މީގެ 27 އަހަރު ކުރިން ދެ މީހަކު ވެގެން އެތައް ފަހަރަކު ރޭޕްކޮށްފައިވާ އުމުރުން 12 އަހަރުގެ އަންހެނަކަށް ލިބުނު ދަރިފުޅު އޭނާގެ ބައްޕައަކީ ކާކުތޯ ސުވާލު ކުރުމުން 27 އަހަރު ކުރީން އަންހެން މީހާ ރޭޕްކުރި ދެ މީހުންގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މީގެ 27 އަހަރު ކުރިން ދައްތައާއި ދައްތަގެ ފިރިމީހާއާއި އެކުގައި ދިރިއުޅެމުން އައި މި އަންހެން މީހާ އެއް ދުވަހު ގޭގައި އެކަނި ހުއްޓާ ގެއަށް އައި މީހަކު އޭނާ ރޭޕް ކުރިއެވެ. އެއިރު މި އަންހެން މީހާގެ އުމުރަކީ 12 އަހަރެވެ. އަދި އޭގެ ފަހުން އަންހެން ކުއްޖާގެ ފިރިހެން ކޮއްކޮއެއް ވެސް އޭނާ ރޭޕް ކޮށްފައިވާ ކަަމަށާއި އަދި މި ދެ މީހުން އެތައް ފަހަރަކު އޭނާ ރޭޕް ކޮށްފައިވާ ކަމަށް ވެސް ޕޮލިސް ސްޕްރިންޓެންޑެންޓް ސަންޖޭ ކުމާރު މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

މި އަންހެން ކުއްޖާ އުމުރުން 13 އަހަރުގައި ބަނޑު ބޮޑުވި ކަމަށާއި އަދި ލިބުނު ދަރިފުޅު އުދެއިޕޫރުގައި ދިރިއުޅޭ އޭނާގެ ތިމާގެ މީހުންކަށް ދީފައިވާ ކަމަށް ވެސް އޮފިސަރ ބުނެފައިވެއެވެ.

ފަހުން މި އަންހެން ކުއްޖާގެ ކައިވެނި ކުރެވުނު ނަމަވެސް އޭގެ 10 އަހަރު ފަހުން ވަރިކޮށްފައިވަނީ އޭނާއަކީ ރޭޕް ކޮށްފައިވާ މީހެއްކަން އެނގުމުންނެވެ.

މި އަންހެން ކުއްޖާއަށް ލިބުނު ދަރިފުޅު ބޮޑުވެގެން މަންމައާއި ބައްޕައަކީ ކާކުތޯ ބެލުމަށް ކުރި މަސައްކަތުން މަންމައާއި ދިމާވެ މަންމަގެ ރޭޕްގެ ކަންތައްތައް ވެސް އެނގުނެވެ. ދެ މީހަކު އެ އަންހެން މީހާ ރޭޕް ކޮށްފައިވާ ކަމަށް ބުނެ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގުތައް މިހާރު ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު