ސްނެޕް ޗެޓަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގްބޫލު އެއް އެޕްލިކޭޝަނެވެ. 2011 ވަނަ އަހަރު ސްނޭޕް ޗެޓް ރަސްމީކޮށް ލޯންޗްކުރެވުނު ފަހުން މިއަދާ ހަމައަށްވެސް ސްނެޕް ޗެޓް ބޭނުން ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ސްނެޕް ޗެޓް އެންމެ ގިނައިން ބޭނުންކުރަނީ އުމުރުން 30 އަހަރުން ދަށުގެ މީހުުން ކަމުގައި އެމެރިކާގެ ރިސާޗު ފާމެއް ކަމުގައި ކަންޓަރު ވޯލްޑްޕެނެލް އިން ވަނީ ބުނެފައެވެ. ސްނެޕް ޗެޓަކީ ގިނަ ބަޔަކު އެއަށް މަރުދޭ އެއްޗަކަށް ވީނަމަވެސް ފަހުގެ ހޯދުންތަކުން ދަށްކާ ގޮތުގައި ސްނެޕް ޗެޓަކީ ބޭނުން ކުރުން ހެޔޮވާ ވަރު އެއްޗެއް ނޫނެވެ.

ސްވިޑެންގެ ޔުނިވާސިޓީ އޮފް ގޮތެންބާގް ގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާގޮތުގައި މާގިނައިން ސްނެޕް ޗެޓް ބޭނުންކުރާ މީހުންގެ ވިސްނުން ކޮށިވުމުގެ އިތުރުން ސިކުނޑި އޭގެ އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރުމަށް ހުރަސް އަޅައެވެ. ސަބަބެއް ކަމުގައި ސައިންސްވެރިން ބުނެފައިވަނީ ސްނެޕް ޗެޓަކީ ސްޕާރީއާއި މަސްތުވާތަކެތި ފަދައިން ކަށީގައި ވަރަށް އަވަހަށް ހަރުލާ އެއްޗަކަށް ވެފައި މާގިނައިން ސްނެޕް ކުރުމުގެ ސަބަބުން ސިކުނޑިއަށް ބާރުބޮޑުވާތީއެވެ. އަދި މިކަމުގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުކޮށްދޭ ބައެއް ނާރުތަށް ފިތޭ ގޮތް މެދުވެރިވާ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

އަދި މާގިނައިން ސްނެޕް ކުރުމަކީ މީހާ ނަފްސާނީ ގޮތުން ބަލިކަށި ކުރުވާ ކަމެއް ކަމުގައިވެސް ސައިންސްވެރިން ބުނެއެވެ. އަދި ބައެއް ފަހަރު ސްނޭޕް ޗެޓްގެ ސަބަބުން މީހާ ޑިޕްރެޝަން އަށް ދިޔުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި މިކަމުގެ ސަބަބުން ސިއްހީ އެތަކެއް މައްސަލައެއް ފެންމަތިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެންކަމުން ސްނެޕް ޗެޓް ބޭނުން ކުރާއިރު އަދި އެއްފަހަރު އެކަމުން ވެދާނެ ގެއްލުމަކަށް ވިސްނާލުން މުހިންމެވެ،

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ހަމަ ލޮލް

    5
    2
  2. ބެރީ

    ޕަބްޖީ އަށް ވުރެ ގޯސްވީ ދޯ

    5
    2
  3. އަހަރެންގެ ދިރާސާ

    ސްމާރޓު ފޯނާއި އިންޓަރނެޓް ތަޢާރަފް ވީފަހުން މާއްދީ ގޮތުންނާއި އުޚުރަވީ ގޮތުން އިންސާނުންގެ މުޅި ހަށިގަނޑަށާއި މުޅި ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު އެތައް ގުނައެއް އިތުރުކަން ފާހަނގަކުރެވޭ..އަދި މި ދޭތީގައި ފައިދާތަކެއް ވާކަންވެސް ހަމަ މިނޭވާގައި ފާހަނގަ ކޮށްލަން..އަލިފް ހާ

    7
    1
  4. ދަރިވަރު

    ބުއްދި ހަމަނުޖެހޭ ވާހަކަތަކެއް މީ

    2
    1