ދުނިޔޭގެ އެންމެ ބޮޑު މާމެއިޑް ޝޯވ ޗައިނާގައި ހުށައަޅައިދީ ގިނެސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ޗައިނާގެ ސެންޔާގައި ހުންނަ އެޓްލާންޓިސް ސެންޔާގައި 110 ޕްރޮފެޝަނަލް މާމެއިޑް ހުށައެޅުންތެރިން ހުށައަޅައިދިން މި ޝޯވ އަކީ އެއްފަހަރަކާ ގިނަ ބަޔަކު ބައިވިރެވި މިފަދަ ފުރަތަމަ ޝޯވ އެވެ.

އެޓްލަނާންޓިސް ސެންޔާ އާއި ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަލްޓާސް(ޕެޑީ) އާއި ގުޅިގެން ޤައުމީ ފެންވަރުގައި ބޭއްވި ރެކްރޫމެންޓް ކެމްޕެއިންގައި 110 މާމެއިޑް ޕާފޯމާސް ވަނީ ރެކްރޫޓް ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 90 އިންސައްތަ ހުށައެޅުންތެރިން ވަނީ އިންސްޓްރަކްޓަރ ލެވަލް ފުރިހަމަކޮށްފަ އެވެ.

އެޓްލާންޓިސް ސެންޔާގެ ޓޭންކް

އެޓްލާންޓިސް ސަންޔާގައި ރެކޯޑު ހަދާފައި ވަނީ އެންމެ ގިނަ ބަޔަކަށް ކަމުދާ އެމްބެސެޑާ ލެގޫންގައި ޓޭންކުގައި އެވެ. ދިގުމިނުގައި 16.5 މީޓަރު، އުސްމިނުގައި 8.3 މީޓަރު، އަދި 0.65 މީޓާސްގެ ބޯ ބިއްލޫރިން ހަދާފައިވާ މި ޓޭންކުގައި 13،500 ޓަނުގެ ފެން ހުރެ އެވެ.

މާމެއިޑް ޝޯވ ގެ ބައިވެރިން

ގިނަ މާމެއިޑް ހުށައެޅުންތެރިން ބައިވެރިވި މި ޝޯވގައި ޓޭންކުގެ ތެރޭގައި ގިނަ ހުށައެޅުންތައް ވަނީ ބައިވެރިން ހުށައަޅައިދީފަ އެވެ.

އެޓްލާންޓިސް ސެންޔާ އިން ދަނީ އެސަރަހައްދުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ސަރުކާރާއި އެކު އެކިއެކި މަޝްވަރާތައް ކުރަމުންނެވެ. އަދި މެރިން ކަލްޗާގެ ދަށުން މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވުނު އެއްކަން ކަމަށް އެޓްލާންޓިސް ސެންޔާއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު