ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފިލްމީ ތަރިންގެ ތެރޭގައި މަރިޔަމް ނިޝާއަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ. 1990ގެ އަހަރުތަކުން ފެށިގެން 2000ގެ ކުރީކޮޅާއި ހަމައަށް އެތައް ފިލްމްތަކާއި، ލަވަތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީ އެތައް ބަޔަކަށް އޭނާގެ ހުނަވެރިވެރިކަން ދައްކާލިއެވެ. އޭނާގެ ނެށުންތައް އެހާ ފުރިހަމަ އެވެ. އެ ހިނިތުންވުމާއި، ރުއިމުގެ އަސަރު އަދިވެސް ދިވެހިންގެ ހިތްތަކުން ޖާގަ ދެއެވެ. އޭނާ ފިލްމީ ދާއިރާއާ މުޅިން ދުރަށް ޖެހިލީ އާއިލާއަށް ވަގުތު ދިނުމަށެވެ.

އުމުރުން 14 އަހަރުގައި ފިލްމީ ދާއިރާއަށް ވަން ނިޝާ ފިލްމީ ދާއިރާއިން ފެނިދާނެތޯ މިއީ ގިނަބައެއްގެ ހިތުގައި އުފެދިފައި އޮންނަ ސުވާލެކެވެ.

އޭނާ ފިލްމަކަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) އެެވެ. ނިޝާ ފިލްމީ ދާއިރާއަށް ގެނައުމަށް މުހަންމާ ދަނީ ވާހަަކަދައްކަމުންނެވެ. މުހަންމާ، ނިޝާ ހިމަނައިގެން ކުޅެން ބޭނުންވާ ފިލްމަށް ނަމެއްގެ ގޮތުގައިވެސް ދީފައި ވަނީ "ނިޝާ"އެވެ.

ނިޝާ ފިލްމީ ދާއިރާއަށް ވަދެވުނީ ވީޑިއޯ ލަވައެއް ކަމަށްވާ "ގެންދަންޏާ ގެންދަވާށޭ" ލަވައިންނެވެ. އެ ލަވަ ކުޅެން ފުރުސަތު ލިބުނީ އުމުރުން 14 އަހަރުގައެވެ. އޭގެ ފަހުން ފިލްމީ ދާއިރާގައި ފިޔަޖަހަމުން އައިސް އެންމެ އުހަށް އެރުމަށްފަހު އޭނާ ދާއިރާއިން ގެއްލުނީ އެވެ. ސްކޫލް ދައުރުގައިވެސް ސްޓޭޖް މަތީ ހަރަކާތްތަކަށް ފޯރި ހުންނަ ނިޝާ 20 އަށްވުރެ ގިނަ ފިލްމްތައް ކުޅެފައި ވެއެވެ. އޭނާ ވަނީ ބައެއް ޑްރާމާތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

2011 ވަނަ އަހަރު ނުކުތް 14 ވިލޭރޭ ފިލްމުން ފެނުނު ގޮތަށް، ނިޝާ "ގެއްލިއްޖެ"އެވެ.

"ވަގުތު"އާ ވާހަކަދައްކަމުން ނިޝާ ބުނީ، އޭނާ ފިލްމީ ދާއިރާއަށް އެނބުރި އައުމާއި ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ އެދުނީ އިންތިޒާރު ކޮށްލުމަށެވެ.

"މުހަންމާއާ ވާހަަކަދައްކާތާ ފުދޭވަރަކަށް ދުވަސްވެއްޖެ، ވަރަށް ކުރީއްސުރެ، އަދިވެސް މި އުޅެނީ އެއްބަސް ނުވެވިގެން، ހަމަ ވާހަކަ ދެކެވެމުންދަނީ، ހަމަ އިންތިޒާރު ކުރަން ބޭނުންވާ ބޭފުޅެއް ނަމަ ހުންނަވާށޭ، އަދި ވަކި ގޮތަކަށް ނުއެއް ނިންމޭ" ނިޝާ ބުންޏެވެ.

ނިޝާ ބުނީ، އޭނާ ފިލްމީ ދާއިރާއަށް ނުކުންނަން އަދި ބޭނުން ނުވަނީ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކަމަށެވެ.

"އަޅުގަނޑުގެ ދަރިންވެސް ވަރަށް ބޮޑެތި ވެއްޖެ، އަނެއްކޮޅުން އަޅުގަނޑުގެ އެބަ ހުރި ފިރިޔަކުވެސް، މަންމަވެސް އެބަ ހުރި، ދެން، އަޅުގަނޑު އެނބުރި އަންނަ ކަމުގައި ވަންޏާމުން ވަރަށް ގިނަ މީހުންނާއި ޖެހޭނީ ޑިސްކަސް ކުރަން، އަދި ހުރިހާ އެންމެންނާއި ޑިސްކަސްކޮށް ނުވެސް ނިމޭ، ޕާސަނަލީވެސް، މުޅިން އޯކޭ ނުއެއް ވެވޭ" ނިޝާ ބުންޏެވެ.

ނިޝާ ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމްތަކަށް ބަލާއިރު، ފަހު ނޭވާ، ނާއުއްމީދު، ގިނިހިލަ، ޒުލޭޚާ، ޙައްގު، މަޖުބޫރު ލޯބި، ސަނދުރަވިރޭ، ސަނދުރަވިރޭ 2 އޭނާ ހިމެނެއެެވެ. ނިޝާ ފެނިގެން ދިޔަ ރޭޝަމް ޑްރާމާއަކީވެސް އޭނާގެ އެކްޓިންގ ވަރަށް ބޮޑަށް ފެނިގެން ދިޔަ ޑްރާމާއެކެެވެ.

https://youtu.be/SB8IshCT9h0

1993 ވަނަ އަހަރު ނުކުތް ދިވެހި ފިލްމް ހައްގުން އެންމެ މޮޅު ބަތަލާގެ އެވޯޑްވެސް ހާސިލްކޮށްފައިވާ ނިޝާ ފިލްމީ ދާއިރާއިން ފެނިދާނެ އެވެ. އެހެން ނަމަވެސް އަދި އޭނާ ތައްޔާރެއްް ނޫނެވެ. އޭނާ އެދުނީ އިންތިޒާރު ކޮށްލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޟޖުބބ

    ވީ ވޯންޓް ޔޫ ބެކް

    19
    38
    • Please no

      no, no, no

      3
      3
  2. ނނނ

    ހެޔޮނުވާނެ ދެން ވެސް ތަޢުބާ ވެގެން މަޑުން ހުރެވޭތޯ ބަލާބަ

    96
    12
  3. އއސ

    ނިޝާ ވަރަށް މޮޅު. އެކަމަކު ޝިރާނީ ވަރެއް ނޫން

    30
    21
  4. ހުސޭނުބޭ

    ކުރިންވެސް ސުނާމީ ރާޅާއެކު ގެއްލުނު! ގެއްލުނު އިރު ހުރީ ބުރުގާ އަޅައިގެން. ދެން އަލުން ފެނެލިއިރު ހުރީ ބުރުގާ ނަގައިގެން! އަނެއްކާވެސް ގެއްލުނުއިރު އިރު ތިހުރީ ބުރުގާ އަޅައިގެން! ދެން އަލުން ފެނިލާއިރު ތި ބުރުގާއެއް ނޯންނާނެދޯ! އަޅެ ތީ ފަހެ ކުޅޭ ކުޅިވަރެއްތަ؟

    61
    9
    • ¿

      މޫނުބުރުގާ ވެސްއެޅި

      3
      1
    • ބުރުގާ

      ބުރުގާ މޫނު ބުރުގާ މިޢީ ބޭނުންއިރަކު އަޅާފަ ނަގަންވީއެއްޗެއް. ބުރުގާ އެއީ ތައުހީދުގެ ދެކަލިމައެއް ނޫނޭ

  5. އިނާ

    ނިސާ އާ ނިއުމާ އަށް އެނގޭ އެކްޓިން،
    ދެން ތިބި މީހުން މީ މިކަމާ ގާތް ކުރަން ހެއޮނުވާ މީހުން

    30
    8
  6. ޑރ މަންކީ މޭން

    ކާކުގެ ފޮޓޯއެއް ހަބަރުގަ ޖަހާފަ އެއިނީ

    27
    8
  7. އަލީ

    ދެން ރަގަޅީ ނުފެނިއްޖެއްޔަ.

    51
    6
  8. ދާނާ

    ޚޮބާ އިހައްދުވަހު އަޅާފަހުރި މޫނުބުރުގާ؟
    ޢެވާހަކަވެސް ލިޔެލަބަލަ.

    40
    7
  9. ޖަޒީރާ ބޯއީ

    ތިޔަކަމާ އުފާކުރާނީ ރީކޯ އަހަރުމެނެއް އުފަލެއްނުވޭ

    23
    2
  10. ކުޑަކާށި

    ބުރުގާއެޅީ ބޮލުގަހުރި ނުރަފޮރުވަންތޯ ؟

    5
    3
    • މީހުންގެ ހިތްދެރަނުކުރޭ

      މީހުން ދެރަކުރުން އެއީ ﷲ ޕްލީޒްނުވާކަންކަމަކީ

  11. ކުޑަކާށި

    މޫސާމަނިކުވެސް އަދި އެބުރިއަންނާނެ ...

    5
    3
  12. ކިސްމަތު

    ސިރާނީ ވަރަށް މޮޅު އެކަމަކު ނިސާ ވަރެއްނޫން

    7
    6
  13. ށސސ

    މަ ހީކޮށްގެން މި ހުންނަނީ ނިޝާ އުޅެނީ މޫނު އަޅގެން ކަމައް.....

    1
    1
    • BurugA

      ބުރުގާ ޢަޅަންވީ ނާޅަންވީ، އަޅާފަ ނަގަންވީ ބޭނުން ގޮތެއް އޭގަ އޮންނާނީ

  14. ލައިލާ

    ނިޟާ ދެން ރަނގަޅު ވާނީ ތިކަންތަކާ ކައިރި ނުވީއްޔާ.ތީކުރަން ހެޔޮވާ ވަރު ކަމެއް ނޫން.