ދަރިންނަށް އީދު ހެދުން ގަތުމުގައި ހިނގި ދެބަސްވުންތަކެއްގައި އަނބިމީހާގެ ގައިގާ ރޯކޮށްލާ އަނބިމީހާ މަރާލައިފިއެވެ.

ޕާކިސްތާނުގެ އަވަށެއްކަމަށްވާ މުލްޓަންގައި ހިނގި މިހާދިސާގައި އެ އަންހެން މީހާގެ ހަށިގަނޑުގެ 80 އިންސައްތަ ވަނީ ފިހިފައެވެ. މި ފިރިހެން މީހާ އޭނާގެ އަނބިމީހާ ޖަމީލާގެ ގައިގާ ރޯކޮށްލީ ޕެޓްރޯލް ގަޔަށް އެޅުމަށްފަހުއެވެ.

މި މަހުގެ 14 ވަނަ ދުވަހު މި ޖަމީލާ އާއި އޭނާގެ އަނބިމީހާ މުޖާހިދު އާއި ދެ މީހުންގެ ދޭތެރޭގައި ބޮޑު ޒުވާބެއް ހިނގައި ދިޔައީ ދަރިންނަށް އީދު ހެދުން ގަތުމާއި ގުޅޭގޮތުންނެވެ.

އެ ޒުވާބު ހޫނުވެ މުޖާހިދު އޭނާގެ އަނބިމީހާގެ ގައިގާ ރޯކޮށްލުމުން ހޮސްޕިޓަލްގައި ފަސް ދުވަސް ވަންދެން ފަރުވާދިނެވެ. ނަމަވެސް އޭނާ ވަނީ މިއަދުގެ ވަގުތެއްގައި މަރުވެފައެވެ.

މީގެ ކުރިން ފުލުހުންނަށް މިކަމުގެ އެއްވެސް ތަފްސީލެއް ނޭނގެއެވެ. އެހެން ނަމަވެސް އެ އަންހެން މީހާ މަރުވުމާއެކު ފުލުހުންގެ ޓީމަކުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ މައްސަލާގައި އަދި މުޖާހިދު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ގުޅިގެން އޭނާއާ ސުވާލުވެސްކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު