ނައިޖީރިއާއަށް ނިސްބަތްވާ މަސްވެރިއަކު މި ވަނީ އޭނާ ބޭނި މަހެއްގެ ސަބަބުން މީސް މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އޭނާ ބޭނި މަހުގެ އަގު 2.6 މިލިއަން ޑޮލަރަށް އަރައެވެ. އެކަމަކު އެނގޭ ހެއްޔެވެ؟، އެ މަހުގެ އަގު ނޭނގި އޭނާ މި ވަނީ ރަހުމަތްތެރިންނާއެކު އެމަސް ކާލާފައެވެ.

ބިޒްނަސް އިންސައިޑާ އެފްރިކާގައި ބުނެފައިވާގޮތުން، ނަން ހާމަކޮށްފައި ނުވާ އެ މަސްވެރިޔާ އަންޑޮނީ ލޯކަލް ގަވާމެންޓް އޭރިޔާގެ ކޯރަުން ބޭނީ ބްލޫ މާލިން ނަމަކަށް ކިޔާ މަހެކެވެ. އޭނާ މަސް ބޭނުމަށްފަހު ވަނީ އޭނާގެ ރަހުމަތްތެރިންނަށް އެ މަސް ބަހާލާފައެވެ.

އެއީ އަގުބޮޑު މަހެއްކަން އެނގުނީ މީސް މީޑިއާގައި އުޅޭ ފަރާތްތަަށެވެ. އެ މީހުން ބުނާގޮތުގައި އެ ވައްތަރުގެ މަހުގެ ކޮންމެ ބައި ކިލޯއެއްގެ އަގަކީ 31،325 ޑޮލަރަށެވެ.

އެ ވައްތަރު މަހުގެ އަންހެން ވައްތަރަކީ ފިރިހެން ވައްތަރުގެ މަހަށް ވުރެ ބޮޑު އެއްޗެއް ކަމަށް ވެއެވެ. އެގޮތުން އެ މަހުގެ އެވްރޭޖް ސައިޒްގައި 11 ފޫޓު ހުންނައިރު، ބަރުދަން 90 ކިލޯ އާއި - 180 ކިލޯއަށް އަރާ ކަަމަށް ވެއެވެ. މި ވައްތަރު މަސް ބައެއް ފަހަރު 14 ފޫޓަށް ދިގުވާ ކަމަށް ވެއެވެ.

އާއްމުކޮށް މި ވައްތަރު މަސްތައް ބާނާ އުޅޭނީ އެޓްލާންޓިކް އާއި ޕެސިފިކް ކަނޑުގެ ސަރަހައްދުންނެވެ. އެ ސަރަހައްދަށް ސްޕޯޓްސް ފިޝީންގއަށް އަށާއި، ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިފަދަ މަސް ބާނާ އުޅޭ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ ވަޙީދު

    ތީ މަސް ހިބަރެއްނޫންތޯ؟ ތީގެ މަސް ދިވެހި މަސްވެރިން ވަރަށްގިނައިން ބާނާ. އެ އެއްޗިހި ވިއްކޭނެ ގޮތެއް ހަމަޖައްސަން ޖެހޭނޫންތޯ؟