އިންޑިއާގެ ފިލްމީތަރި ދިއާ މިރްޒާ ކައިވެނި ކޮށްގެން ހަނީމޫނަށް ރާއްޖެ އައިސް ހުރެ ނަގާފައިވާ ފޮޓޯއަކާއި އެކު އޭނާ ބަލިވެ އިންކަން އިއުލާން ކުރުމާއިއެކު ފެށުނު ބަހުސް އިންޑިއާ މީހުންގެ މެދުގައި އަދިވެސް ކުރިއަށް އެބަދެއެވެ. ދިއާ ކައިވެނި ކުރީ ބަލިވެ އިނުމުން ކަމަށް ބުނެ އިންޑިއާގެ ބައެއް މީހުން އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ކައިވެނީގެ ކުރިން ބަލިވެ އިނުން އެއީ އިންޑިއާގެ އާދަކާދަ އާއި ހިލާފު ކަމެކެވެ. އިންޑިއާގެ އާދަކާދަތައް އޮންނަ ގޮތުން ވެސް ކައިވެނި ކުރުމުގެ ކުރިން ދެމީހަކު ގުޅުން ހިންގުން އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ދިއާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ވެސް އެހެން ވެގެންނެވެ.

މީސް މީޑިއާގައި ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ދިއާ އިއްޔެ ވެސް ވަނީ ރައްދު ދީފައެވެ. ދިއާ ބުނީ އޭނާ އާއި ލޯބިވެރިޔާ ވައިބަބް ރިކީ އާއި ކައިވެނި ކުރަން ނިންމީ އޭނާ ބަލިވެ އިނުމުން ނޫން ކަމަށެވެ. "އަހަރެމެން ކައިވެނި ކުރަން ޕްލޭން ކުރަމުން ދަނިކޮށް އެނގުނީ އަހަރެން ބަލިވެއިންކަން. އަހަރެމެން ކައިވެނި ކުރީ އަހަރެން ބަލިވެ އިނުމަކުން ނޫން. ބަލިވެ އިންކަން އަހަރެމެން އިއުލާން ނުކޮށް ތިބީ ސިއްހީ ސަބަބުތަކަށްޓަކައި. ބަލިއިނުމަކީ އަހަރެންނަށް ލިބުނު އެންމެ އުފާވެރި ޚަބަރު. މިއީ އެތައް އަހަރެއް ވަންދެން އަހަރެން އިންތިޒާރު ކުރި ޚަބަރެއް. ސިއްހީ ސަބަބެއް ފިޔަވައި މިކަން އަހަރެން ސިއްރު ކުރަން ބޭނުންވާ އިތުރު އެއްވެސް ސަބަބެއް ނެތް." ދިއާ ބުންޏެވެ.

ދިއާ ބުނީ އޭނާ އަށް ކުރިމަތިވާ ފާޑުކިޔުންތަކަށް އޭނާ ރައްދު ދެނީ މިއުފާވެރި ދަތުރުގެ އުފާވެރިކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރާތީއެވެ.

އުމުރުން 39 އަހަރުގެ ދިއާ ކައިވެނި ކޮށްފައި ވަނީ އިންޑިއާގެ ނަން މަޝްހޫރު ވިޔަފާރިވެރިޔަކާއިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ހުސޭނުބޭ

  ރާއްޖޭގެ ހަނީމޫނެއް ނިމެންވާއިރަށް ދިޔާ މިރުޒާ އެހައި އަވަހަށް އެ ބަނޑުބޮޑުވީ އަޅެ އެ މަންޖެ އެ ގެންގުޅެނީ ވައިޖަހާ ބުންބާއެއްތަ؟

  19
  3
  • ގޮޅެޔާ (ހުވަދޫ ބަހުން ވައްކޮށް އޮންނަ އެއްޗަކަށް ކިޔާ ނަމެއް)

   ވެއިޖަހާ ޖިރުބާއެއް.. ކަލޯ އަދި އެ ލެއްވޭފެއި ޖެހެއިލާން ނިކަން ފަސޭހައޯލަ. ދިއާ މިރުޒާ ވިޔަސް ހުސެނުބޭ ވިޔަސް ޖިރުބަޔަކާ ޖެހުނީމެއި ވާނެ..

 2. އައްޑޫ މީހާ

  އިބްރާހީމް މުހައްމަދު ސާލިހު ކުރިކަމެއް އެކަހަލަ ކަންތައް ކުރީމަ ދެން މައްސަލައަކަށް ދޯ ވާނީވެސް

 3. ކޮތަރު

  އިންޑިއާގެއަންހެނުންދިވެހިރާއްޖޭގަހުއްޓާ ބަނޑުބޮޑުވުމަކީ އިންޑިއާގެގާނޫނުން މަނާކަމަކީތޯ ؟؟ ހަނީމޫނަށްދަންޏާ ބަނޑުވެސްބޮޑުވާނެދޯ ؟؟

 4. ކަދުރޭ

  ބަ ލަ ހަނީމޫނަށްދަނީ ހަމައެކަނި ފޮޓޯނަގާފަ އިންސްޓަގުރާމަށް ލާކަށެއްނޫނޭ !! އިންޑިއާމީހުން އަދިވެސްތިތިބީ
  ޑުރާމާސި ލްސި ލާބަ ލަންދޯ؟؟

 5. ކާފަ

  ތިއޮތީ ބަޑު ދިޔާވެފަ

 6. މިރުޒާ

  ކައިވެނިކުރަން ޕްލޭން ކުރަމުންދަނިކޮށް ބަނޑުބޮޑުކަން އެގުމުން އެއީ ކައިވެނީގެ ބޭރުން ލިބުނު ދަރިއެއްތާ! ޚަބަރު ކިޔާލީމަ ފަހުމްވަނީ މިގޮތަށް!

 7. މީހަކު

  މިކަހަލަ ވާހަކަ ނޫހުގައި ޖަހަނީ ކޮން މަގުސަދަކައްތޯ؟؟ މިއީ އަޅުގަނޑުމެންގެ ދީނާއި ހިލާފު ވާހަކަ އާއި ކަންކަން.

 8. ޙހހހ

  " އަހަރެމެން ކައިވެނި ކުރަން ޕްލޭން ކުރަމުން ދަނިކޮށް އެނގުނީ އަހަރެން ބަލިވެއިންކަން " މިބުނަނީ ކީކޭ ، ކައިވެނި ނުކޮށް ކަމެއްކުރިވާހަކަ ނޫންތަ

 9. ރިއަލިޓީ

  އެއޮއްފަދަ ގެރިއަށް އަޅުކަންކުރާ، ބުދަށް އަޅުކަން ކުރާ މެޖޯރިޓީ އޮންނަ އިންޑިޔާގަވެސް ޒިނޭކުރުމަކީ ހުތުރުވެގެންވާ އަމަލެއްކަމަށް އެއޮތީބުނެފަ. އެކަމަކު މިހާރަކަށް އައިސް ރާއްޖޭގައި މިއީ ވަރަށް އާންމު ކަމެއް ކަމަށް ވެފައިވާކަމުގެ ހަބަރުފެތުރޭ. ދެރަވަރު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

 10. ދިޔާމިރުޒާބައްޕަ

  ރާއްޖެއައީމަ ދިވެހިންގޮތަށް ބާރަށްވެއްޖިއްޔާ ދެފަހަރު މަޑުންވިއްޔާ ތިންފަހަރު.. ދެން އެތެރެއަށް..އެހެން އެވީ..