ބާރނުއަލްގެ ސިބަރިއަން ސިޓީގެ ޒޫއެއްގައި އޮތް ކުޑަކުޑަ މިނިކާވަގަކަށް މީސް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މި ކުޑަ މިނިކާވަގަށް ސަމާލުކަން ލިބެމުންދަނީ އޭތި ލައްވާ އަޑުތައް ބޮޑަށް ވައްތަރުވަނީ ލަވައެއް ކިޔުމުގެ އަޑު ކަމުގައި ވާތީއެވެ.
ޒޫގެ އޮފިޝަލަކު އޭބީސީ ނޫހަށް ދިން އިންޓަވިއެއްގައި ބުނެފައިވަނީ 8 މަހުގެ މި ކުޑަކުޑަ މިނިކާވަގު މީހުންގެ ސަމާލުކަން ހޯދުމަށް ބާރަށް އެކި އަޑުތައް ލައްވާ ކަމަށާއި އަދި އެ އަޑު ތަކަކީ އެއަށް ތަދުވާތީ ލައްވާ އަޑުތަކެއް ކަމަށެވެ.
ފޮރެސްޓް ފެއަރީ ޓޭލް ޒޫގެ ފަރާތުން ބުނެފައިވާ ގޮތުގައި މި މިނިކާވަގު ލަވަ ކިޔަން ފަށާފައިވަނީ އެ އުފަންވުމާއި ހަމައިންނެވެ. އެއިރުން ފެށިގެން އަބަދުވެސް އެ މިނިކާވަގު ލަވަކިޔާ ކަމަށް ޒޫގެ އޮފިޝަލަކު ބުނެފައިވެއެވެ. އަދި އެ މިނިކާވަގު މިގޮތަށް އަޑު ލައްވާ ހަދަނީ އެސޮރުގެ މަންމައަށް އެސޮރު ފާހަގަ ކުރުވަން ކަމަށް ވެސް ބުނެފައިވެއެވެ.
ފޮރެސްޓް ފެއަރީ ޓޭލް ޒޫގެ މުވައްޒަފަކު ބުނެފައިވާ ގޮތުގައި މިއީ އެ މިނިކާވަގުގެ ފުރާވަރު ދުވަސް ކަމަށެވެ. އިންސާނުންގެ ފުރާވަރު ދުވަސްވަރު އަންނަ ފަދަ ބަދަލުތައް އެއަށް ވެސް އަންނަނީ ކަމަށް މި މުވައްޒަފު ބުނެފައިވެއެވެ. އަދި މި މިނިކާވަގުގެ އަޑު ހުރީ ހައި ޕިޗް ނޯޓްސްގައި ނޫން ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.
''މި ކުޑަ މިނިކާވަގުގެ ހާލު ވަރަށް ރަނގަޅު. މިއީ އެސޮރު އުފަންވީއްސުރެ އެސޮރުގެ މަންމަގެ ސަމާލުކަން ހޯދުމަށާއި މަންމައަށް އެ ސޮރު ވަކިކުރަން ފަސޭހަ ކުރުމަށް ކަންތައް ކުރާގޮތް'' ޒޫގެ މުވައްޒަފަކު ބުނެފައިވެއެވެ.
އަޅެ މީހަކު އަންތަރީސް ނުވާނެ.. ލަވަ ދޯ އެކިޔަނީ..ތި ސީޑީ ދެން ނެރެންވީ..ޓޮޕް ޗާޓްގަ ތި ސޮރު އޮއްނާނެ...
ތިވީގޮތުން މިހާރު ލަވަވެސް މަށައް އޮޅިއްޖެ. މިގެކައިރި އޮންނަ ބުޅާވެސް އެހެންވީމަ ލަވަދޯ އެކިޔަނީ. އަދިކިރިޔާ މިއެނގުނީ
ކޮންްއިރަކު އެސޮރު ފުރަތަމަ އަލްބަމް ނެރޭނީ😂😂