ޓިކްޓޮކްއިން ހުނަރު ދައްކާލިއެވެ. ނެށުމުގެ ހުނަރެވެ. އެކްޓް ކުރުމުގެ ހުނަރެވެ. އެއާއެކު އޭނާއަށް ފުރުސަތު އޮހެން ފެށިއެވެ. ލަވަތަކާއި، ޑްރާމާތަކާއި، އިޝްތިހާރުތަކުން ފުރުސަތު ލިބެން ފެށިއެވެ. އެ ފުރުސަތުގެ ބޭނުން ހިފަމުން އައިސް މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު ޓިކްޓޮކް ތަރިންގެ ތެރޭގައި، އާމިނަތު ޝާނާ ސައީދު (27އ) ހިމެނޭނެއެވެ.
ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ޝާނާއަކީ ރާއްޖޭގެ ޓިކްޓޮކްގައި އެންމެ ހުނަރުވެރި އެއްތަރިއެވެ. އޭނާގެ ޓިކްޓޮކް އެކައުންޓްގައި 30،000 އަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އޭނާގެ ނެށުމުގެ ހުނަރުން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްލި އެވެ.
ޝާނާ ބުނީ، އޭނާއަކީ ކުޑައި އިރުން ފެށިގެންވެސް ނެށުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ. އެކަން ސްކޫލްގެ ކޮންސެޓްތަކުންވެސް ފެނިގެން ގޮސްފައިވެއެވެ. އަމީނިއްޔާ އާއި އިމާދުއްދީންގައި އުޅުނުއިރު، ކޮންސާޓްތަކުން ޝާނާގެ ނެށުމުގެ ހުނަރު އައީ ފެންނަމުންނެވެ.
ޓިކްޓޮކްއަށް ވަނީ މަޖަލަކަށް!
ޝާނާ ޓިކްޓޮކްއަށް ވަނީ މަޖަލަކަށެވެ. ކުރާހިތުން ކުރި ކަމެއް ނޫނެވެ. އެހެން ނަމަވެސް އޭނާއަށް ވަރަށް ހުނަރު ހުރި މީހުން އެއެޕްލިކޭޝަނުން ފެނިގެން ދިޔައެވެ. އެހެންވެ އޭނާ ބޭނުންވީ އޭނާގެ ހުނަރުވެރިކަން ދައްކާލާށެވެ. "ދެން އެހެން އުޅެމުން އުޅެމުންގޮސް، ވީޑިއޯވެސް އެހެން އުޅެލާފައި ވައިރަލް ވެލާފައި އެގޮތަށް ދިޔައީ، އައިތޯޓް ވައިނޮޓް ޓްރައިއޭ" ފެށިގެން އައިގޮތް ހިއްސާ ކުރަމުން ޝާނާ ބުންޏެވެ.
ޝާނާ ބުނީ، ޓިކްޓޮކް ކުޅެން ފެށިފަހުން، އާއްމުންގެ ތެރެއަށް ނުކުމެ އުޅޭއިރު ބައެއް ފަހަރު އުފާވާ ވަގުތުތަކާއި ދިމާވާ ކަމަށެވެ. އެއީ މީހުންގެ ތައުރީފް އޭނާއަށް ލިބުމުންނެވެ. އެހެން ނަމަވެސް މީހުންގެ ނުރުހުމުގެ ކޮމެންޓްތައްވެސް އޭނާ އަށް ލިބެއެވެ. އެކަން އޭނާ ބަލައިގަނެއެވެ.
"ބައެއް ފަހަރު ވަރަށް ދެރަވޭ، އެކަމަކު ކުރިއެރުން ލިބެނީ ޕޮޒިޓިވް އަދި ނެގެޓިވް ކޮމެންޓް ލިބިގެން“
ޝާނާ ފުރަތަމަ ޓިކްޓޮކެއް ކުޅެފައި ވަނީ އޭނާގެ ފަސް އަހަރުގެ ދަރިފުޅު ލައިރާއާ އެކުގައެވެ. އެއީ ލިޕްސިންކް ވީޑިއޯއެކެވެ. އެއަށްފަހު، އިތުރު އެތައް ވީޑިއޯއެއް އޭނާ ނެގިއެވެ. އޭނާގެ އެތައް ވީޑިއޯތައް މިހާތަނަށް އައިއިރު ވައިރަލް ވެފައިވެއެވެ.
ނަށާ ވީޑިއޯއަކަށް އެހާ ވަގުތެއް ނުނަގާ!
ޝާނާ ބުނީ، އޭނާ ނަށާ ވީޑިއޯއެއް ނަގަން އެހާ ވަގުތެއް ނުނަގާނެ ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި އެއިރެއްގެ އެންމެ ޓްރެންޑިންގ ވީޑިއޯ ނަގާނަމަ ދެތިން ވަރަކަށް ޝޮޓުން އެ ނެށުން އޮންނާނީ ފުރިހަމަ ވެފައެވެ. އޭގެ ފަހުން އެ ވީޑިއޯ ރަނގަޅަށް ބަލާފައި ވީޑިއޯ އަޕްލޯޑް ކުރަނީ ކަމަށް އޭނާ ބުންޏެވެ.
@chaaner Bloooperr 🙈♥️ #foryoupage #dancemaldives #aharengemaldives #viral #trending #tiktokmv #blooper
އެންމެ ފަސޭހައީ ނިމް އާއި ހަަސޭއާއެކު ޓިކްޓޮކް ކުޅެން!
މިހާރު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޓިކްޓޮކް ތަރި ނިމްޝާ ޒާހިރު އާއި ހަސަން ނިޒާރް (ހަސޭ) އަކީ ޝާނާގެ އެންމެ ގާތް ދެމީހުންނެވެ. ހާއްސަކޮށް ހަސޭއަކީ އޭނާގެ ދިރިއުޅުމުގައި މުހިންމު ބައިވެރިއެކެވެ. ޝާނާ ބުނަނީ އެންމެ ފަސޭހައީ ނިމް އާއި ހަސޭ އާއެކު ޓިކްޓޮކް ކުޅެން ކަމަށެވެ.
"ނިމް އާއި ހަސޭއާއެކު އެންމެ ފަސޭހައީ ޓިކްޓޮކް ވީޑިއޯ ހަދަން. ހަސޭއާއެކު ވަރަށް ނުހުންނާނެ ބްލޫޕާސް، އެއް ޝޮޓްއިން ނިމޭނެ، ވަރަށް ވަރަށް ފަސޭހަ ދެ މީހުންނާއެކު ޓިކްޓޮކް ކުޅެން. ދެން އުޅޭނީ ކޮކީ، ކޮކީ އާއެކުވެސް ވަރަށް ފަސޭހަ. ގިނަ ފަހަރު ނިމް އާއި ކޮކީއާއެކު ހުންނާނީ ބްލޫޕާސް، އެއީ ސަކަރާތުގެ ތެރޭގައި އާއެކު ޓިކްޓޮކް ހަދާތީ"
ޝާނާ ބުނީ މި ފީލްޑްގައި ހަސޭއާއި ނިމްއަކީ އޭނާ ވަރަށް ލުކްފޯވާޑް ކުރާ ދެ މީހުން ކަމަށެވެ. އަދި ދެމީހުންވެސް ނެށުމުގައި ވަރަށް މޮޅު ކަމަށާއި ދާއިރާއިން ކުރިއަރާތީ ވަރަށް އުފާވާ ކަމަށް ޝާނާ ބުންޏެވެ.
ބޮލީވުޑްގެ ތަރިއަކާއެކު ލަވައެއް ކުޅެލަން ލިބުނު ފުރަތަމަ ޓިކްޓޮކް ތަރި!
އޭނާގެ ނެށުމުގެ ހުނަރު ގިނަބަޔަކު ބަލާގަތްއިރު، އޭނާ މި ވަނީ ރާއްޖޭއިން ބޭރުގެ ތަރިއަކާއެކު ލަވައެއްވެސް ކުޅެ ފައެވެ. އަދި އެ ލަވަ ނެރެފައެއް ނުވެއެވެ. އެއީ ބޮލީވުޑްގެ ލަވަކިޔުންތެރިއެކެވެ. ޢެއީ ރާއްޖެއަށް އެމްްއެސްޕީއޭގެ ފަރާތުން އައި ބޭފުޅެކެވެ.
"އެއީ ބޮލީވުޑްގެ ލަވަކިޔުންތެރިއެެއް، އެމްއެސްޕީއޭގެ ފަރާތުން މިކޮޅަށް އައި ފަންނާނެއެއް އެއީ، އެ ލަވަ އަދި ރިލީޒް ނުވޭ، ކޮވިޑާއި ގުޅިގެން ރިލީޒް ކުރުމުގައި ދަތިތަކެއް އުޅޭތީ. އެކަމަކު ވަރަށް އަވަހަށް ފެންނާނެ އިރާދަކުރެއްވިއްޔާ. މި ފުރުސަތު ދެއްވީތީ ދަރާ ސާއަށް ޝުކުރު ދަންނަވަން”
އެ ލަވަކިޔުންތެރިޔާގެ ނަމަކީ ވިނޭ އެވެ. ޝާނާ ބުނީ، އެއީ ހިންދީ ލަވައެއް ކަމަށާއި، އެއީ ވަރަށް ފަހުން ކުޅުނު ލަވައެއް ކަމަށެވެ.
އެ ލަވަ ނެރޭނެ ދުވަހެއް އަދި ޝާނާއަށް ވެސް ނޭނގެއެވެ. އެ ލަވައިގެ ޝޫޓިންގތައް ހުޅުމާލެ އާއި ވިލިމާލޭގައިވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ޑްރާމާތަކުން ފެންނާނެ!
ޝާނާއަށް މި ވަނީ ޓީވީއެމްއިން ގެނެސްދޭ ޑްރާމާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ. އެއީ އޭނާއަށް ދަރާ ރަޝީދު ދިން ފުރުސަތެކެވެ. އެއީ ޑްރާމާ ސެޓެކެވެ. އެ ސެޓްގެ ފަސް ސެޓް އޭނާއަށް ކުޅެވިއްޖެ އެވެ. އިތުރު ސެޓްތައްވެސް ކުޅެން އޮތީ ހަމަޖެހިފައެވެ.
"އެހެން ނަމަވެސް މިހާރުގެ ހާލަތާއި ހެދި ޑްރާމާތަކުތަކުގެ މަސައްކަތް ކުރިއަށް ނުދޭ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެންނާނެ. އައިތޭންކް ދަރާ ސާރ އަށް، ޕްރިވިލޭޖްގެ އެމްބެސެޑަރއެއް ޝާނާއަކީ، އެ ޕްލެޓްފޯމުން ލިބުނު ފުރުސަތެއް، ހާއްސަ ޝުކުރެއް ޕްރިވިލޭޖަށް." ޝާނާ ބުންޏެވެ.
ޓިކްޓޮކްއަށް ވަންނަން ބޭނުންވާ ކުދިންނަށް ޝާނާ ދިން ޓިޕް!
ޓިކްޓޮކްއަށް ވަންނަން ބޭނުންވެފައި އެ ފުރުސަތުގެ ބޭނުން ނުހިފާ ތިބި ކުދިންނަށް އޭނާ ވަނީ ކަންތައް ކުރަންވީ ގޮތް ކިޔާދީފައެވެ. ޝާނާ ބުނަނީ ޖެހިލުން ނުވުމަށެވެ. ހުރިހާ އެންމެންގެވެސް ހުނަރު އެބަ ހުރި ކަމަށާއި، އެފަދަ ކުއްޖަކު ގިވްއަޕް ނުދިނުމަށް އޭނާ ނަސޭހަތްތެރިވިއެވެ.
"ޑޯންޓް ގިވްއަޕްއޭ މި ބުނަނީ، އަންނާނެ ހޭޓާސް ކޮމެންޓްސް އާ އެއްޗެހި، ޕޮޒިޓިވްވެސް ނެގެޓިވްވެސް އަންނާނެ، ނެގެޓިވްގެވެސް އަންނާނެ ރޫޑް އެއްޗެއްސާއި ރަނގަޅު ކުރަންވީ އެއްޗެހި، އެ އެއްޗެހިވެސް ބަލައިގަނެގެން ކުރިއަށްދާށޭ" ޝާނާ ބުންޏެވެ.
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 689 މިލިއަނަށް އަރައެވެ. ދިވެހިންގެ މެދުގައި ވެސް މިހާރު އެންމެ މަގުބޫލް އެޕްލިކޭޝަންތަކުގެ ތެރޭގައި ޓިކްޓޮކް ހިމެނެއެވެ.
ޅަ ޖީލް މުޅިން ހަލާކު ވެެއްޖެ
އެފޯޓްލަސް ޑާންސަރ
އެފޯޓްލަސް! އެފޯޓްލަސް! އެފޯޓްލަސް!
އިންޑިޔާ ކޮންމެ ލަވަކިޔާ މީހަކީ ބޮލީވުޑު ލަވަކިޔުންތެރިއެއް ނޫން
ބޮލީވުޑްގެ ލަވަކިޔުން ތެރިންނޭ ކިޔަނީ ބޮލީވުޑްގެ ފިލްމްތަކަށް ލަވަކިޔާ މީހުން ކަމަށް އަހުން ހީކުރަނީ. އިންޑިއާގެ ލަވަކިޔުންތެރިއެކޭ ކިޔާ ބަލަ. މިމީހުނަށް ވަރިހަމަވާނެ ބިދޭސީއެއްވިއްޔާ ކޮންމެ މީހެއްވެސް . ތިމީހާ ކިޔާފައިވާ ލަވައަކީ ކޮބަޔޯ ؟ ހޭބަލިވެދާނެ މިތިބަ ތަރިންނާހެދި.
ސާނާ ތިޔަހާ ވަރައް ފަހުރުވެރި ތިޔަވަނީ ، އިސްލާމް ދީނުގަ ނެށުމަކީ ކިހާވަރެއް ގެ ކަމެއްކަން ނޭގެނީ ބާ ؟ އަމީނިއްޔާ ސްކޫލް އިން އިސްލާމް ނުކިޔާވާ ދިޏި ބާ ؟
ހިއެއްނުވޭ ދުވަސް ކޮޅަކުން ތި ބޮލުގަ އަޅާފަ ތީނަ ފޮތިކޮޅި އިއްނާނެ ހެެނެއް ތިވަރުން ދައްޔާ..
ފޮތިކޮޅު އިންނާނެ އެއީ މުސްލިމުން އައުރަ ނިވަކުރަން އަޅާފަ އޮންނަފޮތިކޮޅެއްނޫން. މީހާގެ ސިފަ ރީތިކަމަށް ދައްކާ އެފަދަ ފޮތިކޮޅެއް ބޮލުގައި އަޅާފައިއޮތީމަ . ފަހަކަށް އައިސް ބައެއްމީހުން ބޮލުގެ އިސްތަށިގަނޑު ރީތިނޫންވީމަވެސް އެފަދަ ފޮތިކޮޅު އަޅާއުޅޭ.
ވިނޭ، ތި ކާކު؟ ގޫގަލް ސަރޗް ކުރީމަވެސް ނާދޭ! ތީ ގައިމުވެސް މަޝްހޫރުމީހެއްނޫން.
އެކުގައި އުޅެން އެންމެ ބޭނުން ވާމީހުންނާއި އެކީ މަހުށަރު ކުރެވޭނީ.. އެންމެ ލައިފް އެއް މިލިބެނީ ދާއިމީ ލައިފް އަށް އިންވެސްޓް ކުރުމަށް..
0 ހަމަ .
ޥިނޭތީ މީހުން ދަންނަމީހެއވެސްނޫން އިންޑިޔާއިން އަންނަ ކޮންމެމީހަކީ ބޮލީވޫޑް ގެ ތަރިއެއްތަ
އެއްވެސް އެކްޓެއް ހުންނަ މަންޖެ އެއް ނުން. އަބަދު ލިޕްސިންގް ކުރާނީ ސްލޯމޯ ގަ ހިނގާފަ. މީނަ އަށް ވުރެ މާ ޓެލެންޓެޑް ކުދިން އުޅޭ ޓިކްޓޮކް ގަ
މަށަށް ހީވަނީ އަބަދު އެކައްޗެއް ލައިގެން އުޅޭ މީހެއް ހެން
މަ ހިތައްއަރާ މީހުން މީނައަށް ސަޕޯޓު ކުރަނީ ކީއްވެބާއޭ' އިރެއްގަ ކަޅު ހެދުންލާ އުޅުނު އަންހެއްމީ. ކުރު އެތިބުރި ލައިގެން އޮރިޔާމުން ،ފިރެހެނުންގައިގަ އޮޅުލަމުން ދުވަނީ. އެއްވުރެން ރަނގަޅު ވާނެ 5 ވަގުތު ނަމާދުކޮށް އިސްލާމްދީނައް އުޅުނިއްޔާ .
ދީނީ ގޮތުން ބަލާ އިރު ވަރަށްވެސް ނިކަމެތި ނަސީބުދެރަ އަންހެނެއްތާ . މޭ ﷲ ގައިޑް ޔޫ.
ނަރަކަޔާ ދިމާލަށް މިސްރާބު ޖަހާފަ ތިހިރީ.
ސާބަސް ދަރިއާ ތިކުރާ ހިއްވަރަށް! ފުރިހަމައަށް ތާއީފުކުރަން
ބޮލީވުޑްގެ ތަރިއެކޭ؟
ވިނޭ.. ވިނޭގެ ނަމެއް ގޫގުލް ސާރޗުން ނުދެއްކުމަކީ ލަދުގަންނަން ޖެހޭ ކަމެއްނޫން.
އެކަމަކު ބޮލީވުޑޭ ކިޔައިގެން ތިއޮއްފަޅާލި ކަރައެއްދޯ.. ހެހެހ
ޅަ ޖީލު ހަލާކުވެ ނިމިއްޖެ. ތި ޓިކް ޓޮކް އެބަޖެހޭ ރާއްޖެއިން ބްލޮކް ކުރަން. ތިޔަށްވަދެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނަށް ބަލަން ނުކެރޭ ވަރުވޭ.. މީހުންގެ ޅަކުދިން ގޭތެރޭގައި ބައިތިއްބާ ހަލާކު ކުރާ އެއްޗެއް ޓިކްޓޮކް އަކީ.. މިގައުމުގައި އިސްލާމީ ގައުމެއްގެ ސިފަ ގެއްލެން ފަށައިފި.. ސަރުކާރުގެ އިސްލާމިކް މިނިސްޓްރީ އެއް އެބަހުރިބާ.. ޅަކުދިން ހަލާކު ވުމުގެ ކުރިން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށް ދެއްވާ..! މަގުމަތީގައި ދީނީ މެސެޖްތައް ބިލްބޯޑުތަކުގައި ހަރުކުރަންވީ..
މި ދިވެހިންނަކީ ދެން މާ ހެއްވާ ބައެއް. މިމީހުން ލޯކަލް އެއްވެސް ތަރިއަކަށް ތާއީ ދެއްވެސް ނުކުރާނެ މާ ދީނީ ވެގެން އުޅޭނީ ހިތުން ކޮންމެ މީހަކީވެސް ހަމަ އަލިފެއް، ތިމާވަރު މާތްމީހަކު ނެތްކަމަށް ހެ ދިގެން އެހެންމީހުން ކުރިމަތީ އެކަމު ނި ދަން އަރާ އަންހެނުން ގޮވައިން އިންނާނީ ކަބީހުޝީކަބީގަމް ބަލާފަ ހޭރެން
އަދިކިރިޔާ ޖީލައް ބޮޑުމަންޒަރު ފެންނަނާ ވީމާ ކަށިހަރުވާ ޒާތުގެ ވާހަކަނުދައްކާ
ވަރައް ހަޔާތްކުޑަ ވައްތަރު ޖައްސާތަން ފެނޭ. އެއީ އެއްގޮތަކައްވެސް ތަރުހީބެއްދީ ހިތްވަރުދޭފަދަ ކަންކަމެއް ނޫން. ފެންނަނީ ކަދުކުޑަކަމާއި ތަގުވާވެރިކަމާއި އީމާންކަމުން އެއްކިބާވެ ހަވާނަފްސައް ގެއްލިފައިވާ މަންޒަރު. އެއީ އެއްވެސް މުސްލިމު މަޔަކައް ބަފަޔަކައް ހެވެއް ލިބޭނެ ނުވަތަ ސަވާބު ލިބޭނެ މަންޒަރުތަކެއް ނޫން. ލިބުން އެންމެ ގިނައީ ގިނަ މުސްލިމުންތަކެއްގެ ބަދު ދުއާ އާއި ލައުނަތެވެ.
އަހަރެންނަށް ވެރިކަން ލިބިއްޖެޔާ ބަރަހަނާ ވެބްސައިޓްތަކާ ޓިކްޓޮކް ރާއްޖެއިން ބުލޮކް ކުރާނަން. އަންހެނުން އަދި ފިރިހެނުން އައުރަ ނިވާނުކޮށް އުޅުން މަނާ ކުރާނަން. ފެޝަން ސޯ ތަކާ މޮޑެލިން ހުއްޓުވާނަން. މަށަކީ ހަރުކަށި މީހަކަށް ވާނެތަ އޭރުން؟
ނޯ
ތަނެއް ހަލާކުވެދާއިރު އެ ތަނެއްގައި ދިރިއުޅޭ ރަނގަޅު މީހުންނަށް ވެސް އެތަނުގައި އުޅޭ ފަސާދަކުރާ މީހުންގެ ފަސާދައިގެ ނޭދެވޭ އަސަރުތައް ކުރާނެ، އަދި ހެދި ބޮޑުވަމުން އަންނަ ދެ ޖިންސުގެ ޒުވާނުންނަށް ވާނުވާ ނޭނގި ތިބެ ނަމަވެސް އެ ފިތުނަ ތަކުގައި ޖެހި އެއީ ހަމަ ރަނގަޅު ކަންތައްތައް ކަމަށް ދެކިގެން އުޅޭނެ، އަދި އެއީ ފަހުރެއްކަމުގައި ހީވިޔަސް، އެއީ ވަރަށް ބޮޑު ޖާހިލުކަންކަން،
ވީމަ މުސްލިމުންގެ ތެރޭގައި ފެތުރޭ ފިތުނަ ފަސާދަ ހުއްޓުވުމަށް އެއްމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމުގެ ބާރު ލިބިގެންވާ ބަޔަކީ ތަނުގެ ވެރިކަން ކުރާން ތިބޭ ހެޔޮ އެދޭ ވެރިންނެވެ. އެވެރިން ހަރުދަނާ ނުވެ އަދި ހަރުކަށި ނުވެ ނުބައި ފިތުނަ ފަސާދަތައް ކޮންޓްރޯލް ނުކުރެވޭނެ.
ކާފަރުންނާއީ ދީން ގަބޫލު ނުކުރާ މަޖޫސީންގެ ނަޒަރުގައި އޭރުން ހަރުކަށިމީހަކައްވާނީ. އެއްޖިންސުން ކައިވެނި ކުރިޔަސް އެމީހުންނަކައް ހަރުކަށިކަމަކައް ނުވާނެ. އަދި ބަރަހަނާ ވިޔަސް އެއީ ހަރުކަށިކަމެއް ނޫން. ޑުރަގު ބުޔަސް އެއީ ހަރުކަށިކަމެެއް ނޫން. ރާ ބުޔަސް ޒިނޭ ކުރިޔަސް އެއީ ހަރުކަށިކަމެއް ނޫން. އެކަމަކު ނިވާވާން ގޮވާކާހިސާބުން ހަމަ ރަތްލާޖެހި ހަރުކަށިމީހަކައް ބަދަލުވާނެ...
ޓިކްޓޮކުން ފޭމަސްވާ މީހުންނަކީ އެކްޓަރުންނެއް ނޫން. އެމީހުންގެ ޚަބަރު ނުލިޔޭ
މަރުވާނެ ސްވާލުކުރާނެ ސޯ އެދުވަހުން ފުލޯވަރުން ނުތިބޭނެ. ބިރުވެތިވޭ. ފުރުޞަތު ނަގާނުލާ
ހަހަހަ އިންޑިއާއިން މިއުޒިކްޖަހާފަ ކަރުކެހޭ މީހަކުއަޔަސް މިވަނީ ބޮލީވުދްތަރިއަކަށް.
ބަންގާޅި އެއް ފެނުނަސް ބޮލީވްޑް މީހެއް