ގިނެސް ވޮލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުމަށް އެކި މީހުން އެކި ކަންކަން ކުރެ އެވެ. ބައެއް މީހުން އުފެދުމުގައި ތަފާތު ހާއްސަ ކަމެއް ހުރުމުގެ ސަބަބުންވެސް ގިނެސް ވޮލްޑް ރެކޯޑު ފޮތަށް އަރާފާނެ އެވެ. މި ބަލާލަނީ ދުނިޔޭގައި އެންމެ ބޮޑަށް އަނގަ ހުޅުވާލާ ކުއްޖާ ހޯދާފައިވާ ރެކޯޑަށެވެ.

އެމެރިކާ އަށް އުފަން އިއްސާކް ޖޯންސަން އަކީ ދުނިޔޭގައި އެންމެ ބޮޑަށް އަނގަ ހުޅުވާލެވޭ އިންސާނުންގެ ތެރެއިން އެކެކެވެ. އިއްސާކް އަކީ ކުޑަކުއްޖަކަށް ވާއިރު އޭނާ ވަނީ 2019 ގެ ކުރިން އެންމެ ބޮޑަށް އަނގަ ހުޅުވާލެވޭ އިންސާނާގެ ރެކޯޑު ހަދާފަ އެވެ. ނަމަވެސް އޭގެ ފަހުން އެހެން މީހަކު އެ ރެކޯޑު ވަނީ މުގުރާލާފައެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ފިލިޕް އެންގަސް ވަނީ އިއްސާކް ގެ އަތުން ރެކޯޑު ހޯދާފަ އެވެ. ފިލިޕްގެ އަނގަ އޭރު 9.52 ސެންޓިމީޓަރު(3.75 އިންޗި) އަށް ހުޅުވާލެވެއެވެ.

އިއްސާކް އަނގަ ހުޅުވައިގެން
ފޮޓޯ: ގިނެސް ވޮލްޑް ރެކޯޑް

އޭގެ ފަހުން އަހަރެއް ކޮށްފައި އިއްސާކް މިވަނީ އަނބުރާ އެ ރެކޯޑު ހޯދާފަ އެވެ. އެގޮތުން އިއްސާކްގެ އަނގަ 10.175 ސެންޓިމީޓަރ(4 އިންޗި) އަށް ހުޅުވާލެވެއެވެ.

އިއްސާކް އަނގަ ހުޅުވައިގެން
ފޮޓޯ: ގިނެސް ވޮލްޑް ރެކޯޑް

ހަތަރު އިންޗި އަށް އަނގަ ހުޅުވާލުމަކީ ކޮންމެ ކޮންމެ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިވަރަށް އަނގަ ހުޅުވާލުމުން އަންގައިގެ ތެރެއަށް އާފަލު އޮތް ގޮތަށް ނުވަތަ އޮރެންޖު އޮތް ގޮތަށް ކޮށްޕާލެވޭނެއެވެ.

@guinnessworldrecords

Largest mouth gape (male): 10.175 cm / 4 in by Isaac Johnson 🇺🇸

♬ Big Hall - DJ BAI

އާދަޔާ ހިލާފަށް ބޮޑަށް އިއްސާކްގެ އަނގަ ހުޅުވާލެވޭތީ އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި އޭނާ އަނގަ ހުޅުވާ ވީޑިޔޯ ޓިކްޓޮކްގައި ފެތުރި ގިނަބަޔަކު އެ ވީޑިއޯ ވަނީ ބަލާފަ އެވެ. އެގޮތުން މިހާތަނަށް 70 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންތި

    ފިސާރި އަނގަ ބޮޑުވެއްޖެ އޭ ދޯ!

  2. ހުސޭނުބޭ

    ކިނބުލެއްގެ އަނގަ ތިޔަށްވުރެ ބޮޑަށް ހުޅުވޭނެ

  3. އާން..

    މަރިޔަމް ނިޝާ…

    1
    1