ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން ސާޖަރީއެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.

އުމުރުން 78 އަހަރުގެ އަމީތާބް ބައްޗަން ސާޖަރީއެއް ހެދުމަށް ތައްޔާރުވިކަން ހާމަކޮށްފައި ވަނީ އޭނާގެ ޓަމްބްލާ ބްލޮގްގައެވެ.

ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ އަމީތާބް ބައްޗަން އަށް ފާއިތުވި އަހަރު ވަނީ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ވެސް ޖެހިފައެވެ. އަދި އޭނާ ވަނީ ބަލިން ސަލާމަތް ވުމުގެ މަރުހަލާތައް މީސްމީޑިއާގައި ހިއްސާވެސް ކޮށްފައެވެ.

އަމީތާބް އަކީ މީސްމީޑިޔާގައި ވަރަށް ރަހުމަތްތެރި އެކްޓަރަކަށް ވާއިރު އޭނާގެ ފޭނުންނަށް ހަޔާތުގައި ދިމާވާ ގިނަ ކަންކަމުގެ މައުލޫމާތު އަބަދުވެސް އޭނާ ދެއެވެ. 2019 ވަނަ އަހަރު އަމީތާބް ވަނީ ލިވާ އަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

އަމީތާބް ސާޖަރީއަކަށް ތައްޔާރުވިކަން ހާމަކުރި އިރު ދާދިފަހުން އޭނާ ވަނީ ގޭގެ އެންމެން ކެމެރާގެ ކުރިމައްޗަށް އަރަން ތައްޔާރުވެފައިވާ ކަން ވެސް ހާމަކޮށްފައެވެ. އޭގެ ތެރޭގައި އަމިތާބުގެ އަންހެނުން ޖާޔާ ވެސް ގިނަ އަހަރުތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރެފައި އެނބުރި ފިލްމީ ދާއިރާ އަށް ނުކުންނަން އުޅޭ ވާހަކަ ވެސް ވަނީ ދައްކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު