ކަރަން ޖޯހަރުގެ ފިލުމު ''ދޯސްތާނާ 2'' އިން ކާތިކް އާރްުޔާން ވަކިކުރި ކަމުގެ ބަޔާން ދަރުމާ ޕްރޮޑަކްޝަންއިން ނެރުމާއި އެކު ކަންގަނާ ރަނައުތުގެ ވަރުގަދަ މެސެޖެއް ކަރަން ޖޯހަރަށް ފޮނުވައިފިއެވެ. ސުޝާންތު އެކޭ އެއްފަދައިން ކާތިކް ވެސް އަމިއްލައަށް މަރުވުމަށް މަޖުބޫރު ނުކުރުމަށް ކަންގަނާގެ މެސެޖުގައިވެއެވެ.

''މިހާ ހިސާބަށް ކާތިކް އައިސްފައިވަނީ ކާތިކްގެ އަމިއްލަ މަސައްކަތުން. ކުރިއަށް ތަނުގައި ވެސް އޭނާގެ އަމިއްލަ މަސައްކަތުން ކުރިއަށްދާނެ. ކަރަންއާއި ނެޕޯ ގޭންގުން ކާތިކް ދޫކޮށްލާ. ސުޝާންތެކޭ އެއްފަދައިން ކާތިކް ވެސް އަމިއްލައަށް މަރުވުމަށް މަޖުބޫރު ނުކުރޭ. ކާތިކް ދޫކޮށްލާ'' ކަންގަނާ ކޮށްފައިވާ ޓްވީޓުގައިވެއެވެ.

ކާތިކްއަށް މުޚާތަބުކޮށް ކަންގަނާ ކޮށްފައިވާ ޓްވީޓުގައި އޭނާ ބުނެފައިވަނީ އެމީހުން ދެކެ ބިރު ނުގަތުމަށާއި ކާތިކްގެ އުޅުން ހުންނަ ގޮތާއި މަތިކޮށް ފިލުމުން ނެރެ ބަޔާންތައް އެ ނެރެނީ އެމީހުންގެ އަގު ހިފަހައްޓަން ކަމަށެވެ. އަދި ޑުރަގު މައްސަލާގައާއި ސުޝާންތާއި ބެހޭގޮތުން ވެސް އެމީހުން ފަތުރާފައިވަނީ އެކަހަލަ އަޑުތަކެއް ކަމަށް ވެސް ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާ ހުރީ ކާތިކްއާއި އެކުގައި ކަމަށާއި ކެރިއަރ ގާއިމް ކޮށްދިނީ އެމީހުން ނޫން ކަމަށާއި އެހެންވީމާ އެ ކެރިއަރ އެމީހުންނަށް ދުއްވާނުލެވޭނެ ކަމަށާއި މިއަދު އެކަނިވެރިކަން އިހްސާސް ކުރެވޭނެ ކަމަށާއި އެކަނިވެރިކަން އިހުސާސު ނުވުމަށާއި ކަރަންއަކީ ޑްރާމާ ކުއީންއެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށް ކަންގަނާ ބުނެފައިވެއެވެ.

ކުރިއަށް އޮތްތާގައި ރަނގަޅު ވާނެކަމަށާއި އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅަށް އުޅުމަށް ވެސް ކަންގަނާ ވަނީ ކާތިކްއަށް ނަސޭހަތްތެރިވެފައެވެ.