އިންޑިއާގައި ފުލުހުން ދިޔައީ ގެއްލިގެން ރިޕޯޓްކުރި ކުއްޖަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ގެއްލިގެން ހޯދަަމުންދާ ކުދިންގެ މައްސަަލަތައް އަލުން ހޯދާ ތަހުގީގު ކުރުމަށް ކުރަމުންދާ އެ މަސައްކަތުގެ ތެރެއިން މަދްޔާ ޕްރަދޭޝްގެ ސެހޮރެ ސިޓީގެ ފުލުހުން ވަނީ މީގެ 10 އަހަރުން ކުރީގެ މައްސަލައެއްގެ ތެރެއަށް ވަދެފައެވެ. އެއީ ހަގީގަތް ނުހޯދި ދުވަަސްވެފައިވާ މައްސަލައެކެވެ.

އެ ކުއްޖާއަކީ މީގެ 10 އަހަރު ކުރިން އަމިއްލައަށް މަރުވި ކުއްޖެކެެވެ. އަދި އެ ކުއްޖާ އެ ސިޓީގެ ސަހަރާއެއްގައި ވަޅުލާފައި ވަނީީ އާއިލާއިންނެވެ. ނަމަވެސް އެ ކުއްޖާގެ މައިންބަފައިން ފުލުހުންނަށް މައުލޫމާތުދެމުން ބުނެފައި ވަނީ އެ ކުއްޖާ ގެއްލިގެން ހޯދާ ކަމަށެވެ.

އޭގެ 10 އަހަރު ފަހުން އަލުން އެ ކުއްޖާގެ ކޭސް ބަލަން ފުލުހުން ފެށިއިރު، ފުލުހުން ހޯދުންތަކެއް ހޯދިއެެވެ. އެ ކުއްޖާގެ ހަށިގަނޑު ސަހަރާގައި ވަޅުލާފައި ހުރިކަން ވަނީ ހާމަވެފައެވެ. އެކަން ހާމަވެފައި ވަނީ އާއިލާއާ ވާހަކަދެއްކުމުންނެވެ.

ފުލުހުން އެ ކުއްޖާގެ ހަށިގަޏޑު ހޯދުމަށް އެ ސަހަރާ ކޮނެފައި ވެއެވެ. އެކަން ކޮށްފައި އެތައް ބަައެއްގެ ބުރަ މަސައްކަތުންނެވެ. އަދި އެ ކުއްޖާގެ ހަށިގަނޑުގެ ބައިތައް ހޯދާފައި ވެއެވެ. އެ ކުއްޖާގެ ހަށިގަނޑުގެ ބައިތައް ވަނީ ބޯޕަލްއަށް ތަހުގީގަށް ފޮނުވާފައެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން އެ ކުއްޖާގެ ބައްޕަ ހިމެނެއެެވެ.

2011 ވަނަ އަހަރު ތެރޭގައި މަންޚެންޑާ ވިލޭޖްގައި އިކްރާމް ނަަމަކަށް ކިޔާ މީހަކު އޭނާގެ 17 އަހަރުގެ ދަރިފުޅު ގެއްލުގެން އުޅުނުކަމަށް ބުންޏެވެ. އެއީ އެ ކުއްޖާގެ ބައްޕަ އެވެ.

އަދި އަލަށް ފެށި އެ ކެމްޕޭންގެ ތެރެއިން އޭނާގެ މައިންބަފައިންނަށް ގުޅައި އެ ކުއްޖާގެ ވާހަަކަދައްކަން ފެށުމުން އެ ކުއްޖާގެ މައިންބަފައިން ވަނީ އެ މައްސަލަ ބެލުން ހުއްޓާލުމާއި ގުޅޭގޮތުން ވާހަަކަދައްފާއެވެ. އަދި އެމީހުންގެ ވާހަކަތައް ހުރިގޮތުން ފުލުހުންނަށް އެކަމުގައި ކޮންމެވެސް ވަރަކަށް ގޯހެއް އުޅޭހެން ހީވިއެވެ.

އަދި ފުލުހުުން ވަނީ އެގެއަށް ގޮސް ރުޅިއައިސްގެން އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. އަދި އެ ކުއްޖާގެ އާއިލާއިން ވަނީ ހަގީގަތް ފުލުހުންނަށް ކިޔާދީފައެވެ. އެ ކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާ މަރުވީ އަމިއްލައަށް ޒަހަރު ބޮއެގެން ކަމަށާއި،އެ މީހާ މުޑްލާ ޚުރްދްގެ ސަހަރާއަށް އެ ކުއްޖާ ގެންގޮސް ވަޅުލާފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު