ރާއްޖެ އަށް ބަވަނަ ވެފައިވާ ދުނިޔޭގެ ކުލަވަރު އައުމާއި އެކު ރާއްޖޭގައި ވެސް މިހާރު ތަފާތު އެތައް ކަމެއް ފާހަގަކުރަން އެކި ޒާތްޒާތުގެ ހަފްލާތައް ބޭއްވުމަކީ އާއްމުކަމެކެވެ. ބްރައިޑަލް ޝަވަރ އާއި ބޭބީ ޝަވަރ އާއި އުފަންދުވަސް، އެނިވަރސަރީ، ރަންކިޔުން އަދި ކާމިޔާބީތައް ލިބުން ފަދަ އެތައް ކަމެއް ފާހަގަކުރަން ކުދިކުދި ހަފްލާތައް ބާއްވާ އެ އުފަލާއި މަޖަލުގައި ގާތް މީހުން ބައިވެރިކުރުމަކީ މިހާރު އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. މިފަދަ ހަފްލާތަކާއި އެއްވުންތަކުންތަކުގެ ރީތި ފޮޓޯ އާއި ވީޑިއޯތައް ވެސް މީސްމީޑާއިން ފެނެއެވެ.

އެކަމަކު މިފަހަރު އާއްމުންގެ ސަމާލުކަން ދަމައިގަތީ މީސްމީޑިއާއިން ފެނުނު ތަފާތު ފޮޓޯއެކެވެ. ސާދާ އަންހެނަކު ފާރުކައިރީގައި ހުއްޓިލައިގެން ހުރި މަންޒަރު ފެންނަ އެ ފޮޓޯ އަށް އާއްމުންގެ ސަމާލުކަން ހުއްޓުނީ ފާރުގައި ލިޔެފައިވާ ލިޔުންކޮޅުގެ ސަބަބުންނެވެ. އެ ލިޔުމުގައި ރީތި ޑިޒައިނަަށް އިނގިރޭސިން ލިޔެފައި ވަނީ "ހެޕިލީ ޑިވޯސްޑް"އެވެ. އެއިން އެނގެނީ އޭނާ ވަރިވުމުން އުފަލުން ހުރިކަން ނުވަތަ އެ ވަރިއަކީ ސުލްހަވެރި ވަރިއެއް ކަމެވެ.

މީސްމީޑިއާގައި އެތައް ބައެއްގެ ސަަމާލުކަން ހޯދި މި ފޮޓޯ އާއި އެކު އާއްމުން ވަނީ އެ ފޮޓޯ އިން ފެންނަ އަންހެން މީހާ އަށް ތައުރީފުކޮށްފައެވެ. އަދި ވަރިވުމަކީ ހިތާމައެއްގެ ގޮތުގައި ދެކޭ ދެކުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ބައެއް އާއްމުން ވަނީ ބުނެފައެވެ. ޚާއްސަކޮށް އަނިޔާ އާއި ނަފްސާނީ ދުޅަހެޔޮކަން ކުޑަ ނުވަތަ ފިއްތުންތައް ބޮޑު ކައިވެނިތަކުން މިނިވަން ވުމަކީ އުފަލެއްކަން ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ. އެތައް ބަޔަކު ވަނީ އެ އަންހެން މީހާ އަށް ހިއްވަރުދީ ވާހަކަދައްކާފައެވެ.

އެހެންނަމަވެސް މަދުން ނަމަވެސް އެ ފޮޓޯ އަށް ފާޑުކީ މީހުންވެސް ތިއްބެވެ. އެއީ ވަރިވުމަކީ ފާހަގަކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެ ފާޑު ކީ މީހުންނާއި ވަރިވުމަކީ އާދައިގެ ކަމަކަށް ހަދާކަމަށް ބުނެ ނުރުހުން ފާޅުކުރި މީހުންނެވެ.

ވަރިވުމުން އެކަން ފާހަގަކުރަން ދިވެއްސަކު ހަފްލާއެއް ބޭއްވުމުން އެކަން އާކަމަކަށް ވީނަމަވެސް މިއީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނަ މަންޒަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކަޓޭ

    ދިވެހިން ފާހަގަ ކުރަންވެއްޖެކަމަށް ފެނޭ ނީދެ އެތައް ދަރިން ހޯދުމަށްފަހު ކައިވެނި ކުރުމުގެ އާދަވެސް. މެރަޑޯނާ ބެކަމް ދަރިން ލިބުމަށްފަހު ކައިވެނި ކުރީ. ރޮނަލްޑޯ އެތައް ދަރިން އޭނަގެ ގާލް ފްރެންޑްގެ ފަރާތުން ލިބެއްޖެ. އަދި ކައިވެންޏަށް ތައްޔާރު ނުވޭ. ދިވެހިން ދެކެނީ ހުޅަނގުގެ ގައުމު ތަކުގެ މީހުން ކުރާ ކޮންމެ ކަމަކީ ރީތިކަމެއްކަމަށް. މިހިރީ ރީތި ކަންތަކެއްނޫން. ޢެކަމަކު ނުބައި ފިރިއެއްގެ ފަރާތުން ސަލާމަތްވެ ވަރިވީމަ އެކަން ފާހަގަ ކުރިއަސް އޯކޭ. އެކަމަކު އެހެން ފިރިހެނަކާއި ހިތާވެގެން ވަރިވެ އެކަން ފާހަގަ ކުރުން ގޯސް.

    79
    7
    • ބުރޯ

      ރޮނާލްޑޯ އޭނާގެ ގާރލްފްރެންޑް ކާރިއަކުން ނޫން ދަރިން ހޯދީކީ. ގާރލްފްރެންޑް ހުރީ ރީއްޗަކަށް. ދަރިފަނި ބޭނުން ކޮށްގެން އެހެން މީހުންގެ ރަހިމުން ދަރިން ހޯދީ. މިއޮތީ ވާ ދުނިޔެއެއް. އޮޅުން ބޮޅުން.

      10
      1
  2. Anonymous

    ކާފަރުން އުޅޭ ހުރިހާގޮތަކަށްވެސް އުޅެވުނީ މަ އެހިސާބުން ދުނިޔެއިން ހުރިހާ ކަ މެއް ހާސިލް އެކުރެވުނީ.

    69
    9
  3. ޑުންގާ

    ވަރި އެއީ ފެއިލް ވުން....

    72
    35
    • ނޮ

      ވަރިއަކީ ސަލާމަތްވުމެއްވެސް މެއެވެ. ބައެއް މީހުން ވަރަށް ނިކަމެތި ހާލުގަ އުޅެ އިނދެގެން އުޅޭ މީހާއާ ހެދީ.

      15
    • ކޭ

      އަނިޔާވެރިއެއް ކިބައިން ސަލާމަތްވުން އެއީ ފެއިލްވުމެއް ނޫން އެކަމަކު މިކުއްޖާގެ ގޮތެއް ނޭނގެ.

      11
    • Anonymous

      ބުނަން ކޮންމެ ވަރިއަކީ ފެއިލިއަރ އެއް ނޫން. ބައެއް ފަހަރު ވަރިއަކީ ނަސީބެއް. ދީނުގައި އެކަން ޝަރުޢުކުރައްވާފްއިވަނީވެސް އެފަދަ ހާލަތްތަކުގައި އަންހެނުން އަދި ފިރިހެނުންގެވެސް ހައްގުތައް ރައްކާތެރިކޮށްދިނުމަށް. ބައެއް ފަހަރު ވަރިއަކީ ފުރާނަ ސަލާމަތްކޮށްދޭ އެއްޗެއް. ސޯ ޑޯންޓް ސެއި ވަރި އިސް އަ ފެއިލިއަރ.

      12
  4. މުހަންމަދު

    މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބުމަށާއި އަދި އިސްލާމީ އަޚްލާގާއި އަދަބް މަތީ ތިބުމަކީ ނުހަނު މުހިންމުކަމެއް. ދުނިޔޭގެ ނޭދެވޭ އޮއިވަރުތަކުގައި ޖެހި ތިމާމެންނަކީ މާތް ރަސްކަލާނގެ ޚަލްގުކުރައްވާފައި އަދި ޚަލްގުތަކުންގެ މައްޗައް މަތިވެރިކުރައްވާފައިވާ އެކަލާނގެ އަޅުންކަމާއި އަދި ތިމާމެންގެ ހަޔާތަކީ މާތް އެއްޗެއްކަން ދަނެގެން ދުނިޔޭގެ ވަގުތު ހޭދަކުރުމައް ފަރުވާތެރިވާންޖެހެއެވެ.

    70
    3
  5. ނަސީދު

    މިހާރު މިތިބީ އަނެތް ދިވެހިރާއްޖޭކަމައް ވާނީ މިރާއްޖެނުފެނިގެން ބައެއްމީހުން އެބައުޅޭ އަދިއެއްބައި މިފުރިހަމަމިވީ އަދިއޮތީ ބޮނޑުބައި

    57
    7
  6. ހަސީނަ

    ކޮންފޮތެއްގައިތޯ އޮތީ ވަރިވުން ފާހަގަކުރުން މަނާވެފަ ނޫނީ ފާފައަކަށްވާނޭ ބުނެފަ. ދީނީ އިލްމު ނުދަންމީހުންވެސް ދީނާ ބެހެން އުޅޭތީ ތިބެނީ އޮޅިފަ ކުރަންވާ ކަންތަކާ ކުރަން ނުވާކަންތައް. އިސްލާމްދީނުގަ އޮވޭ ފަރުޞު ފަސްނަމާދު ނުކުރާ ފިރިމީހާއަައި ދުރުވުމަށް ރާއްޖެގަ ކިތައް ފިރިހެނުންތޯ ފަސްނަމާދު ކޮށްގެން އުޅެނީ.

    3
    1
  7. ދަރަނި ދަންތުރަ

    ކިތައްމެ ރަނގަޅު މީހެއްކަމަށްވިޔަސް ވަރިކުރާނީ ކޮންމެވެސް ކަމެއްވީމަ ތިޔަކަމަނާ ވަރިކުރުމުން ދެރަނުވާ ނަމަ ތިޔަކަމަނާ ތިޔަހުރީ އިށިއިންނާނެ ގަލެއް ކުރިން ހޯދައިގެން ޔަގީން

    2
    6
  8. ނނނ

    މަށަށް ކަޑައީ ޖިލްބާބެއްލައިގެން ހުރެ ޣައިރު މުސްލިމުންގެ ގޮތްތައް ފަތުރީމަ

  9. ީިިކކކ

    ބައެއް ފަހަރު ވަރިއަކީ ކައިވެންޏަށް ބައިވެރިއަކު ހޯދުމުގައި ފެއިލް ވެފަ ހުރި ކަމުގެ ނިޝާނެއް..

  10. އެނގެން ބޭނުން މީހަކަށް

    ރަސޫލް (ސއވ) ހަދީސް ކުރެއްވިއެވެ.." ވަރި އަކީ ހަލާލު ކަންތައްތަކުގެ ތެރެއިން ﷲ ސުބުހާނަހޫ ވަތައާލާ އެއްމެ ނުރުހުންވެ ވޮޑިގެންވާ ކަންތަކެވެ." ވުމާއެކު އެއީ އުފާ ކުރަންވީ ކަމެއްނޫނެވެ..ތިމާގެ ކައިވެނި އުފާވެރި ،އަދި ހިއްހަމަޖެހޭ ކައިވެންޏެއްގެ ގޮތުގައި ކުރިއަށް ނުގެންދެވުނު ކަމައްޓަކައިވެސް ހިތާމަކުރަންޖެހެ އެވެ..އަދި ދެންވެސް ކުރާކައިވެންޏެއް ގައި ބަރަކާތް ލައްވައި އުފާވެރި ދިރިއުޅުމެއް ލިބުންއެދި ﷲ އަށް ދުއާކުރަން ޖެހެއެވެ..

    13
  11. ބަކުރުބެ

    އަހަރެމެން އެބަ ޖެހޭ ވަރިވުން ފާހަގަކުރަން. އެއީ ދޯ މިނިވަން ކަމަކީ

  12. Anonymous

    ޢަޖައިބު

  13. އައިޝާ

    ވަރިވުން ފާހަގަކުރަންޖެހޭ ފަދަ ހާލަތްތައްވެސް އާދޭ! މީ ހަމަ ފިސާރި އަންހެނެއް. 3>

  14. ² ...ޕ

    ހެހޭ

  15. ޙހހހ

    ތީ ﷲ ނަހީކުރައްވާފައިވާ ކަމެއް ، ނޫސްތަކުންވެސް މިކަންކަން ދީނީގޮތުން އޮންނަގޮތްހޯދުން މުހިއްމު ، އަދި މޮޅުޚަބަރެއް ކަމަށް ޝާއިއު ކުރުމުގެ ކުރިން ބަލާލުން މުހިއްމު ، މިއީ ދީން ހަތިޔާރަކަށް ހެދުން ކަމަށް ބުނާނަމަ ކުރާނެ ކަމެއްނެތް ، އަދި ދިރުއުޅުމުގައި ކުރިއަށްނުދެވޭނަމަ ވަރިނުކުރާކަށްވެސް ނުބުނަން ، އެކަމަކު އެއީ އުފާކޮށް ހަފްލާބާއްވަން ޖެހޭ ކަމެއްނޫން

  16. ޙހހހ

    މިއަދު ވަރިގިނަވެ ކައިވެނިތައް ރޫޅެނީ ކީއްވެތޯ ، އިސްލާމްދީނުގައި ބައިވެރިން ހޯދަންޖެހޭގޮތާއި ދިރިއުޅެންވީގޮތް އޮއްވާ ތިމާމެން ބޭނުންހާ ގޮތަކަށް އުޅެ ހަމަ މީހަކު ފެންނައިރަށް ކައިވެނިކޮށް ، ނޫނީ ތިމަަގެ އިއްފަތް އެމީހަކަށް ވިއްކާލީމަ ޖެހެނީ މަޖުބޫރުކައިވެއްޏަކަށްދާން ، އެކަމަކު ދީނުގައި ކައިވެނީގެ މުހިއްމުކަމާއި ވަގުތާއި ޝަރުތާއި އެއްކޮށް އޮންނައިރުވެސް ކާކުތޯ ބަލާލަނީ ، ވިސްނާލަނީ ، ﷲ އީ އެންމެ މޮޅަށްދެނެވޮޑިގެންވާ އިލާހް

  17. ރަދީފް

    މާތްﷲ އެކަމެއް ހުއްދަކުރައްވާފައިވާ އެހެނަސް އެންމެ ރުހިވޮޑިނުގަންނަވާ އަމަލު ތިގޮތަށް ފާހަނގަ ކުރުން އެއީ ހިތާމައެއް.އަދި ލަދުވެތިކަމެއް.ދެރަކަމެއް.މިމަންޖެއަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.އާމީން.ވ.ވެދުން

  18. ބޫޓު

    ވަޓްސް ބަވަނަ 🤨

    • Anonymous

      globalization

  19. މާލި

    ގަޓުހުރީޔާ ވަރި ވިސަބަބު ބުނެދީ

  20. ދިވެހިސޮރު

    ހޭބަލިވެފަ ހުރި ބީތާއެއްތަ އެއީ