ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާއި ފިރިމީހާ އަދި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އަށް ލިބުނު ދަރިފުޅު ވިރާތު އިންސްޓަގްރާމްގައި ހާމަކޮށްފިއެވެ.
މި އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު އުފަންވި ވަމިކާ މީސް މީޑިޔާއާއި ދުރުގައި ގެންގުޅުނު ނަމަވެސް ވަމިކާގެ މޫނު ނުފެންނަ ގޮތަށް އެއް ފޮޓޯ ކުރިން ވެސް ވަނީ އާއްމު ކޮށްފައެވެ.
މި ފަހަރު އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ މި ފޮޓޯގައި ވެސް ވަމިކާ މޫނެއް ނުދައްކައެވެ. އަނުޝްކާގެ މޫނުގައި ވަމިކާ އަތް ލައިގެން އޮތް މި ފޮޓޯ ހިއްސާކޮށް ވިރާތު ވަނީ އަނުޝްކާއާއި ވަމިކާއަށް އަންހެނުންގެ ދުވަހުގެ ތަހުނިޔާ ކިޔައިފައެވެ.
ދަރިއަކު އުފަންވާ މަންޒަރު ބެލުމަކީ އިންސާނަކަށް ލިބޭނެ ތަފާތު ތަޖުރިބާއެއް ކަން ފާހަގަކޮށް ވިރާތު ބުނީ ދަރިއަކު އުފަން ކުރުވުމުގެ ހިތްވަރު ވެސް ދިނީ އަންހެނުންނަށް ކަމަށާއި އެއީ ފިރިހެނުންނަށް ވުރެ އަންހެނުން ބާރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ވިރާތު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ ހިތްވަރުގަދަ އަންހެނުންނަށް ވެސް ވިރާޓްގެ ޕޯސްޓުގައި ދުވަހު ތަހުނިޔާ ކިޔައިފައެވެ.
2017 ވަނަ އަހަރު ކައިވެނި ކޮށްފައިވާ އަނުޝްކާައާއި ވިރާތުއަށް ދަރިއަކު ލިބިފައި ވަނީ މި އަހަރު ޖެނުއަރީ މަހުއެވެ. މި ދެމަފިރިންނަށް ލިބުނު އަންހެން ދަރިފުޅަށް ކިޔައިފައިވަނީ ވަމިކާއެވެ.
އެކުއްޖާގެ ފުޓޯއެއްނޫން ބޮޅުގެ ފުޓޯއެއް