް ބައިވެރިއާ ދޭ އެއްޗެއްގެ ތެރޭގައި މި ފަދަ ބޮޑު ސިއްރެއް ފޮރުވިފައިވާނެ ކަމެއް? ކޮންމެ ގޮތެއް ވިޔަސް ޓެރީއަށް ފެނުނު އެންމެ ރަނގަޅު ގޮތް ކަމަަށް ވާތީ އެކަން އެގޮތަށް ކުރަން އޭނަ ނިންމިއެވެ.
އޭގެ ފަހަތުގައިވާ ސިއްރު ޓެރީ ބޭނުން ވުމުގެ ކުރިން އޭނަގެ ބައިވެރިޔާ އަށް ފަޅާއަރާ ފާނެކަމުގެ ބިރު އޭނާ އަށް އޮވެއެވެ. ވަގުތު ޖެހުމުގެ ކުރިން އެގުމުން ދެމީހުން ދޭތެރޭގައި މައްސަލަ ޖެހުމަކީ ވެސް އެކަށީގެން ވާ ކަމެއް ކަމުގަ އޭނަ އަށް ގަބޫލުކުރެވެއެވެ. އަަބަދުގެ އަބަދަށް ސިއްރެއްގެ ގޮތުގައި ވެސް ނުބޭއްވޭނެ ކަން ހުދު ޓެރީ ވެސް ގަބޫލުކުރެއެވެ. އޭނަ ހުރީ އެކަމަށް ރަނގަޅު ވަގުތަކަށް ވެސް ބަލާލަ ބަލާލައެވެ.
ދުވަސް ތަކެއް ފާއިތުވެގެން ގޮއްސިއެވެ. ޓެރީ ބޭނުން ވީ އޭނަގެ ބައިވެރިޔާ ގޮވައިގެން ކޮންމެވެސް ގައުމަކަށް ގޮސްލާށެެވެ. ނަމަވެސް އަންނަ އަކީ އެހާ ދަތުރު ކުރާ ހިތްވާ މީހެއް ނޫން ކަމުން މި ދެމީހުން ނިންމީ އެމީހުންގެ ގައުމުގެ އެތެރޭގަ ކޮންމެވެސް ރީތި ތަނަކަށް ގޮސްލާށެވެ. ކޮންމެ އަކަސް އެ ދަތުރުވެސް ނިމިއްޖެއެވެ. ފަށުގެ ފަހަތުގައި ވާ ސިއްރު އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.
ޓެރީގެ ބައިވެރިޔާ އެއްވެސް ވަގުތެއްގައި މި ފަށް ގަޔާ ދުރުނުކުރެއެވެ. ފަތަން ދިޔަކަމުގަ ވިޔަސް ޖިމަށް ދިޔަކަމުގައި ވިޔަސްމެއެވެ. ފާޅުގައި އެންމެންނަށް ފެންނަހެން އަބަދުވެސް އޭނަގެ ކަރުގައި މި ފަށް އޮވެއެވެ. އޭނަގެ ލޯބިވެރިއާ ދީފައިވާ ހަދިޔާއަށް އޭނާ ވަރަށް ތައުރީފު އޭނަގެ ރައްޓެހިން ކާރި ކުރެއެވެ.
ދުވަސް ތަކެއް ފާއިތު ވުމަށް ފަހު މިދެބައިވެރިން އެކީ ގައުމުން ބޭރުތަނަކަށް ދާން ރާވާލިއެެވެ. ދެމީހުންވެސް ވާހަކަ ދައްކާލުމަށްފަހު އަންނަގެ ގާތްއެކުވެރިޔާ ކައިރިއަށް ސްކޮޓްލޭންޑަށް ދާން ނިންމި އެވެ. ކޮންމެ ގޮތެއް ވިޔަސް ޓެރީ ބޭނުން ވި ގޮތަކީ ވެސް ގައުމުން ބޭރަށް އަންނަ ގެންދިއުމެވެ.
އެތަކެއް ދުަވަހުގެ އިންތިޒާރަކަށް ފަހު ޓެރީ އެންމެ ބޭނުން ކަންތައްވާން އުޅޭތީ އޭނައަށް ވަރަށް އެހެން ކަހަލަ އިހްސާސް ތަކެއް ވާންފެށިއެވެ. ސިއްރު ފަޅާއަރާ ފާނެތީ ބިރުވެސް ގަނެއެވެ. ޓެރީ ބޭނުން ވަނީ ގައުމުން ބޭރުގައި ސިއްރު ހާމަ ކުރަން ކަން އޭނަގެ ބައި ވެރިޔާއަށް ހީވާ ކަހަލައޭވެސް ޓެރީއަށް ހީވެއެވެ.
ކޮންމެ އަކަސް އަންނައަކީ މަތިންދާބޯޓު ތަކުގައި ދަތުރުކުރަން ބިރުގަންނަ މީހަކަށް ވީ އިރުވެސް މި ކަމަށް އެއްބަސްވީ ޓެރީގެ އުފަލަށްޓަކައެވެ.
މި ދެބައިވެރިންގެ ދަތުރު ފަށައިގެން އެއާރޕޯޓްގެ ޗެކިންވާންޖެހޭ ހިސާބުން ޓެރީ ހިތްނުތަނަވަސް ވާން ފަށައިފިއެވެ. އެފަށުގަވާ ސިއްރު އެތަނުން ހާމަވެގެން ގޮސްދާނެތީއެވެ. އެއާރޕޯޓްގެ މުައައްޒަަފަކަށްވެސް ފަށް ފެނި ސިއްރު ހާމަވެދާނެތީ އޭނާ ހުރީ ހާސް ކަންމަތީގައެވެ.
ޓެރީ ބޭނުން ވީ އޭަނަގެ ބައިވެރިއާއަށް އެވާހަކަތަށް ކިޔާދޭށެވެ. އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމުގައި އޭނައަށް ގަބޫލުވެސް ކުރެވޭތީއެވެ. ސްކޮޓްލޭންޑްގެ އެކި ތަންތާގައި ދަތުރު ކުރުމަށް ފަހު މިދެބައިވެެރިން އެނބުރި އަމިއްލަ ވަޒަނަށްދާ ދުވަސް ޖެހުނެވެ.
މި ގޮތަށް ދުވަސްތައް ގުނަމުން ދިޔަ އެވެ. ހަޔާތުން ދުވަހެއް އަތުވެއްޖެ އެވެ. އަންނަގެ ކަރުގައިވާ ފަށް ނެގުމަށް ޓެރީ އަންނަ ކައިރީގައި ބުނި ދުވަހެވެ. އެގޮތަށް ބުނުމާއެކު އަންނަ ހުރީ ހަދާނެގޮތް ނޭގިފައެވެ. ވެގެން އުޅެނީ ކިހިނެއްތޯ ވެސް އޮޅުން ފިލުވާކަށް ނޫޅެވި ގަނޑުވެފަ ހުރެވުނެވެ. ޓެރީ ކުރަން އުޅެނީ ކޮން ކަމެއް ކަން އަންނަ އަކަށް ނޭނގެއެވެ. ކޮންމެ އަކަސް ކަރުން ފަށް ނެގުމަށްފަހު ޓެރީގެ އަތަށް ދީފިއެވެ. އަދި އެއަށް ކުރަނީ ކީއްތޯ ބަލަން ހުއްޓުން އަރާފަހުރެވުނެވެ.
އޭނާގެ ޖީބުން ކުޑަ ވަޅިއެއް ނެގުމަށްފަހު އެފަށަށް ހަދާލި ގޮތް ފެނި ގަބޫލުކުރަންވެސް ދަތިވެފައި އަންނަ އަށް ހުރެވުނެވެ. އެފަދައިން ކަންތަށް އެކުރީ ކީއްވެގެންތޯ އޭނަ ޓެރީ ކައިރިންވެސް އެހިއެވެ. އެއޮަށް ރީތި ފަށު ފުލަށް ހަދާލި ގޮތް ހިތައް އަރާފައި ދެރަވެސް ވިއެވެ.
އެވަގުތު އެ ހުޅުވާލުމާއެކު އޭނަގެ ލޯބިވެރިޔާއަށް އެފަށް އޭނާ ދިށްކޮށްލިއެވެ. އުފަލުން ގޮސް އަންނައަށް ހުރެވުނު ތަންވެސް އޭނަ އަކަށް ނޭނގުނެވެ.
ދެއަހަރުވަންދެން ކަރުގައި އަޅައިގެން އޭނާ އުޅުނީ އެމީހުންގެ އެންގޭޖްމެންޓް ރިންގެވެ. ވަގުތުން ޓެރީ އޭނާގެ ލޯބިވެރިއާއަތުގައި އެ އަނގޮޓީ އެޅުވިއެވެ.
މިދުވަހަށް އަންނަ ހުރީ އިންތިޒާރު ވެސް ކޮށްގެންނެވެ.
ބައްޔެނު މަހީކުރީ ސިހުރެއްކަމައް ހޫން
ކަލޯގަޔާ..މަވެސް
ކަލޯ މަވެސް ތީގަ ހިމަނާ.
ޢަހަރެންވެސް ކޮއްޕައިލަ
މަވެސް ތިތަނަށް ވައްދާލަ..
ވަރަށް ރީތި ވާހަކައެއް. ބިންމާމެން ކީއްތަ މި ކުރަނީ
މެދު ތެރެ އިން ކިޔާހިތް ކެނޑި އްޖެ.
ލިޔުން ލިޔެފާވާގޮތް ކަމަކުނުދޭ!!!
ސީރި އަސްލީ؟ މި ކިޔަން ނެގި ވަގުތު އަނބުރާ ނުލިބޭނެކަން އިނގޭތީ ދެރަ އީ
އެހެން މީހެއް ސްކްރެޑް ކުރިންތަ؟ 😂😂😂😂
ކަލޯ ގަޔާ! ހުވާ މަހީކުރީ ބޮމެއް ކަމަށް! ވަރަށް ފޫހިވޭ ދެން. ޗީ!
ދެން ވަރަށް ފޫހި