ކޮންމެ އަހަރެއްގައި ވެސް ގާތް ގަނޑަކަށް 150 ވަރަކަށް ފިލުމު ރިލީޒް ކުރެއެވެ. އަދި އޭގެ ތެރެއިން ބައެއް ފިލުމުތަކަކީ މަޝްހޫރު ތަރިން ފެނިގެންދާ ފިލުމުތަކެކެވެ. ބައެއް ފިލުމުތަކަކީ މޮޅެތި ޑައިރެކްޓަރުންގެ ފިލުމުތަކެވެ. ބައެއް ފިލްމުތައް ވަރަށް ބޮޑެތި ހަރަދުކޮށްގެން ހަދައެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މިދިޔަ އަހަރުގެ ގިނަ ފިލުމުތައް އަަޅުވާފައި ވަނީ އޯޓީޓީ ޕްލެޓްފޯމުގައެވެ. ނަމަވެސް މި އަހަރު އިންޑަސްޓްރީން ދަނީ ސިނަމާތަކުގައި ފިލުމުތައް އެޅުވުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި އަހަރު ބައެއް ފިލުމުތައް ވެސް މިހާރު ވަނި ސިނަމާތަކުގައި އަޅުވައިފައެވެ.

މި އަހަރަށް ތާވަލު ކުރެވިފައިވާ ފިލުމުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްގެން ތައްޔާރު ކޮށްފައިވާ ފިލުމު ތަކަކީ:

އާރްއާރްއާރް

މިނިވަންކަމަށް މަސައްކަތް ކޮށްފައިވާ ދެ ބަތަލެއްގެ ވާހަކަ ކިޔައިދޭ މި ފިލުމު ޑައިރެކްޓް ކޮށްފައިވަނީ އެސްއެސް ރޯޖްމޯލްއެވެ. މި ފިލުމުން ފެނިގެންދާނީ ރާމް ޗަރަން، އަޖޭ ދޭވްގަން، އާލިއާ ބަޓް އަދި އޮލިވިއާ މޮރިސްއެވެ. މި ފިލުމުގެ ބަޖެޓަކީ 450 – 500 ކްރޯރް ރުޕީސްއެވެ.

ބްރަހްމަސްތުރާ

އަޔާން މުކަރުޖީ ޑައިރެކްޓް ކޮށްފައިވާ ސްޕްރހީރޯ ކަންތައްތަކެއް ދއްކުވައިދޭ މި ފިލުމުން ފެނިގެންދާނީ އަމީތާބު ބައްޗަންއާއި ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްއެވެ. މި ފިލުމުގެ ބަޖެޓަކީ 300-320 ކްރޯރް ރުޕީސްއެވެ.

ޕަތަން

ޝާހުރުކް ޚާނާއި ދީޕިކާ ޕާޑުކޯންއާއި ޖޯން އަބްރަހަމް އަދި ޑިމްޕަލް ކަޕާޑިއާ ފެނިގެންދާ މި ފިލުމުގައި ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއް އޮންނާނެ ކަމަށް ފިލުމުގެ ފަރާތުން ވަނީ ބުނެފައެވެ. މި ފިލުމުގެ ބަޖެޓަކީ 250-280 ކްރޯރް ރުޕީސްއެވެ.

ޕްރިތުވީރާޖު

ޑައިރެކްޓަރ ޗަންދުރަޕްރަކާޝް ޑައިރެކްޓް ކޮށްފައިވާ މި ފިލުމުން ފެނިގެންދާނީ އަކްޝޭ ކުމާރާއި ރީތީގެ ރާނީއެއް ކަމުގައިވާ މަނޫޝީ ޗިއްލަރުއެވެ. މި ފިލުމުގެ ބަޖެޓަކީ 220-230 ކްރޯރް ރުޕީސްއެވެ.

ކޭޖީއެފް ޗެޕްޓަރ 2

ކުށުގެ ގިނަ ކަންތައްތަކެއް ދައްކުވައިދޭ މި ފިލުމުން ކަންނާޑާ ބަތަލެއް ކަމުގައިވާ ޔޭޝް އަދި ސަންޖޭ ދަތު ވެސް މި ފިލުމުން ފެނިގެންދާނެއެވެ. މި ފިލުމުގެ ބަޖެޓަކީ 180-200 ކްރޯރް ރުޕީސްއެވެ.

ކިޔުންތެރިންގެ ހިޔާލު