ރާއްޖޭގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ އުފަން ދުވަހާއި ގުޅުވައިގެން އާއްމު ކުރި ޓިކްޓޮކް ވީޑިއޯއަށް މި ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގައި ނަގާފައިވާ އެ ވީޑިއޯގެ އަޑާއި އޭނާގެ ހަރަކާތުން އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ދިޔައިރު، އެ ވީޑިއޯއާއެކު އޭނާއަށް ފުރުނީ 32 އަހަރުތޯ ނުވަތަ 23 އަހަރުތޯ ސުވާލު އުފެދޭ ހިސާބަށްދިޔަ ކަހަލަ އެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ތިނެއް އަދި ދޭއް ޖަހާފައިވާ ފުއްޕާހަމެއް 32 އާއި 23 އަށް އަކުރު ބަދަލު ކުރާ ތަނެވެ. އެ ދެ އަކުރު ބަދަލު ކުރާ ކޮންމެ ފަހަރަކު އައްޒައަށް ގޮތްގޮތް ވެއެވެ.

@mariyamaxzxa

💖HAPPILY 23 oooops sorry 32💖 #maldives #foryoupage #birthday #aharengemaldives

♬ Bebe - V.A.

އެގޮތުން އެ އަކުރުތައް 23 އަށް ބަދަލު ކުރާ ކޮންމެ ފަހަރަކު އޭނާ ތުއިކަން ދައްކަ އެވެ. އަދި 32 އަހަރަށް ބަދަލު ކުރާ ކޮންމެ ފަހަރަކު ބޮޑާ ހާކައެވެ.

އެ ވީޑިއޯގައިވާ އަޑަކީ މިހާރު ޓިކްޓޮކްގައި މަޝްހޫރު އެއް އަޑުކޮޅެވެ. އެއީ ކުޑަކުއްޖެއްގެ އަޑެވެ.

އެ ވީޑިއޯއިން އޭނާއަކީ 23 އަހަރުގެ ޅަ ޒުވާނެއްހެން ހީވެއެވެ. ޔަގީނުންވެސް އެއީ އޭނާ އެ ވީޑިއޯއަށް އެކްޓްކޮށްފައި ހުރި މޮޅުކަމުންނެވެ.

އައްޒައަކީ އޭނާގެ ރީތިކަމުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ތަރިއެއް ކަމަށްވާއިރު، އޭނާގެ އެ ޒުވާން ކަން ދަމަހައްޓަންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރިޝް

    މަށަށް ހީވަނީ 16އަހަ ރުހެން ފު ރުނީ
    އރހެންނާފަހެ . ތިޔަނޫން ވާހަކައެއް ނެތީތަ ލިޔާނެ

    33
    1
  2. މަރީ

    އޭނަޔަށް 15 ނުފު ރޭ އަދި އަޅެ ފަހެ ވަގުތު ނޫސްވެ ރިންނަށް ބަލަދު އަ ރާފަ ތިބޭބައެއްތަ ތީ އި ރރު އި ރުކޮޅާ އެމީހުންގެ ވާހަކަ ތިލިޔަނީ

    29
  3. ހާލުފޮޅި

    ބަލާލި ކޮންމެ މީހަކަށް އިނގޭނެ 30 ހުން މަތިކަން... ޅަކުރަން އުޅުނަސް ނެތް ޅަކަމެއް ނުދެއްކޭނެ . . ވިޔަސް ވާނީ މުސްކުޅި، އެކަން ޖެހޭނީ ޤަބޫލުކުރަން ..

    36
  4. އަލް އިސްލާމް

    އަ ރަބި ޅެންވެ ރިޔަކު ކިޔާފާ ވެއެވެ..
    " ރީތިކަމަކީ ރީތި އުޅުމާ(އަލް އިސްލާމްގެ މަކާ ރިމުލް އަޚްލާޤާ) ރީތި އިލްމެވެ. ރީތި އުޅުމާ ރިވެތި އަޚްލާޤު ނެތް މީހާގެ ރީތިކަމުގެ މިސާލަކީ ކުއްތާއެއްގެ ކަ ރުގާ އަޅާފާވާ އަގުމާތް ރަންބަންދުގެ މިސާލެވެ."

    14
    1
  5. މަނީމަނީ

    އުމުރުންދާ ކޮންމެ ދުވަކީ މަޖަލުގަ ދުއްވާލާ ބަޔަކައް ކުރިމަތިވާނެ ހިތާމައިގެ ދުވަހެއްވާކަން އަމިއްލައަށް ވިސްނުން ބުއްދިވެރި މަރުވާނީ 23އަހަރު ކަމެއް 30 އަހަރު ކަމެއް އެއްވެސް މީހަކައްނޭގޭނެ...

    27
  6. ޅަދޯ

    7 ދުވަސް އުތަ؟

    20
    1
  7. ލކޖ

    ވެދާނެ35އަހަރު

    16
    1
  8. މަޖޫ

    އިސްތިހާރު ކުރާކަށް ތީކީ މާ ރީތި މީހެއްނޫން. އައުރަ ނިވާ ނުކޮށް ދުވާ އަންހެނެއް ތީ! މޮޔަ އަންހެނެއް ތީ.....

    15
    1
  9. އަހުމަދު

    ކޮންމެ އުމުރަކަސް އޭ އަހަރެމެނާ ބެހޭ ކަމެއް ނޫން.

  10. ކިޔުންތެރިޔާ

    ދެން އަވަހަށް ކައިޒީން ގެ ވާހަކަ އަރުވާ.. ވަގުތަށް ސްޕޮންސަރ ދޭ މީހުން ގެ ހިތްވަރަށްވެސް ހަމަ ސާބަސް

    9
    1
  11. ބަހަބަރު

    މިވެސް ދެން ހަބަރެއް ތަ

  12. އެމަންޖެ

    އަދިވީ 13 އަހަރު 2022ގައި ވާނީ 12 އަހަރު.

    13
  13. ޙަސަނުބެ

    އައްޒައަށް އަހަރުވީ ވަރު ބެލުމަށްވުރެ ތިމާގެ އުމުރުގައި ބަކީ އޮތީ ފަޅިސިކުންތެއްކަމުގައި ބަލައި މަރަށް ތައްޔާރުވާށެވެ. ބޭކާރު ކަންކަމުގައި ވަގުތު ހުސްނުކުރާށެވެ.

  14. ސާނީ

    އަހަނަ ދެން ކޮން ކަމެއް.....؟ މުސްކުޅި ނުވާ އަންހެނެތީ ދެން .............................

  15. ލޮލް

    "އައްޒައަކީ އޭނާގެ ރީތިކަމުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ތަރިއެއް..!" މަ ހީހީ ހަލާކު...!!!

  16. ބޮކި

    އައްޒަ ކާޑޭޝަން އުޅޭވައްތަރެއް ދޯ ؟

  17. އައްޒާގޫބަޑި

    މަގޭ 10 އެއް ފުރުނު މަންޖެއަށް ތުރެވެސް ޅަބާޅަ ވައްތަރު. ރީތިކަމުގެ މިދުނިޔޭން ނުފެންނަވަރުގެ ލާމަސީލު ކަމެއް. މަހިތައްއަރާ އައްޒަމެންމަގުމައްޗަށް ނިކުމެއްޖިއްޔާ ވެސް މާލޭމަގުން ދުއްވާ ފިރިހެނުންގެ ލޯތައް އެސޫރަޔަކަށްހުއްޓި ކިތައްއެކްސިޑެންޓް ހިނގާ ކިތައްމީހުންތޯ މިފަނާވަނިވި ދުނިޔެއާއަލްވަދާއުކިޔާނީ. އާހް ރާއްޖޭންވެސް ވެއްޖެނޫންތޯ މިސް ޔުނިވަރސް ޕްލެޓްފޯމުގަ އައްޒަމެން ވެސް ދައްކާލެވޭތޯ. ގައިމު މިސްޔުނިވާސްގެ މަގާމް ކަށަވަރު ކުރެވޭނެ މިއަށްވުރެ ފަހި ޗާންސެއް ދެނެއް ނުލިބޭނެ. އުންމީދުކުރަން ގަލަމަކުން އަންހެނަކަށް ދެވޭނެ އެންމެމަތީ ޝަރަފު އެރުވިއްޖެކަމަށް

  18. .

    މަށަށް ކޮންކަމެއް 50 އަހަރުވިޔަސް