އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ތެރެއިން އެންމެ މުއްސަނދި ކަޅު ނަސްލުގެ މީހަކަށް ކެންޔޭ ވެސްޓް ވެއްޖެއެވެ.

އެމެރިކާގެ ތާރީހުގައި ވެސް ކަޅު ނަސްލުގެ މީހުންގެ ތެރެއިން މީހަކަށް އެންމެ މުއްސަނދިކަމުގެ ލަގަބު ލިބުނު ފުރަތަމަ މީހަކަށް ކެންޔޭ ވެސްޓް ވި އިރު އޭނާގެ މިލްކިއްޔާތުގައި މިހާރު 6.6 ބިލިއަން ޑޮލަރު(4.7 ބިލިއަން ޕައުންޑު) އެބަހުއްޓެވެ.

މީގެ ތިން އަހަރު ކުރިން ކެންޔޭގެ ވިޔަފާރީގައި 53 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެ ދަރަނި ހުރިއިރު ރެޕާ އަދި ފެޝަން ދާއިރާގައި މަޝްހޫރު ކެންޔޭ ވަނީ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދައިފައެވެ.

ބްރޭންޑެޑް ހެދުންތައް ވިއްކައިގެންނާ ފެޝަން ދާއިރާއަށް އިންވެސްޓު ކޮށްގެން އޭނާ އަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައިކަން ފާހަގަކޮށްލެވެއެވެ.

ބްލޯމްބާގް އިން ރިޕޯޓުކުރާ ގޮތުގައި ކެންޔޭ ވެސްޓުގެ ޔީޒީ ބްރޭންޑުން ވިއްކާ ކުޅިވަރާ ގުޅޭ ހެދުންތަކުން އޭނާ އަށް ވަނީ 3.2 ބިލިއަން ޑޮލަރުން 4.7 ބިލިއަން ޑޮލަރަށް އިތުރުވެ ފައިދާ ވެފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔީޒީގެ ގެޕްލައިން މި އަހަރުގެ ހޫނު މޫސުމުގައި ރިލީޒް ކުރާ އިރު މިއަށް 970 މިލިއަން ޑޮލަރުގެ ފައިދާއެއް ވާނެއެވެ. މި ކުންފުނީގެ މޭސްތެރިޔަކީ ކެންޔޭއަށް އަށް ވުމުން ކުންފުންޏަށް ވަންނަ ހުރިހާ ފައިދާއެއް ވެސް ލިބޭނީ އޭނާ އަށެވެ.

ކެންޔޭ ވެސްޓް އާއި ކިމް ކާޑޭޝިއަން މިހާރު ވަރިކޮށްފައިވާ އިރު ދެމީހުން އެކީގައި ހިންގި ވިޔަފާރިތަކުން ވެސް ކެންޔޭ ވެސްޓް އަށް ވަނީ ބޮޑު ފައިދާއެއްވެ އާމްދަނީގެ ދޮރު ފުޅާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    އެހެންވެދޯ މީނަ މީ ރައީސްކަމަށްވާދަކުރީ! ހަމަ ޓްރަމްޕް ދޯ! މިރާއްޖޭގައި ކާކުބާ!