ކައިވެނި ޕާޓީއަކަށް ފިރިހެން މީހާއަށްވުރެ ބޮޑަށް ތައްޔާރުވާކަމަށް ފާހަގަވެފައިވަނީ އަންހެނުންނެވެ. ކައިވެނީގެ ހެދުން ނުވަތަ ވެޑިންގް ޑްރެސް ލައިގެން ހުންނަ އެ ބޮޑު ދުވަހަށް ތައްޔާރުވުމަށް ޑައިޓް ކޮށްގެން ހިކެން މަސައްކަތް ކުރާ އަންހެން ކުދިން ގިނައެވެ. ކާންް ބޭނުންވާ އެތައް އެއްޗެއް ނުކައި ގުރުބާންކޮށްފައި ވެޑިންގް ޑްރެސް ލާން ވާއިރަށް ދެތިން ކިލޯ ލުއި ކޮށްލައެވެ.

އެގޮތުން އަންހެނަކުމި ވަނީ ވެޑިންގް ޑްރެސް ލާންވާއިރަށް ފަސް ކިލޯ ހިކުން ކަމަށް އެއްބަސްވެ، އެތައް ވާހަކައެއް ހިއްސާކޮށްފިއެވެ.

އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އެތައް ކާއެއްޗެއް ނުކައި ދޫކޮށް، ފަސް ކިލޯ ލުއި ކޮށްލި ކަމަށެވެ. އެއީ ކުރިމަތިލާން ޖެހުނު ގޮންޖެހުމެއް ކަމަށް ބުނަމުން އޭނާ އިތުރަށް ބުނީ ކައިވެނި ޕާޓީ ނިމުމަށް ފަހު ވަރަށް ގިނައިން ކާލާނެ ކަމަށާއި، މީގެ ކުރިން ކާން ބޭނުން ވަރަށް ކެވިފައި ނުވާ ކަމަށް ބުނެއެވެ.


ކައިވެނި ޕާޓީއަށް ތައްޔާރުވާން އެދުވަހު ވެސް ހެނދުނު ސައިބޯނެ ވަގުތެއް ވެސް ނުވި ކަން އޭނާ ފާހަގަ ކުރިއެވެ. އޭނާ ބުނީ ކައިވެނި ޕާޓީގައި އެންމެ ފުރަތަމަ ކާން ލިބޭ މީހަކަށް އޭނާ ވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ބަނޑުހައި ވިޔަސް ނުވިޔަސް ޕާޓީ ނިމިގެން ކާން ޖެހޭ ކަމަށް ބުނެ ބާރު ދީފައިވެއެވެ.

އޭނާ އިންސްޓަގްރާމުގައި މި މެސެޖް ދެމުން ހިއްސާކުރި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ބައެއް ކުދިން އެމީހުންގެ ކައިވެނި ޕާޓީގައި ކަންތައްވީގޮތް ކިޔައިދެމުން ދާއިރު، އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދިޔައީ އެދުވަސް އަންނަން ވާއިރަށް ވާނެ ގޮތެއް ނޭންގޭ ކަމަށް ބުނެއެވެ.