ރަމަޟާން މަހަކީ އެތައް މިލިއަން މުސްލިމުންނެއް ރޯދަ ހިފުމުގެ ހެޔޮ އަޅުކަން ކުރާ މައްސަރަކަށް ވާއިރު، ކޮންމެ ދުވަހަކު ރޯދަ ވީއްލާ ވަގުތައް އެކި ގައުމުތަކުގައި އެކި ބާވަތް ބާވަތުގެ ކެއުންތަކާއި، އަދި ބުއިންތައް ތައްޔާރުކުރެއެވެ. އަޅުކަމުގެ މައްސަރެއްގެ އިތުރުން ރަމަޟާން މަސް ފާހަގަކޮށްލެވެނީ ކެއްކުންތަކަށް ހާއްސަ މަހެއްގެ ގޮތުގައެވެ.

މި މަހު އިންޑޮނޭޝިއާ މީހުންގެ ތެރޭގައި އެންމެ މަގުބޫލު ބުއިމަކީ ކަދުރު ސްމޫތީއެވެ. އެމީހުން ބުނާ ގޮތުގައި ކޮންމެ ދުުވަހަކު ރޯދަ ވީއްލާ ވަގުތު މި ސްމޫތީ ބުއިމުން ހަށިގަނޑުގެ ވަރު ޖައްސަދެއެވެ. މި ސްމޫތީގެ އެންމެ ހާއްސަ ކަމަކީ ހަށިގަނޑުގެ ވަރު ޖައްސައިދިނުމުގެ އިތުރުން މިއީ ތައްޔާރުުކޮށްލުމަށްވެސް އެހާ ފަސޭހަ ބުއިމަކަށް ވާތީއެވެ. އެހެން ކަމުން އަޖުމަ ބަލާލުމަށްވެސް މި ސްމޫތީ ތައްޔާރުކޮށްލުން ބުއްދިވެރިއެވެ.

ކަދުރު ސްމޫތީ ތައްޔާރުކުރުމަށްް ބޭނުންވާނެ ތަކެތި:

  1. 7 އޮށް ކަދުރު
  2. ބައިޖޯޑު ޔޯގަޓު (ޕްލޭން)
  3. ބައިޖޯޑު ކިރު
  4. ޕިސްތާޝިއޯ
  5. އައިސް ކިއުބް

ތައްޔާރުކުރާނެ ގޮތް:

މި ޑޭޓް ސްމޫތީ ތައްޔާރުުކުރުމަށް، ކަދުރުކޮޅުގެ އޮށްތައް ނެގުމަށް ފަހު މިކްސްޗަރަށް އަޅާށެވެ. އެއަށް ފަހު ހެޔޮވަރު ވަރަކަށް. ކިރު އަޅައއި ކަދުރުކޮޅު ރީއްްޗަށް ހިމުންވަންދެއް ބްލެންޑުކޮށްލާށެވެ. ކަދުރުކޮޅު ހިމުންވުމުން ޕިސްތާޝިއޯ އަދި ޔޯގަޓް އެއްކޮށްލުމަށްފަހު ބްލެންޑުކޮށްލާށެވެ. އެންމެ ފަހު ކަމަކަށް ހެޔޮ މިންވަރަކަށް އައިސްކިއުބް އެޅުމަށް ފަހު ބްލެންޑުކޮށްލާށެވެ.

އެކަށީގެންވާ މިންވަރަށް ފޮނިރަހަ ނުލާނަމަ ހަކުރު ބޭނުންކުރެވިދާނެއެވެ. ރަމަޟާން މަހަކީ ގިނަ ފޮނިކާތަކެތި ތައްޔާރުކުރާ މަހެއް ކަމުން ހަކުރުގެ ބަދަލުގައި މާމުއި ފަދަ އެއްޗެއް ބޭނުންކުރުން ބުއްދިވެރިއެވެ.