އިންޑިއާއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ މުރުގާ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ދިރިއުޅެން ޖެހިފައި ވަނީ ފާހަނައެއްގެ ތެރޭގައެވެ. މިހެން ވާން ޖެހުނީ އޭނާ ދިރިއުޅެމުންދިޔަ ގެ ވެއްޓުމުންނެވެ. އެއާއެކު އޭނާ ބަލާ ބޮޑުކުރި ދަރިފުޅު ކައިރިން އެހީތެރިކަމަށް އެދުމުން އެ ދަރިފުޅާއި، އޭނާގެ ފިރިމީހާވެސް އޭނާ އަށް ހިމާޔަތެއް ނުދިނެވެ. އޭގެ ފަހުން އޭނާ ދިރިއުޅެން ފެށީ އެތަނުގައެވެ.

އެހެން ނަމަވެސް މިއަދު އޭނާއަށް އެތައް ބައެއްގެ އެހީތެރިކަން ލިބެން ފަށައިފިއެވެ. އެކަން ހަމަޖެހިގެން ދަޔައީ އޭނާއާ ގުޅޭގޮތުން މައުލޫމާތު މީޑިއާތަކުން އާއްމު ކުރި ފަހުންނެވެ. އޭނާއަށް އެހީތެރިވުމަށް އިލެކްޓްރިސިޓީ މިނިސްޓަރުވެސް ވަނީ ތެދުވެފައެވެ.

ޕަލަކަޑް ޑިސްޓްރިކްޓަށް ނިސްބަތްވް އޭނާގެ މައުލޫމާތު ޓީވީން މިއަދު ހެނދުނު އާއްމު ކުރުމާއެކު މިނިސްޓަރއާއި އޭނާގެ ޕާޓީގެ މީހުން ވަނީ މުރުގާއަށް އެހީތެރިވުމަށް ފަށާފައެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި، ކުރިއަށް އޮތްތަނުގައި މުރުގާގެ ކަންކަން ބަލަހައްޓަމުން ދާނީ އޭނާއެވެ. އަދި އޭނާއަށް ހުރިހާ އެހީތެރިކަމަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މުރުގާގެ ވާހަކަ މީޑިއާތަކުން ދެއްކުމާއެކު ވިލޭޖްގެ އޮފިޝަލުން ވަނީ އޭނާ ދިރިއުޅޭ ފާހަނައަށް ޒިޔާރަތްކޮށްފައެވެ. އަދި އެތަނުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެއެވެ. އަދި އޭނާއަށް ދިރިއުޅެން ރަނގަޅު ތަނެއް ހަމަޖައްސާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"އަހަރެން ވަރަށް އުފާވޭ މީހުން އަހަރެން މި އުޅޭ ހާލު ބަލަން އައުމުން". މުރުގާ ބުނެފައި ވެއެވެ.

އަދި މިހާރު އޭނާއަށް ގެއެއް އަޅައިދޭންވެސް ވަނީ ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ތިކަހަލަ ދަރިން ނެތިއްޔާމުން ރަގަޅުވާނީ .