ބޮލީވުޑްގެ ތަރި ސޯނޫ ސުއޫދު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އޭނާ އެކަން ހާމަކޮށްފައި ވަނީ އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓެއްގައެވެ.

ޕަންޖާބްގެ ވެކްސިނޭޝަން ޕްރޮގްރާމްގެ އެމްބެސަޑަރަކަށް ހަމަޖެއްސި ސޯނޫ ކޮވިޑަށް ފައްސިވެފައި ވަނީ މިއަދު އެވެ.

އޭނާ މީސް މީޑިއާގައި ލިޔުނު ޕޯސްޓްގައި ވަނީ އޭނާ ކޮވިޑަށް ފައްސިިވި ނަމަވެސް، މޫޑާއި، ސްޕިރިޓް ވަރުގަދަޔަށް ފައްސިކަަމަށް ބުނެފައެވެ.

"އަހަރެން ކޮވިޑަށް ފައްސިވެއްޖެ މިއަދު ހެނދުނު، ރައްކާތެރިކަމުގެ ގޮތުން އަހަރެން އަމިއްލައަށް އެކަހެރިވެއްޖައިން، އަދި އަހަރެން މި ދަނީ އަމިއްލަ ކަންކަމަށް ބަލަމުން، އަހަރެންނާއި މެދު ފިކުރު ބޮޑު ނުވާތި. ހުރިހާ އެންމެންނާއި އެކުގައި އަހަރެން ވާނަން". އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި ވެއެވެ.

 

View this post on Instagram

 

A post shared by Sonu Sood (@sonu_sood)

ސޯނޫ އަކީ ކޮވިޑްގެ މި ދުވަސްވަރުގައި އެތައް ބައެއްގެ ސަމާލުކަން ލިބުނު ތަރިއެކެވެ. އޭނާ ވަނީ މި ދުވަސްވަރުވެސް ެއެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ. އެގޮތުން ވަކިން ހާއްސަކޮށް އޭނާ ވަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަންތަނަށް މަސައްކަތު ގޮސްފައިވާ މީހުން އެނބުރި ގެއަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑާއި ގުޅިގެން ފައިސާ ނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު