މަތިންދާ ބޯޓެއްގެ ތެރޭގައި ޕައިލެޓަކާއި ކްރޫއެއްގެ މެދުގައި ހިނގި ހޫނު ގަދަ ޒުވާބެއް މާރާމާރީއަކަށް ބަދަލުވެ ޕައިލެޓުގެ ދަތެއް ވައްޓާލައި ކްރޫގެ އަތް ބިންދާލައިފިއެވެ.

ޗައިނާގެ ނަންޓޮންގް އިން ފުރައިގެން ޒިއަން އަށް ދަތުރުކުރަމުން ދިޔަ ދޮންހައި އެއާލައިން ގައި ހިނގި މި ހާދިސާގައި ޕައިލެޓާއި ކްރޫ 50 މިނެޓު ވަންދެން ޒުވާބު ކުރަން ތިބި ކަމަށްވެއެވެ.

ޗައިނާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ ފްލައިޓުގެ ފަސްޓް ކްލާހުގެ ފާހަނާއަކަށް މީހަކު ވަންނަން އުޅެނިކޮށް ޕައިލެޓް އެ ފާހަނާ އަށް ވަނުމުންނެވެ.

ޕައިލެޓް ވަނީ ފްލައިޓުން ދަތުރު ކުރި މީހާ ގޮނޑީގައި ބޭންދުމަށް ކްރޫ އަށް އަންގައިފައެވެ. ނަމަވެސް އެމީހާ ގޮނޑިން ތެދުވެ ފާހަނާ ބޭރުގައި ހުރުމުން ޕައިލެޓް ހިތްހަމަނުޖެހުނެވެ. ރިޕޯޓުތައް ބުނާގޮތުން ޕައިލެޓާއި ކްރޫގެ މެދުގައި ހޫނު ގަދަ ޒުވާބެއް ހިނގީ ކްރޫ އަކީ ޒިންމާދާރުކަން ކުޑަ މީހެއް ކަމަށް ޕައިލެޓް ބުނި ހިސާބުންނެވެ.

ދޮންހައި އެއާލައިން އިން ވަނީ މި މައްސަލަ ބަލަން ފަށައިފައެވެ. އަދި ޕައިލެޓާއި ކްރިއު ސަސްޕެންޑްކޮށްފައިވާ އިރު، އެއާލައިނުން ވަނީ ފަސެންޖަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު