ދުނިޔެ މި ދެކެމުންދާ ހިތްދަތި ވަގުތުގައި ދިމާވާ ކިތައްމެ ކުޑަ ކަމަކާައި ވެސް މީހުން ހާސްވެއެވެ. ވަކީން ހާއްސަކޮށް މައިންބަފައިންނާއި ދަރިންނާއި އާއިލާ މީހުންނާއި ލޯބިވާ މީހުންނަށް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ހާސްވާ މިންވަރު އިތުރެވެ.

އިނގިރޭސި ވިލާތުގެ އުމުރުން 24 އަހަރުގެ ބެކީ ސްޓައިލްސްއަށް ވެސް ދިމާވީ މިފަދަ ހާދިސާއެކެވެ. އޭނާގެ ތުއްތު ދަރިފުޅުގެ އަނގައިގެ ތެރެއިން ލޯވަޅެއް ފެންނަން ހުރުމުން ދަރިފުޅު ރޯވަރުން އެއީ ކޮންއެއްޗެއް ތޯ ނުބެލުނެވެ.

މިކަމާއި ހާސްވެފައިވާ ބެކީ އަވަހަށް ގުޅީ އޭނާގެ ފިރިމީހާއަށެވެ. ފިރިމީހާ އައިސްގެން ވެސް ދަރިފުޅު ރޯވަރުން އަނގައިގެ އެތެރެ ބެލޭ ގޮތެއްނުވިއެވެ. ގޮތްހުސްވެފައިވާ ބެކީ ދެން ގުޅީ އޭނާގެ މަންމައަށެވެ. މަންމައަށް ގުޅުމުން ލަފާދިނީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދިޔުމަށެވެ.

ހޮސްޕިޓަލުގެ އެމަޖެންސީ ބަޔަށް ބެކީގެ ދަރިފުޅު ގެންދެވުނު އިރު ބެކީ ހުރީ ހާސްވެފައެވެ. ނަމަވެސް ދަރިފުޅަށް ބަލައިލާފައި ހޮސްޕިޓަލުގެ އެމަޖެންސީ ބައިގައި މަސައްކަތް ކުރާ މީހުންނަށް އެކަން މާސީރިއަސް ކަމެއް ކަމަށް ނުފެންނަ ކަމަށް އިނގިރޭސި ވިލާތުގެ ނޫހެއްގައިވެއެވެ.

ބެކީގެ ދަރިފުޅު ރަނގަޅަށް ބެލުމުން އެނގުނީ އޭނާގެ ދަރިފުޅުގެ އަނގައިގައި ވަނީ ލޯވަޅެއް ނޫންކަމެވެ. ނަމަވެސް އެއީ ސްޓިކާއެއް ކަމެވެ.

އެކުއްޖާގެ އަނގައިގައިވާ ސްޓިކާ ނަގައި ދެއްކުމުން އެމެޖެންސީ ވޯޑުގައި ތިބި އެންމެން ފެށީ ހޭށެވެ. އަދި ހަމަ ޔަގީނުން ވެސް އެ ދަރިފުޅުގެ މައިންބަފައިން ބެކީއާއި އޭނާގެ ފިރިމީހާއަށް އެކަމުން ހިތްހަމަ ޖެހުން ލިބިގެން ދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިސްޓަރ ބީން

    ހަހަހަހަހަހަހަހާހާ

    16
    3