ރޭޕްކޮށް މަރާލާފައި އޮތް 10 އަހަރުގެ ކުޑަކުއްޖަކު ވަލު ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.

އިންޑިއާގެ ގަރުދަބަސާ ވިލޭޖު ކައިރީ އޮންނަ ވަލު ތެރެއަށް އެއްލާލާފައި އޮއްވާ އެ ކުއްޖާ ފެނިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެ އަވަށުގެ ޒުވާނެކެވެ. އެ ކުއްޖާގެ ހަށިގަނޑު މިއަދު ހެނދުނު ފެނުމާއެކު މިހާރު ޕޯސްޓް މޯޓަމް ހެދުމަށް އެ ކުއްޖާ ހަށިގަނޑު ވަނީ ހޮސްޕިޓަލްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެ އިރުއޮއްސުނު ހާއިރުއެވެ. ގެއަށް ނައިސް މާ ގިނައިރުވުމުން އެ ކުއްޖާ ހޯދުމުގެ މަސަައްކަތް އާއިލާއިން ކުރިއިރު، އެންމެ ފަހުން ފުލުހުންގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ.

މިގޮތަށް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ އަވަށުގެ ބައެއް މީހުން ވަނީ އެ ކުއްޖާ އެ އަވަށުގެ ޒުވާނެއްގެ ސައިކަލް ފަހަތުގައި އިންދާ ފެނުނުކަމަށް ބުނެފައެވެ. އެ ޒުވާނާ އެ ކުއްޖާ ގެންގޮސްފައި ވަނީ އެ އަވަށް ކައިރީ އޮންނަ ތަނެއްގައި އޮތް ފެސްޓިވަލްއެއް ބެލުމަށްކަމަށް ބުނިކަމަށް ވެއެވެ.

އެ އަވަށުގެ ބައެއް މީހުން ވަނީ އެ ޒުވާނާ ގަހެއްގައި ބަނދެފައި އޭނާއަށް އަނިޔާކޮށްފައެވެ. އެވަގުތު އޭނާ ވަނީ އެ ކުއްޖާ ރޭޕްކޮށް މަރާލިކަމަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮލެޖް

  އަމިއްލަ ގައުމުގެ ކުޑަކުދިންނަށް ހިމާޔަތް ނުދެވިގެން އުޅޭއިރުވެސް އެހެން ގައުމުތަކުގެ ކަންތައްތަކާބެހި އަނގަ ފޮކަން މާތަހިރުތަ.

 2. ޑރ

  ކޮބާ މޯދީބެ.

 3. ބިރިޔާނީ

  މިހެންވީމައޭ މި ބައިގަނޑު ރާއްޖެ ނުގެންނާންވީ

 4. ފާއިޒް

  މޯދީ. ގަމާރާ މިކަންތައް ހުއްޓުވާބަަލަ...

 5. އިލާ

  އިންކުރެޑިބަލް އިންޑިއާ. ޑީމޮކުރަސީ ނަމޫނާ