ގިނަ ބެލުންތެރިންގެ އެދުމުގެ މަތިން އަނެއްކާވެސް ދިވެހި ފިލްމް "މީ ލޯތްބަކީ" މިރޭ އައިސް ޓީވީން ދެއްކުމަށް ނިންމައިފިއެވެ.

އީދު ދުވަހަށް ހާއްސަކޮށް މިިދިޔަ ހުކުރު ދުވަހުގެ ރޭވެސް މި ފިލްމް ދެއްކިއެވެ. މިއީ ނިމިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

އައިސް ޓިވީން ބުނީ، ގިނަ ބައެއްގެ އެދުމުގެ މަތިން އަނެއްކާވެސް މި ފިލްމް މިރޭ ދެއްކުމަށް ނިންމާފައިވާކަމަށެވެ. މި ފިލްމް ދެއްކުމަށް ހަމަޖެހިފައި ވަނީ މިރޭ 22:00 ގައެވެ.

ޝިފާއު ޑައިރެކްޓްކޮށް ޖުމައްޔިލް ނިމާލް އާއި މަރިޔަމް އައްޒަ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ މަލްޓި ކާސްޓް ފިލްމެކެވެ.

މީ ލޯތްބަކީ ފިލްމަކީ ގިނަބަޔަކު ބުނާގޮތުން ނަމަ މިހާތަނަށް ބެލުނު އެންމެ މަޖާ ރީތި ދިވެހި ފިލްމެވެ.

ނިމިދިޔަ ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ އައިސް ޓީވީއީން ވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓާއި ގުޅިގެން ދިވެހި ފިލްމްތަކެއް ބެލުންތެރިންނަށް އެ ޗެނަލް މެދުވެރިކޮށް ގެނެސްދީފައެވެ.