އެމެރިކާގެ ބިލިއަނަރަކު ސްޕޭސްއެކްސް ގެ މަތިންދާ ބޯޓެއްގައި ތިން މީހަކު ގޮވައިގެން މުޅި ދުނިޔެ ވަށާ މިއަހަރުތެރޭގައި ދަތުރެއް ކުރުމަށް ނިންމައިފިއެވެ.
ދުނިޔެ ވަށާ ދަތުރު ކުރުމުގެ ހުވަފެން ކާމިޔާބު ވުމުގެ އިތުރުން ޖަރެޑް އައިސާކްމަން ހޯމަދުވަހުގައި ބުނެފައިވަނީ މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެސްޓީ ޖޫޑް ޗިލްޑްރެންސް ރިސާޗް ހޮސްޕިޓަލަށް ހަދިޔާ ކުރަން 200 މިލިއަން ޑޮލަރު ހޯދުންކަމަށެވެ. އަދި އޭގެން ހަމަނުވާ ބައި އޭނަގެ އަމިއްލަ ޖީބުން ލާނީ ކަމުގައިވެސް އޭނާ ބުނެފައި ވެެއެވެ.
މިކަމަށް މިހާރުވަނީ އެސްޓީ ޖޫޑްގެ ހެލްތުވޯކަރެއްވެސް ހަމަ ޖައްސާފައެވެ. ފެބްރުއަރީ މަހުގައި އެސްޓީ ޖޫޑްއަށް އެހީވާ މީހުންގެ މެދުގައި ގުރުއަތެއް ނެގުމަށްފަހު އޭނާ އާއި އެކު ދަތުރު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއަހަރު 38 އަހަރު ފުރޭ އައިސާކްމަން ބުނެފައިވަނީ އޭނާ ބޭނުންވަނީ މީގެ 50 ނޫނީ 100 އަހަރު ފަހުން މީހުން އެމީހުންގެ ދަރިންނާ އެކީ ޖެޓް ސަން އާއި އޭނާގެ އާއިލާ ސްޕޭސް ރޮކެޓްތަކުގައި ހަނދުގެ ވަށައިގެން އުޅޭނެ ދުނިޔެއެއްގައި އުޅުމަށެވެ.
އައިސާކްމަންގެ ދުނިޔެ ވަށާ ކުރާދަތުރަކީ އެންމެ ފަހުން ކުރެވިފައިވާ އިއުލާނެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ތިން ވިޔަފާރިވެރިން ވަނީ އަންނަ ޖެނުއަރީ މަހުގައި ދުނިޔެވަށާ ދަތުރު ކުރުމަށް 55 މިލިއަން ޑޮލަރުވަނީ ދައްކާފައެވެ.އަދި މީގެ އިތުރުން ޖަޕާނުގެ ވިޔަފާރިވެރިއަކު ވަނީ ވަރަށް އަވަހަށް ދަތުރެއް ކުރުމަށް ސްޕެސް އެކްސްއާ މަޝްވަރާ ކޮށްފައެވެ.
އައިސާކްމަން ސޮޕޭސްއެކްސަށް ދައްކާ އަދަދެއް ކަނޑައަޅާފައި އަދި ނުވި ކަމުގައި ވިޔަސް އޭނާ ބުނެފައިވަނީ މި ކަމުގައި ބޮޑު ހަރަދެއް ދާނެކަމަށެވެ.
މި ދަތުރުގައި ނާސާގެ ކުރީގެ އެސްޓްރޮނޭޓެއް ތިން ވިޔަފާރިވެރިންނާއި އެކީގައި ދަތުރުކުރަން ވަނީ ހަމަ ޖެހިފައެވެ. މިދަތުރުގައި ބޯޓުގެ ފަޅުވެރިއަކަށް ހުންނާނީ އައިސާކްމަން ކަމުގައި އޭނާ ބުނެފައި ވެއެވެ.
ބިގް ފެލްކަން ހެވީ ސްޓާޝިޕުންތަ ތިސޮރު ދަނީ؟؟؟