ބޮލީވްޑްގެ ރަނިކަމުގެ މަގާމުން ހޮލީވްޑަށް ހިޖުރަކޮށް ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޖޯޕްޅާ އާއި އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދެމެދުގައި ރަހުމަތްތެރިކަމަށް ވުރެ ގާތް ގުޅުމެއް އޮންނަ ކަމަށް މީޑިއާ އިން ރިޕޯޓް ކުރަމުން އަންނަނިކޮށް ދެމީހުންގެ ދެމެދުގައި އޮތް ލޯބި އެންމެ ފަހުން އިންސްޓަގްރާމާއި ހަމައަށް އަތުވެއްޖެއެވެ.
ޕްރިޔަންކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް ނިކް ޖޯނަސް ވަނީ ނިކަން ލޯބި ކޮމެންޓެއް ކޮށްފައެވެ. އެކޮމެންޓްގައި ހިތެއްގެ އިމޯޖީ އަކާއި އެކު ނިކް ޖޯނަސް ބުނެފައި ވަނީ ހިނިތުންވުން ލޯބި ވާހަކައެވެ. ކުރު ނަމަވެސް މާނަފުން ބަހަކީ ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ދެމެދުގައި އޮތް ލޯބި އާންމުންނާއި ހަމައަށް ތިލަކޮށްދޭ ކޮމެންޓެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕްރިޔަންކާ ވަނީ ކެލިފޯނިއާގައި ނިކް ޖޯނަސް އާއި އެކު ވަރަށް ހާއްސަ ރޭގަނޑުގެ ކެއުމެއްގައި ވެސް ބައިވެރިވެފައެވެ.
މީގެ ކުރިން ވެސް ޕްރިޔަަންކާ އަކީ އޭނާގެ ލޯބީގެ ވާހަކަތައް މީޑިއާ އަށް މާގިނައިން ހާމަކުރި މީހެއް ނޫނެވެ. މިހާރު އުމުރުން 35 އަހަރު ފުރިފައިވާ އެކްޓްރެސް އޭނާ އަށް ވުރެ 10 އަހަރު ހަގު މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓްތައް ކުރަމުން ދިޔަ ނަމަވެސް މިކަމާއި ބެހޭ ގޮތުން ވެސް ޕްރިޔަންކާ އަދި ވާހަކައެއް ނުދައްކައެވެ.
ތަގަރި ތަޅާ 2