ބޭނުންވާ ތަކެތި:
100 ގްރާމް ކެބެޖް (ކޮށާފައި)
ކެރެޓް (2 ސަމްސާ އަށް ވާވަރަށް ކޮށާފައި)
ފިޔާ (2 ސަމްސާ އަށް ވާވަރަށް ކޮށާފައި)
2 ބިސް
½ ސަމްސާ ލޮނު
½ ސަމްސާ އަސޭމިރުސް
ކޮރިއެންޑާ (1 ސަމްސާ އަށް ވާވަރަށް ކުދިކޮށް ކޮށާފައި)
1 ގްރީން ޗިލީ
1 ސަމްސާ ކޯން ފްލޯ
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ކެބޭޖް، ކެރެޓް ފިޔާ، ލޮނު، އަސޭމިރުސް، ކޮރިއެންޑާ، ގްރީން ޗިލީ އަދި ކޯން ފްލޯ ތަޓަކަށް އަޅާލުމަށް ފަހު ރަގަޅަށް މިކްސް ކޮށްލާނީއެވެ. ދެން ބިސް ތަޅާފައި އޭގެތެރެއަށް އަޅާލާ ރަގަޅަށް އެއްކޮށްލާނީއެވެ. ދެން ތަވާގައި ކުޑަ ތެޔޮ ފޮދެއް އުގުޅާލުމަށްފަހު ތަވަޔަށް އޮއްސާލާ، ރީއްޗަށް ފަތުރާލާ މަޑުގިނީގައި ދެފުށް ފިހެލާށެވެ.