ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމުތަކެއް ވެސް ފުރަބަންދު ކުރުމުން ގޭގައި ތިބެގެން އެތައް ބަޔަކު ވަނީ ތަފާތު ގިނަ ކަންކަންކޮށްފައެވެ. ގިނަ މީހުން އާއްމުކޮށް ދަސްކޮށްފައިވަނީ ގޭތެރޭގެ މަސައްކަތްތަކެވެ.

ފުރަބަންދުގައި އެއްބަޔަކު ކައްކަން ދަސްކޮށް އަނެއް ބަޔަކު އާއިލާއާއެކު މަޖާ ވަގުތުތަކެއް ހޭދަ ކުރަމުން ދިޔައިރު މީހަކު އޭނާގެ ގަރާޖުގައި ހުރި ތަކެތި ބޭނުން ކޮށްގެން އިލެކްޓްރިކް ކާރެއް ވަނީ ތައްޔާރުކޮށްފައެވެ.

އިލެކްޓްރިކް ކާރުތަކަކީ ހުރިހާ އޮޓަމެޓިކް މޮޓޯ ސްޕޯޓް ސެކްޓަތަކުގައި ވެސް ވަރަށް ޑިމާންޑް ބޮޑު އެއްޗެކެވެ. އެއީ ތިމާވެއްޓާ ރަހުމަތްތެރި އެއްގަމު އުޅަނދެކެވެ.

ޔޫޓިއުބްގައި އަމިއްލަ ޗެނަލްއެއްގައި ޑީއައިވައި އީވީ ވީޑިއޯތައް ހިއްސާ ކުރަމުންދާ ޓެކްނީޝަނެއް މި ކާރުގެ ވީޑިއޯ ވެސް ހިއްސާ ކޮށްފައިވެއެވެ. އަދި މި ކާރާ ބެހޭގޮތުން މި ވީޑިއޯގައި ވާހަކަ ދައްކާފައި ވެއެވެ.

''ޖެރީ ރިގް އެވްރިތިންގް'' ގެ ނަމުގައި ހިންގާ މި ޗެނަލްއިން މި ވީޑިއޯ ހިއްސާކޮށް ބުނެފައިވަނީ މިއީ ''އިލެކްޓްރިކް ސުޕަ ކާރެއް'' ކަމަށެވެ.

ރޭސިންގް ކާރެއްގެ ސީޓާއި ސީޓް ބެލްޓް ލާފައިވާ މި ކާރު ބޮޑަށް ވައްތަރީ ޓެސްޓް މޮޑެލްގެ ކާރަކާއެވެ.

ކިޔުންތެރިންގެ ހިޔާލު