އިނގިރޭސިވިލާތުގެ ބެޑްފޯޑް މީހަކު މި ވަނީ އެ ގައުމުގެ ފުލުހުން އޭނާ ހޯދަން ބޭނުންވާ ކަމަށް ބުނެ ފޭސްބުކްގައި ޖެހި ޕޯސްޓަކަށް ވަރުގަދަ ކޮމެންޓެއް ކޮށްފައެވެ. ޖޯޑަން ކާރް ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ މި ފިރިހެން މީހާއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެންމަތިވި މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.

ފުލުހުން ފޭސްބުކްގައި ޖެހި ޕޯސްޓްގައި ވަނީ، އޭނާ ހުރި ތަނެއް އެނގޭނަމަ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށެވެ.

ފުލުހުންގެ އެ ޕޯސްޓަށް އޭނާ ވަނީ ކޮމެންޓް ކޮށްފައެވެ. އޭނާގެ ކޮމެންޓްގައި ލިޔެފައި ވަނީ "ތި މީހުންނަށް ވަންޏާ އަހަރެން ހައްޔަރު" ކުރުމަށެވެ.

ފުލުހުން ޖެހި އެ ޕޯސްޓްގައި ލިޔެފައި ވަނީ، އޭނާއަކީ ބެޑްފޯޑް ސަރަހައްދުގައި ދިރިއުޅެމުންދާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ހަ ފޫޓު އިސްކޮޅުގައި ހުންނަ ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި މަސްޖަހާފައި ހުންނަ ކުރު އިސްތަށިގަނޑެއް އޮންނަ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭނާގެ ކަނާތުގައި "މަމް" ޖަހާފައިވާ ޓެޓޫއަކާއި އެ އަތުގައި ތަނެއް ކަނޑައިގެން ގޮސްފައި ހުރި ކަމުގެ ނިޝާންތައްވެސް ފެންނަން ހުންނާނެ ކަމަށް އެ ޕޯސްޓްގައި ވެއެވެ.

ކެރް އެ ޕޯސްޓަށް ކުރި ކޮމެންޓަށް އެތައް ބައެއްގެ ސަމާލުކަންވެސް ލިބުނެވެ.

ފުުލުހުން އޭނާ ހޯދަން ބޭނުންވެފައި ވަނީ ކެމްޕްސްޓޮންގައި ހިނގާދިޔަ ހާދިސާއަކާއި ގުޅޭގޮތުން ސުވާލު ކުރުމަށެވެ. އަދި އޭނާ އުޅޭ ތަނެެއް އެނގޭނަމަ އެ މައުލޫމާތު ދޭން އެދޭ ކަމަށް ބުނެފައި ވެއެވެ.

މި މަހުގެ ތިން ވަނަ ދުވަހުވެސް ފުލުހުން ބުނެފައި ވަނީ، ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން އަދިވެސް ކަރް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް އޮފިސަރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ވަނީ އޭނަ ފެނިއްޖެނަމަ އޭނާ އަށް ފާރަލާ ނުހަދާ އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް ރިޕޯޓް ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ހަހަހާ.. ނައިސް

    2
    2
  2. ކެރް

    އާދޭ މަ ހައްޔަރުކުރަން😅