89 އަހަރު ވުމުން ކުރާނީ ކީންހެއްޔެވެ؟. ފޫހި ދިރިއުޅުމެއްގައި އުޅޭނީ ހެއްޔެވެ؟

އެކަމަކު މި 89 އަހަރުގެ މާމަ މި އުޅެނީ އުފަލުގައެވެ. ނިއުޔޯކްއަށް ނިސްބަތްވާ ހޭޓީ ރެޓްރޮއޭގް ނަމަކަށް ކިޔާ މިއަންހެން މީހާ މިހާރު ވަނީ އޭ ލޯބިވެރިއެއް ހޯދަން ވެބްސައިޓްގައި ޖަހާފައެވެ. އެއީ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު 39 އަހަރުގެ ލޯބިވެރިޔާ އާ ރުޅިވެފައެެވެ.

އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ގާތުން އުމުރުން 48 އަހަރުގައި އޭނާ ވަނީ ވަރިވެފައެވެ. އޭގެ ފަހުން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޒުވާން އުމުރުގެ މީހުންނާއެވެ.

"އަހަރެން މިހާރު އެއްވެސް މީހަކާއި ލޯބީގެ ގޮތުން ގުޅިގެން ނޫޅެން. އަހަރެން ވެބްސައިޓްގައި ޖަހާނަން ރައްޓެހިންނާއި ޒުވާން ލޯބިވެރިން ހޯދަން". އޭނާ ދަ ސަން ނޫހަށް ބުންޏެވެ.

އޭނާ ބުނީ، ޒުވާން އަންހެނުން އުމުރުން ދުވަސްވީ ފިރިހެން ލޯބިވެރިން ހޯދާ ފަަދައިން ފިރިހެނުންވެސް އުމުރުން ދުވަސްވީ އަންހެން ލޯބިވެރިން ބޭނުންވާނެ ކަމަށެވެ.

މަޖަލުގައި އުޅޭ މި މާމަ އޭނާގެ ކުރީގެ ފިރިމީހާ ކައިރިން ވަރިވީ 1984 ވަނަ އަހަރެވެ. އޭނާގެ ދެ ދަރިން ތިބެއެވެ. އެ ދަރިންގެ ތިން ދަރިން ތިބެއެވެ.

އޭނާ ކުރިންވެސް ވަނީ ޒުވާން ލޯބިވެރިން ބޭނުންވާކަމަށް ބުނެ މީސް މީޑިއާގައި އާއްމުކޮށްފައެވެ.