އެޕަލް އިން ސްމާޓް ކޮންޓެކްޓް ލެންސެއް 2030 ވަނަ އަހަރު ލޯންޗް ކުރަން ނިންމައިފިއެވެ.

އެޕަލް އިން ލޯންޗް ކުރަން ނިންމާފައިވާ ލެންސްއަކީ މީހުންގެ ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އުފައްދާ ލެންސެއް ނޫނެެވެ. މި ލެންސް އުފެއްދުމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ އިންވިސިބަލް ކޮމްޕިއުޓިންގެ ހިދުމަތް ފެށުމެވެ.

އެޕަލް ކޮންޓެކްޓް ލެންސުގެ ސަބަބުން ޑިޖިޓަލް މައުލޫމާތު ފެންނާނެއެވެ. މިސާލަކަށް، ފިހާރައަކާ ދިމާލަށް ބަލައިފި ނަމަ އެތަނެއް ހުޅުވާ ގަޑި އެނގޭނެއެވެ.

ޓީއެފް އިންޓަނޭޝަނަލް ސެކިއުރިޓީގެ އެނަލިސްޓް މިންގްޗިކުއޯ، މަކްރުމާސް އަށް ބުނެފައިވަނީ 2030 ވަނަ އަހަރުގެ ކުރިން އެޕަލް ކޮންޓެކްޓް ލެންސްތައް ތައްޔާރު ނުވާނެ ކަމަށެވެ.

މި ލެންސްތައް އޭގެ އަމިއްލަ ކޮމްޕިއުޓިން ޕަވާ އެއް ނުވަތަ ސްޓޯރޭޖެއް ހުންނާނެހެން ހީނުވާ ކަމަށް އޭނާ ބުންޏެވެ. މިހާތަނަށް މިކަމުގައި ވަކި ގޮތެއް އެޕަލް އިން ނިންމާފައި ނެތް ނަމަވެސް، މިންގްޗިކުއޯ ބުނެފައިވަނީ އޭނާ އަށް ހީވަނީ އެޕަލް ކޮންޓެކްޓް ލެންސް ބޭނުން ކުރެވޭނީ އައިފޯނަކަށް ކަނެކްޓް ކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު