ނެޓްފްލިކްސް އަކީ ޑިޖިޓަލް ޕްލެޓްފޯމް ތަކުގެ ތެރެއިން އެންމެ މުއްސަނދި އެއް ޕްލެޓްފޯމެވެ. ނެޓްފްލިކްސް އޮރިޖިނަލްގެ އަގުބޮޑު އެތައް ފިލްމުތަކާއި ސިލްސިލާތައް އުފައްދާފައިވާއިރު އޭގެ ތެރެއިން އެއް ފިލްމަކީ އިންޑިޔާގެ ސަގާފަތްތައް ދައްކުވައިދޭ ގޮތަށް އުފައްދާފައިވާ ބަހޫބާލީ ފިލްމެވެ. މި ފިލްމުގެ ދެބައި ނެޓްފްލިކްސް އިން މިހާރުވެސް ބެލެން އެބަ ހުއްޓެވެ.

އެއްކަރޯޑު ރުޕީސް ހަރަދުކޮށްގެން ނެޓްފްލިކްސް އިން ބަހޫބާލީގެ ފުރަތަމަ ބައި ހަދާފައިވާއިރު މިފަހަރު ނެޓްފްލިކްސް އިން ހަދަން އުޅެނީ ދެ ކަރޯޑު ރުޕީސް ބޭނުންކޮށްގެން އުފައްދާ ފިލްމެކެވެ.

"ބަހޫބާލީ: ބިފޯދަ ބިގިނިން" ގައި ނެޓްފްލިކްސް އިން ވަނީ ކުރީގެ ފިލްމަށްވުރެ ބޮޑަށް ޝޫޓިންގެ ކަންކަން ރަނގަޅުކޮށް ސްކްރިޕްޓުވެސް ވަރުގަދަ ކޮށްފަ އެވެ. ނެޓްފްލިކްސް އިން ދެކޭގޮތުގައި އިންޑިޔާގައި ކުޅޭ ބަހޫބާލީ އަކީ "ގޭމް އޮފް ތްރޮންސް" އާ އެއްވަރަށް ފުރިހަމަޔަށް ކުޅޭނެ ފިލްމަކަށް ވެގެންދާނޭ ކަމަށެވެ.

މީޑިޔާރިޕޯޓުތައް ބުނާގޮތުން ބަހޫބާލީގެ އާ ފިލްމުގެ 9 އެޕިސޯޑު ނެރޭނެ ކަމަށް ބެލެވެއެވެ. މި އެޕިސޯޓުތައް ޕްރޮޑިއުސް ކުރަނީ އެސްއެސް ރަޖަމޯލީ އާއި ނެޓްފްލިކްސް ގުޅިގެންނެވެ.

ދެ ސީޒަނަކަށް ބަހާލައިގެން ނެރޭ ބަހޫބާލީގެ އާ ބައިގައި ޝިވަގާމީ ބޮޑުވެގެންއައިގޮތާއި އިތުރު އެތައް ބައިތައް ހިމެނިގެންދާނެ އެވެ. ޝިވަގާމީގެ ގޮތުގައި ކުރީގެ ފިލްމުތަކުގައި ފެނިގެންގޮސްފައި ވަނީ ރޫނަލް ތަކޫރް އެވެ. އޭނާ އަލަށް ނެރޭ ބަހޫބާލީގެ ފިލްމުތަކުގައި އެކްޓު ކުރެވޭނެތޯ ނޫންތޯ އަދި ޔަގީންވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު