އިނގިރޭސިވިލާތުގެ ޝާހީ އާއިލާގައި ކޭޓް މިޑްލްޓަން އަށް ވުރެ މޭގަން މާކެލްގެ ބާރުގަދަކަމަށާއި ރާނީ އެލިޒަބަތު އާއި މިހާރު ބޮޑަށް އަރިސް ވެފައި ވަނީ މޭގަން ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާއިލާގެ އެހެން މެންބަރުން ނުހިމެނި މޭގަން އާއި ރާނީ އެލިޒަބަތު އެކަނި ބައިވެރިވާ ހަފްލާއެއް ވެސް މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޭގަން ހަނީމޫން ނިންމާލުމަށް ފަހު ބައިވެރިވާ ފުރަތަމަ ހަފްލާއެވެ. އަދި މިއީ ކައިވެންޏަށް ފަހު ރާނީ އެލިޒަބަތު އާއި އެކު އޭނާ ބައިވެރިވާ ފުރަތަމަ ހަފްލާވެސް މެއެވެ.

ކޭޓް އާއި ރާނީ އެލިޒަބަތު ފުރަތަމަ ފަހަރަށް އެކަނި ރަސްމިއްޔާތެއްގައި ބައިވެރިވީ ކޭޓް ޕްރިންސް ވިލިއަމް އާއި ކައިވެނި ބައްލަވައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އެހެންކަމުން މޭގަން އާއި އެކު ވަރަށް އަވަހަށް މިފަދަ ރަސްމިއްޔާތެއްގައި ރާނީ ބައިވެރިވުމަކީ އޭނާ އާއި މެދު ވަރަށް ބޮޑަށް ރުހިވަޑައިގެންފައިވާ ކަން ދޭހަކޮށްދޭ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާނީ އެލިޒަބަތު އަކީ ވަރަށް ބޮޑަށް އަމިއްލަ އުސޫލުތަކެއް ހިފަހައްޓަވާ ބޭކަނބަލެކެވެ. އެކަމަނާގެ ލޯތްބާއި، އިތުބާރު ފަސޭހައިން ހާސިލް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެއެވެ.

މޭގަން ރާނީ އެލިޒަބަތު އާއި ގުޅުންބަދަހިވެފައި ވާއިރު ކޭޓް އާއި މޭގަން އާއި ދެމެދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންމޮހޮނު

    ދެރައީ ހެއްދެވިފަރާތާާއި ގުޅުން ބަދެހި ނުކޮށް ދުނިޔޭގެ އުފަލާއި އަރާމާއި ޖެހިގެން ގޮސް އާހިރަތް ބޯމަތިން އެއްލާލާކަން ،

  2. ކަމާން ކޭޓްއަކީ ނެކްސްޓް ރާނީ އޭނައަށް ވުރެ ބާރުގަދައެއް ނުވާނެދޯ އަނެއްކާ ކޭޓްއަކީ އެއްމެ މުއްސަދި އާއިލާއަށް ނިސްބައްވާ އަންހެނެއް އަދި ކަމަކު ދޯ ސާހީއާއިލާއިން ބޭރު ގެއެއް ދީފަ ފޮނުވާލީވެސް

  3. ޑަކައިތު މުސްކުޅިކަމުން މިހާރު ހަނދާން ބަލިވެ ތިޔަބުނާ އުސޫލްތައް ނޭންގޭކަމަށްވަނީ. އަދި ހިިންދީ ޑްރާމާތައްބަލާ ބަލާ ގަނޑުވަރުތެރޭގަވެސް އެކަހަލަ ޑްރާމާތަކުގަ ޖައްސާކަހަލަ ގެތެރޭ މިޝަން ޖައްސަން ރެޑީވަނީއެ.