އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ފިލްމީތަރި ޖުމައްޔިލް ނިމާލްގެ ފަރާތުން ޖިންސީ ގޯނާ ލިބި ރޭޕްގެ ޝިކާރައަކަށްވި އައިޝަތު ޒަހުވާ ނަދީމް (ޒަހޫ) ބުނެފިއެވެ.

ޒަހޫ މިހެން ބުނީ އޭނާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް އަނެއްކާވެސް ދައުވާ އުފުލުމުންނެވެ. ޖުމައްޔިލް ޒަހޫއަށް ޖިންސީ ގޯނާކުރިއިރު ޒަހޫގެ އުމުރުން 17 އަހަރެވެ. ޒަހޫއަށް ކުރިމަތިވި ހާދިސާ އާއި އަދި އޭގެ ފަހުން އޭނާ އަށް ނަފްސާނީ ގޮތުން ކުރި އަސަރު އޭނާ މީސް މީޑިއާގައި އާއްމުކުރީ މިދިޔަ އަހަރުއެވެ.

ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުމާއިއެކު މީގެ ފަސް އަހަރު ކުރިން އޭރު ވެސް ޒަހޫ ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް އޭރު ނުލިބުނެވެ.

ޖުމައްޔިލްގެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ފޮނުވުމުން ޒަހޫ ކުރި ޓްވީޓެއްގައި ބުނީ "އަދިވެސް ހިނގަން އޮތް މަގު ވަރަށް ދިގު" ކަމަށެވެ. ނަމަވެސް އިންސާފު ހޯދަން ކުރާ މަސައްކަތް އަދިވެސް ހުއްޓައިނުލާ ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، ޖުމައްޔިލްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އުފުލައި، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖުމައްޔިލްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ޖުމައްޔިލް އަކީ މަގުބޫލް ގިނަ ފިލްމުތަކެއް ކުޅެފައިވާ ފަންނާނެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކާއި ގުޅިގެން މިހާރު އޭނާ ފިލްމުތަކުން ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕިންކީ

  ކޮބައިތަ ރިހުލާއާއި ޔުނާނު. މި މީހުން ސޯސަލް މީޑިއަާގަ ވަރަށް އެކްޓިވްކޮއް އުޅެފަ މިހާރު ހަބަރެއްވެސް ނުވޭ.

  16
  1
 2. Anonymous

  ސާބަހޭ ޒަހޫގެ ހިތްވަރަށް.
  އެއްގޮތަކަށްވެސް ހުއްޓާނުލާތި. ތިޔަ ސަލާމަތް ކޮށްދެވޭނީ އެތަކެއް މަޢްސޫމް އަންހެން ކުދިންނެއްގެ ޢިތްފަތްތެރިކަން. މިކަހަލަ ކުށްތަކުގައި މަޢްފުނުދޭތި. ތަކުރާރު ކުރާނެ. އެއްބަނޑު މީހުންގެ ދަރިންނަކީ އަމިއްލަ ދަރިންފަދަ ބައެއް. ޙިމާޔަތާއި ރައްކާތެރި ކަންދޭންހުރި މިހާގެ ނުބައިކަން ނިކަން ދެކިބަލަ.ޙައްޤު އަދަބު ލިބެންޖެހޭ.

  13
  6
 3. 👍👍

  ސާބަހޭ ޒަހޫގެ ހިތްވަރަށް....
  އެއްގޮތަކަށްވެސް ހުއްޓާނުލާތި...
  ތީ ހަމަ އަންހެނުންނަށް ހުރި ނަމޫނާއެއް...
  މާޢާފު ނުކުރާތި.....
  "އެއް ފުޅަށްމަތިން ފުންމާލި ބަކަރި އަނެއެ ފުލަށްމަތިން ވެސް ފުންމާނެ"
  އިރާދަ ކުރެއްވިއްޔާ އިންސާފު ލިބޭނެ....

  4
  3
 4. Anonymous

  ތިކިޔާ ޒަހޫ ތީ މާރަނގަޅަށް އުޅޭ މީހެއް ނޫން

  7
  1
 5. ވަޓް އަ ޖޯކް!

  ޒަހޫއަށް ޖިންސީ ގޯނާކުރިއިރު ޒަހޫގެ އުމުރުން 17 އަހަރެވެ. ތިއީ ބާލިޢު ނުވާ ކުޑަކުއްޖެއް ނޫން.

  2
  1