ފިލުމު ''ކެޑަނާތު'' ގެ އެކްޓަރ ސާރާ ޢަލީ ޚާނަކީ ވަރަށް މަޖާ މިޒާޖެއްގެ ފަންނާނެއްކަން ދޭހަވަނީ މީސް މީޑިޔާގައި އޭނާ ހިއްސާ ކުރާ ޕޯސްޓް ތަކާއި ހިއްސާ ކުރާ ވާހަކަ ތަކުންނެވެ. ފިލުމު ތަކުގެ ސެޓްގެ ތެރޭގައި ހިނގާ މަޖާ ކަންތައްތަކުގެ އިތުރަށް ކުރީގައި ދިމާވެފައިވާ މަޖާ ކަންތައްތައް ވެސް މީސް މީޑިއާގައި ނުވަތަ އިންޓަވިއުތަކުގައި ސާރާ ހާމަ ކުރެއެވެ.

މީސް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާއި ގާތް ގުޅުމެއް ބާއްވާ ސާރާއަކީ ސުކޫލުގައި އުޅުނު ދުވަސްވަރު ''ޕްރޭންކް'' ކުރުމުގައި ފާހަގަ ކޮށްލެވޭ ކުއްޖެއް ކަމަށް ސާރާ ބުނެފައިވެއެވެ.

މަޖަލަކަށް ކޮށްލާ މިފަދަ ކަންތައްތަކުގެ ތެރެއިން ސާރާ ވަރަށް ހަނދާން ހުންނަ ވާހަކައެއް ވަނީ އިންޑިޔާގެ ނޫހަކާއި ހިއްސާ ކޮށްފައެވެ. މި ނޫހަށް މަޢުލޫމާތު ދެމުން ސާރާ ބުނެފައިވަނީ އެ ފަހަރު ކުރެވުނު ކަންތަކުގެ ސަބަބުން އޭނާ ސަސްޕެންޑް ނުކޮށް ހުރީ ހަމަ ކިރިޔާ ކަމަށެވެ.

ކުލާހުގެ ފަންކާގެ ފިޔަ ތަކަށް ތެރަސް އަޅައި ފަންކާ ޖެއްސުމުން މުޅި ކުލާހަށް ތެރަސްތައް ބުރައިގެން ދިޔުމުން ޕްރިންސިޕަލަށް މައްސަލަ ހުށަހެޅުނު ކަމަށް ސާރާ ބުންޏެވެ. އަދި ސާރާ އެކަން ކުރީ ކީއްވެތޯ ޕްރިންސިޕަލް ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާއަށް ދޭނެ ޖަވާބެއް ނޭނގުމުން ކިރިޔާ ސަސްޕެންޝަނަކަށް ނުގޮސް ސަލާމަތްވި ކަމަށް ސާރާ ބުނެފައިވެއެވެ.

ސާރާގެ ކޮއްކޮ އިބްރާހިމް ޢަލީ ޚާންގެ އުފަންދުވަހު ސާރާ ހިއްސާ ކޮށްފައިވާ ސާރާ ވަރަށް މަޖާވެފައި ޖޯކު ކިޔަމުން ދިޔައިރު ސާރާގެ އެއްވެސް ޖޯކެއްގެ ވާނުވާ ނޭނގި އިބްރާހިމް ހުންނަ ވީޑިއޯއަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ވީޑިއޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    އަޅުގަނޑައް ވަރަށް ކަމުދޭ ޝާރާގެ ހުރިހާ ކަމެއްވެސް.

    3
    1
  2. ސަންނު

    ހެޑިން ކިއާފަ އައި ރުޅިން މިއައީ ކޮމެންޓް ކުރަން ހަބަރު ނުކިއާ، އަހަރުންނައް ކީއް ތިޔަ މީހާ ސްކޫލުން ކަނޑާލިޔަސް ؟

    2
    2
  3. ޢަހު

    ބަލާކަށް ބޭނުމެއްނޫން.

    1
    2