ރާއްޖޭގައި ޓިކްޓޮކުން މަޝްހޫރުވެގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި މަރިޔަމް ޝިފާ ބުރުގާ އެޅުމަށްފަހު، ބުރުގާ ނާޅާ ހުރި ހުރިހާ ވީޑިއޯތަކެއް ފޮހެލައިފިއެވެ.

"އާފެށުމެއް" ކަމަށް ބުނެ ޝިފާ ބުރުގާ އަޅާފައިވާކަން ހާމަކޮށްފައިވަނީ އިންސްޓަގްރަމް ސްޓޯރީގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. ޝިފާ އޭރު ބުނީ، ބުރުގާ އަޅާފައިވަނީ މަންމައަށް ކޮށްފައިވާ ހުވައެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

ޝިފާ ބުރުގާ އަޅިތާ ދުވަސްކޮޅެއް ވީއިރުވެސް، އޭނާގެ އެކައުންޓުގައި ބުރުގާ ނާޅާ ބައެއް ވީޑިއޯތައް ހުއްޓެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ ހުރިހާ ވީޑިއޯތަކެއް ފޮހެލާފައެވެ. އަދި މިހާރު އޭނާގެ އެކައުންޓުގައި ހުރީ އެންމެ ހަތަރު ވީޑިއޯއެވެ.

އެވީޑިއޯތަކުގެ އިތުރުން އޭނާ ވަނީ އިންސްޓަގްރާމަށް ލާފައިވާ ބުރުގާ ނާޅާ ވީޑީއޯތައް ވެސް ފޮހެލާފައެވެ. ނަމަވެސް ފޮޓޯތައް އަދިވެސް އިންސްޓަގްރާމްގައި އެބަހުއްޓެވެ.

ބުރުގާ ނާޅާ ހުރި ޝިފާގެ ޓިކްޓޮކް ވީޑީއޯތައް ފުހެލައިފައި މިވަނީ، ބުރުގާ އެޅުމަށްފަހު އެ ވީޑިއޯތައް ބެހެއްޓުމުން ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތަށް ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔާފައިވަނީ މީގެ ކުރިން ވެސް ބުރުގާ އެޅުމަށްފަހު ނަގާފައިވާތީއެވެ.

ޝިފާގެ ޓިކްޓޮކް އެކައުންޓުގައި ނުވަދިހަ ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. މިލިއަނަކަށްވުރެ ގިނަ ލައިކްސް އޭނަގެ އެކައުންޓަށް ވަނީ ލިބިފައެވެ. ޝިފާއަކީ، ޓިކްޓޮކްގައި ދިވެހިންގެ އެންމެ ބޮޑު ސަމާލުކަން ލިބިފައިވާ އެއް ފަންނާނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވެލާ ޝިފާޒާ

    އިހުގައި ނައިފަރު ރައްޔިތުންނަކީ ހާދަހާ ޢިލްމީ މޮޅު ބައެކޭ.. އެވެރިންގެ ބޭސްވެރި ކަމަކީ މުޅި ދީބު ދަންނަ ބޭސްވެރިކަމެކޭ.. އިސްކޯލަކީ ރާއްޖޭގެ ފުރަތަމައޭ.. އަދުގައި މި ފެންނަނީ ނައިފަރު މީހަކު ދީނަށް ފުރައްސާރަ ކޮށްފިއޭ.. ޓިކްޓޮކެއް ހަދާފިއޭ.. މި މީހުން ނައިފަރުގެ ނަން ހަޑިކޮށް ގިލަބުކޮށްފިއޭ..

    53
    2
  2. ޙަސަނާ

    އަލްހަމްދުލިއްލާހި ﷲ ގެ ދީނުގެ ސައްހައަގީދާގެމަތީ އެންމެފަހުނޭވާއާޖެހެންދެންވެސް ލައްވާންދޭވެ.އަދިމަންމަގެ ހެޔޮބަސްއަހާ ހުކްގުހެޔޮ ކުއްޖެއްކަމުގާ ކުރިއައް އޮތްތާވާނެ ކުއްޖެއްކަމުގާ ވާށެވެ. ބަޔަކު ކިއާ އެއްޗަކައްނުބަލާށެވެ.އެންމެމާތްމީހަކީ އެންމެތަގުވާވެރި މީހާއެވެ.

    41
  3. ިހެޔޮއެދޭ

    ތެދުމަގުގައި ސާބިތުވެހުރުމުގެ ހެޔޮ ތައުފީޤު ދެއްވުން ދުޢާއަކީ…ޝިފާ އަށް އަދިވެސް މިއަށްވުރެ މާތް މީހަކަށްވެވޭނެ…ބުރުގާ އަޅައަގެން ޝިފާގެ ހުނަރު ރަނގަޅު ގޮތުގައި ފެންނާނޭ ކަމަށް އުއްމީދުކުރަން…

    11
  4. އުގުރި

    ޟިފާއައް ހެޔޮ ވިސްނުން ދެއްވާށި އަދި މިހާރު ތިޔަ ނަގާ ޕޮޓޯ ތަކުން ވެސް ދުރު ކުރައް ވާށި އާމީން