ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް މާލޭއާއި ބަލި ފެނިފައިވާ ރަށްތަކުގައި އަޅާފައެވެ. އޭގެ ތެރޭގައި އެއް ފިޔަވަޅަކީ ކަރަންޓީނުވުމެވެ.

އެޗްޕީއޭގެ އުސޫލު ބުނާ ގޮތުން ކަރަންޓީނު ކުރާ މީހުންނަކީ ކޮވިޑް-19 އޮތް ރަށަކުން އެ ބަލި ނެތް ރަށަކަށް ދަތުރު ކުރާ ފަރާތްތަކާއި، ފައްސިވެފައިވާ ބަޔަކާއި ގާތުން ބައްދަލުވާ ފަރާތްތަކާއި ކަރަންޓީނުގައި ހުރެ އުސޫލުތަކާއި ހިލާފަތް ބޭރު ނިކުންނަ ފަރާތްތަކެވެ.

ރާއްޖޭގައި ކަރަންޓީނުގައި ތިބެ ބައެއް މީހުން ބޭރަށް ނުކުމެއެވެ. ނަމަވެސް އެފަދަ ކަންތައް ގިނަ ފަހަރަށް ފުލުހުންނަށް ނޭނގެއެވެ. ފެންނަ ފަހަރަކު ޖޫރިމަނާ ކޮށް، އިތުރު 14 ނުވަތަ 10 ދުވަހަށް އެމީހަކު ކަރަންޓީނު ކުރެއެވެ.

މިއާއި ހިލާފަށް މިއަދު މީސްމީޑިއާއިން ފެނިގެން ދިޔައީ، މާލޭގައި ދިރިއުޅެމުން އަންނަ މީހަކަށް ނޭނގި އޭނާ ކަރަންޓީނުގައި ބަހައްޓާފައި ހުރި ކަމެވެ. އޭނާ ބުނި ގޮތުގައި ކަރަންޓީނުގައި ހުރިކަން އޭނާއަށް އެނގިފައިވަނީ ފުލުހުން ޖޫރިމަނާ ކުރުމުންނެވެ.

ފުލުހުން ކުރި ޖޫރިމަނާ ކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ "ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގާ ކަރަންޓީނުވުމަށް އަންގާފައިވަނިކޮށް އެ އަމުރާ ހިލާފުވުން" މިފަދައިންނެވެ.

ފުލުހުން އޭނާ ޖޫރިމަނާ ކުރުމުން އޭނާ ވަނީ ކަރަންޓީނު ވާން އަންގާފައިވަނީ ކޮންބައެއްތޯ ސުވާލު އުފައްދާފައެވެ. އަދި އޭނާ އަކީ ކަރަންޓީނުގައި ނެތް މީހެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭނާ ބުނީ، ފުލުހުން އޭނާ މަޑު ކުރުވާފައިވަނީ މާލެ/ހުޅުމާލެ ބްރިޖް މަތިން ކަމަށާއި އެވަގުތު ޖޫރިމަނާ ކުރުމާއި ބެހޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ މާލޭގައި ދިރިއުޅެމުން އަންނަތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބަޖެޓު ޑެފިސިޓް ކުޑަކުރެވޭނީ ދައުލަތަށް ފައިސާ ލިބިގެން.
    ހިނިހޮރެއް ހޯދައިގެންވެސް ޖޫރުމަނާކުރެވޭތޯ ބަލަންވާނެ.

    12
    3
  2. ބޮކަރ

    މިކަމުންވެސް މިއެނގެނީ މިސަރުކާރާއި މުއައްސަސާތަކުގެ ހަރުދަނާކަމާއި ހިކުމަތްތެރިކަން. ހުރިހާކުދިން އަވަހަށް އަތްޖަހާ!

    13
    2
  3. އަންނި

    އަދަބުލިބޭނީ ކުއްކުރުމުން ، ކުއްނުކޮށެއް އަދަބެއް ނުދޭނެ މިސަރުކާރަކު.

  4. ދަރަނި ދަންތުރަ

    އިރާ ވީދާ ނޮޅާ ކަނީ އިބޫ ވަށްކަމެއްނުކުރާނެ ފޭރޭނީ